Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސްގެ މުޒާހަރާ

ފްރާންސްގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާތީ ޖެހިޖެހިގެން ހަވަނަ ހޮނިހިރު ދުވަހު މުޒާހަރާކޮށްފި

21 ނޮވެމްބަރު 2026 | ހޮނިހިރު 14:00

ފްރާންސްގައި މުސާރަ ބޮޑުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި. މުސާރައިގެ މަޝްވަރާތައް ލަސްވާތީ ޔޫނިއަންތަކުން ޑިސެމްބަރު އެކެއްގައި ބޮޑު ހަޅުތާލަކަށް ތައްޔާރުވަމުންދާއިރު، މުސާރަ ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައި

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 14:00
ފްރާންސްގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރިއަށްދާއިރު، މުސާރަ ބޮޑުކުރުމަށާއި، އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޓެކްސްގެ ނިޒާމު އިންސާފުވެރި ކުރުމަށް ގޮވާލައި ވެރިރަށް ޕެރިހުގެ މެދުތެރެއަށް ގާތްގަނޑަކަށް 400 އެއްހާ މުޒާހަރާގެ ބައިވެރިން އެއްވެއްޖެ

ފްރާންސްގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރިއަށްދާއިރު، މުސާރަ ބޮޑުކުރުމަށާއި، އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޓެކްސްގެ ނިޒާމު އިންސާފުވެރި ކުރުމަށް ގޮވާލައި ވެރިރަށް ޕެރިހުގެ މެދުތެރެއަށް ގާތްގަނޑަކަށް 400 އެއްހާ މުޒާހަރާގެ ބައިވެރިން އެއްވެއްޖެ | އަނަޑޯލޫ

ފްރާންސްގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުންދާތީ، އެކަމާ ދެކޮޅަށް ޓްރޭޑް ޔޫނިއަންތަކާއި "ޔެލޯ ވެސްޓްސް" އަދި ޒުވާނުންގެ ޖަމާއަތްތަކުން ޖެހިޖެހިގެން ހަވަނަ ހޮނިހިރު ދުވަހު މުޒާހަރާކޮށްފި އެވެ.

މި މުޒާހަރާތަކުގެ ބައިވެރިން ދަނީ މުސާރަ ބޮޑުކުރުމަށާއި އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އިންސާފުވެރި ޓެކްސްގެ ނިޒާމެއް ގާއިމުކުރުމަށް ގޮވާލަމުންނެވެ.

Advertisement - worldAdvertisement

ފްރާންސްގެ ނޫހެއް ކަމަށްވާ "ލެ ޕެރިސިއަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ޕެރިހުގެ މެދުތެރޭގައި އޮންނަ "ޕްލޭސް ޑި ލަ ރިޕަބްލިކް" ސަރަހައްދަށް ގާތްގަނޑަކަށް 400 އެއްހާ މީހުން ވަނީ އެއްވެފަ އެވެ. މި މީހުން އެއްވީ އެ ސަރަހައްދުން ފެށިގެން "ޕްލޭސް ޑި ލަ ނޭޝަން" އާ ހަމައަށް ހިނގާލުމެއް ބޭއްވުމަށެވެ.

މަސައްކަތްތެރިންގެ ޖަމާއަތްތަކާއި ޒުވާނުންގެ ގްރޫޕްތަކުން މި ހިނގާލުމުގައި ބައިވެރިވީ "ރައިޓް ޓު ހައުސިންގް" އެސޯސިއޭޝަނާ ގުޅިގެން ކަމަށް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މީގެ އަށް އަހަރު ކުރިން އުފެދުނު "ޔެލޯ ވެސްޓްސް" ހަރަކާތުން ވަނީ، މަގުތަކުގެ ބޮޑެތި ކަންމަތިތަކާއި ޓޯލް ބޫތުތަކަށް އެނބުރި އައުމަށް އެ ހަރަކާތުގެ ސަޕޯޓަރުންނަށް ގޮވާލާފަ އެވެ. މީގެ އިތުރުން، ފްރާންސްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މާސޭގައި ވެސް މުޒާހަރާ ބޭއްވުމަށް ޓްރޭޑް ޔޫނިއަންތަކުން ވަނީ ގޮވާލާފަ އެވެ.

ކަމާބެހޭ އިދާރާތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން މި މުޒާހަރާތަކާ ގުޅިގެން ޕެރިހުގެ ފުލުހުން ވަނީ ރޭލު ސްޓޭޝަންތަކާއި އާންމު ދަތުރުފަތުރުގެ ނިޒާމުތަކުގައި ކުރިއަށްގެންދާ ޗެކްކުރުންތައް އިތުރުކޮށްފަ އެވެ.

ނަމަވެސް ލިޔޯން ސިޓީގައި، ހުއްދަ ނެތް އެއްވުންތަކެއް ބޭއްވުމަށް ގޮވާލަމުންދާތީ، އެ ސިޓީގެ މެދުތެރޭގައި މެންދުރު 12:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް މުޒާހަރާކުރުން ކަމާބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފަ އެވެ.

އެ ޤައުމުގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވި ގޮތުގައި، މުޅި ގައުމުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގާތްގަނޑަކަށް 70,000 ފުލުހުންނާއި މިލިޓަރީ ފުލުހުން ހަރަކާތްތެރިވާނެ އެވެ.

މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ މަދުވާން ފަށާފަ އެވެ. އެ ދުވަހު މުޅި ފްރާންސްގެ 565,000 މީހުން މުޒާހަރާކުރި ކަމަށް ފުލުހުން ބުނާއިރު، އިންތިޒާމުކުރި ފަރާތްތަކުން ބުނަނީ އެ އަދަދު 800,000 އަށް އަރާނެ ކަމަށެވެ.

ވޭތުވެދިޔަ ދެ ހޮނިހިރު ދުވަހު މުޒާހަރާތަކުގައި ބައިވެރިވީ 100,000 އަށްވުރެ ކުޑަކޮށް ގިނަ މީހުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނާއިރު، އިންތިޒާމުކުރި ފަރާތްތަކުގެ އަންދާޒާއަކީ އެއަށްވުރެ ދެގުނަ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

ޑިސެމްބަރު 1 ގައި ހަޅުތާލު ކުރުމަށް ޔޫނިއަންތަކުން ގޮވާލުން ސީއެފްޑީޓީ، ސީޖީޓީ އަދި އުންސާ ޔޫނިއަންތަކުން ވަނީ، ޑިސެމްބަރު 1 ވަނަ ދުވަހު ސަރުކާރުގެ މުވައްޒަފުން ކުރަން ރާވާފައިވާ ހަޅުތާލުގައި އަމިއްލަ ސެކްޓަރުގެ މުވައްޒަފުން ވެސް ބައިވެރިވުމަށް ގޮވާލާފަ އެވެ. އެ ޔޫނިއަންތަކުން ތުހުމަތުކުރާ ގޮތުގައި ވަޒީފާދޭ ފަރާތްތަކުން ދަނީ މުސާރައިގެ މަޝްވަރާތައް ލަސްކުރަމުންނެވެ.

އެ ޤައުމުގެ ސަރުކާރުގެ މުވައްޒަފުންގެ ޔޫނިއަންތަކުން އެދެމުންދަނީ މުސާރަ ހިސާބުކުރުމަށް ބޭނުންކުރާ އަސާސީ ރޭޓް ބޮޑުކޮށްދިނުމަށެވެ.

އެހެންނަމަވެސް، 2027 ވަނަ އަހަރުގެ ނިޔަލަށް އެ ރޭޓް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ފްރާންސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މަސްދަރު: އަނަޑޯލޫ

ޔެލޯ ވެސްޓްފްރާންސް

އެންމެ ހިނގާ

1

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

2

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

3

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

4

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

5

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ފްރާންސްގައި ކުރަމުންދާ މުޒާހަރާތަކުން 7،184 މީހުން ހައްޔަރުކޮށް 466 މީހަކަށް ޖަލު ހުކުމް އިއްވައިފި

18 ނޮވެމްބަރު 2026
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ފްރާންސްގައި ކުރަމުންދާ މުޒާހަރާތަކުން 7،184 މީހުން ހައްޔަރުކޮށް 466 މީހަކަށް ޖަލު ހުކުމް އިއްވައިފި
24 އޮކްޓޯބަރު 2026

ޕެރިސްގައި އަނެއްކާ ވެސް ހަމަނުޖެހުން ހިންގަފާނެ ކަމުގެ އިންޒާރާއެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

24 އޮކްޓޯބަރު 2026
ޕެރިސްގައި އަނެއްކާ ވެސް ހަމަނުޖެހުން ހިންގަފާނެ ކަމުގެ އިންޒާރާއެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި
21 އޮކްޓޯބަރު 2026

ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި

21 އޮކްޓޯބަރު 2026
ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި
29 ސެޕްޓެމްބަރު 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ޒިދާން އާއެކު ފްރާންސް ކުރިއަށް

29 ސެޕްޓެމްބަރު 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ޒިދާން އާއެކު ފްރާންސް ކުރިއަށް
12 ސެޕްޓެމްބަރު 2026

ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް

12 ސެޕްޓެމްބަރު 2026
ފަރަންސޭސިވިލާތުގައި ރޭލެއް އެކްސިޑެންޓުވެ 44 މީހުން ޒަޚަމުވެއްޖެ، އެކެއްގެ ހާލު ސީރިޔަސް
19 އޯގަސްޓު 2026

ފްރާންސްގައި ތިއްބެވި އީރާންގެ ދެ ޑިޕްލޮމެޓަކު އެ ޤައުމުން ބޭރުކޮށްލަނީ

19 އޯގަސްޓު 2026
ފްރާންސްގައި ތިއްބެވި އީރާންގެ ދެ ޑިޕްލޮމެޓަކު އެ ޤައުމުން ބޭރުކޮށްލަނީ
16 އޯގަސްޓު 2026

ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!

16 އޯގަސްޓު 2026
ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!
29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
22 ޖުލައި 2026

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

22 ޖުލައި 2026
ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
19 ޖުލައި 2026

ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ

19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް