ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އިންގްލެންޑް އިން ކާމިޔާބު ކުރީ 6-4 އިން


މެޗުގައި ލަނޑު ޖެހުމަށް ފަހު އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ފްރާންސް ބަލިކޮށް، އިންގްލެންޑް އިން މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އިންގްލެންޑް އިން ކާމިޔާބު ކުރީ 6-4 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް އިންގްލެންޑް އިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލަނޑު ޖަހައިދިނީ ޑެކްލަން ރައިސް، އެޒްރީ ކޮންސާ އަދި ބުކަޔޯ ސަކާ އެވެ.
ނަމަވެެސް ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ފްރާންސް އިން ތިން ލަނޑު ޖެހި އެވެ. އެއީ ކެޕްޓަން ކީލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއި، ބްރާޑްލޭ ބާކޮލާ ޖެހި ލަނޑެވެ.
އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ސަކާ ހެޓްރިކް ހެދިއިރު، އެ ޓީމުގެ ހަ ވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ. ފްރާންސްގެ ފަހު ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ އެވެ.










