Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026 | ބުދަ 14:28

ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާކޮށް ޑިވެލޮޕަރުންނާއި ކަސްޓަމަރުންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތް ނަމަވެސް، މި ބިލާ ގުޅިގެން ބައެއް ތަޖުރިބާކާރުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ބިލުގެ ސަބަބުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް މިލްކުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިއީ ރަސްމާލެ ފަދަ މަޝްރޫއުތައް ވިއްކާލުމަށް މަގުފަހިވާނެ ބިލެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ނޮވެމްބަރު 2026 | ބުދަ 14:28
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެފައި ވަނީ ޕީއެންސީގެ 42 މެންބަރުންގެ އަޣުލަބިއްތުން

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެފައި ވަނީ ޕީއެންސީގެ 42 މެންބަރުންގެ އަޣުލަބިއްތުން | ރާއްޖެއެމްވީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހަޅުއްވާފައިވާ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެފައި ވަނީ ޕީއެންސީގެ 42 މެންބަރުންގެ އަޣުލަބިއްތުންނެވެ. އެ ބިލާ ދެކޮޅަށް، އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. 

Advertisement - newsAdvertisement

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، އެ ވިޔަފާރީ ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީކުރުމުގެ އުސޫލްތަކާއި އެފަރާތްތަކުގެ ޒިންމާތަކާއި ހައްގުތައް ބަޔާން ކުރުމެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް މަޝްރޫއުތައް ގަންނަ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރެވޭނެ އުސޫލްތައް ކަނޑައެޅުމާއި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ކަމާ ގުޅޭ އުސޫލްތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާކަން ޔަގީންކުރުމަށް އެފަރާތްތަކުގެ ހަރަކާތްތައް މޮނީޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް މި ވިޔަފާރީއަށް ގާނޫނީ އޮނިގަނޑެއް ތައާރަފް ކުރުމަކީ ވެސް މި ބިލު ހުށަހެޅުމުގެ މަގްސަދެއް ކަމަށް ބަޔާން ކޮށްފައިވެ އެވެ. 

ސަރުކާރުން މި ބިލަކީ ވަރަށް ފުރިހަމަ ބިލެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް ގިނަ ބަޔަކު ދަނީ އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުންނެވެ. އެގޮތުން މި ބިލާ ގުޅިގެން ޝެއިހް ޒަމްޒަމް ފާރިޝް ވިދާޅުވީ ރިއަލް އެސްޓޭޓް ބިލަކީ މި ގައުމު، ލޯމަރާލާފައި ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދޭން މަކަރުވެރިކަމާއެކު ހަދާފައިވާ ބިލެއް ކަމަށެވެ. 

އޭގެ އިތުރުން މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ފަރާތުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ދައުލަތަކުން ހަރަދުކޮށްގެން ހިއްކާ ތަނަކުން އެ ހަރަދު އަނބުރާ ލިބުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ބަޔާންކޮށްފައި ނެތް ކަމަށެވެ. ހަމައެއާއެކު، ރަސްމާލެއިން ދޫކުރާ ބިމުން އެއްވެސް ފަރާތަކަށް 99 އަހަރަށް ވުރެ ގިނަ ނުވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ އަލުން ވިއްކާ ކޮންމެ ރީސޭލްއަކަށް 99 އަހަރު ލިބޭ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި އޮތީ ރަސްމާލެ ވިއްކާލާ ގޮތަށް ކަމަށެވެ. 

ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވަނީ  އެ ބިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވިދާޅުވާހާ ފުރިހަމަ ބިލެއް ނަމަ، އެ ކަމާ ގުޅިގެން ފެންނަ ނުފެންނަ ވޯޓަކަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ. 

އޭގެ އިތުރުން ވެސް އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ މި ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން ވެސް ވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ރިއަލް އެސްޓޭޓް ޤާނޫނުއަހްމަދު އައިފާންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

5

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި

18 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި
18 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި

18 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި
17 ނޮވެމްބަރު 2026

މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު

17 ނޮވެމްބަރު 2026
މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު
16 ނޮވެމްބަރު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

16 ނޮވެމްބަރު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

16 ނޮވެމްބަރު 2026
ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026
މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް