Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!

16 އޯގަސްޓު 2026 | އާދީއްތަ 07:33

މެޗް މެގަޒީންގެ ކަވަރުގައި ބުނެފައިވަނީ، މިއީ އަންނަ އަހަރު ދެވަނަ އަދި ފަހު ދައުރު ނިމި ރިޔާސީ ގަނޑުވަރުން މެކްރޮން ނުކުންނެވުމުގެ ކުރިން، މިގޮތަށް ޗުއްޓީއެއް ހޭދަކުރައްވާނެ ފަހު ފަހަރު ކަމަށް. މި ހޫނު މޫސުމުގައި ފްރާންސްގައި ހޫނު ގަދަވެ މަރުތަކެއް ހިނގި ދަނޑިވަޅެއްގައި މެކްރޮން ފޮއިލް ސަރފިން ފަދަ ފެން ކުޅިވަރުތައް ކުޅުއްވަމުން ގެންދެވި ފޮޓޯތައް ވެސް މެގަޒީންގައި ޝާއިއު ކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2026 | އާދީއްތަ 07:33
މެގަޒިންގެ ބޭރު ސަފްހާގައި ޖަހާފައިވާ މެކްރޮންގެ ފޮޓޯގަނޑު

މެގަޒިންގެ ބޭރު ސަފްހާގައި ޖަހާފައިވާ މެކްރޮންގެ ފޮޓޯގަނޑު | ސޯޝަލް މީޑިއާ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބޭނުން ކުރައްވަމުން ގެންދެވި ޖެޓްސްކީގެ ފޮޓޯތައް ޕެރިސް މެޗް މެގަޒީންގައި ޝާއިއު ކުރުމާ ގުޅިގެން، އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

އުމުރުފުޅުން 48 އަހަރުގެ މެކްރޮން އޮގަސްޓު މަހުގެ ޗުއްޓީގައި ރިވިއޭރާގައި ޖެޓްސްކީ ބޭނުން ކުރައްވަމުން ގެންދެވި ފޮޓޯތައް އެ މެގަޒީންގެ ކަވަރުގައި ޝާއިއު ކޮށްފައިވެ އެވެ. ފްރާންސްގެ ރައީސް ބްރެގަންކޯން ގަލާގައި ޗުއްޓީ ހޭދަ ކުރައްވަނިކޮށް، ލައިފް ވެސްޓް އަޅުއްވައިގެން ކުޅިވަރު ކުޅުއްވުމުގެ ތެރޭގައި ފޮޓޯތައް ނަގައި އާންމުކޮށްފައިވެ އެވެ.

މެޗް މެގަޒީންގެ ކަވަރުގައި ބުނެފައިވަނީ، މިއީ އަންނަ އަހަރު ދެވަނަ އަދި ފަހު ދައުރު ނިމި ރިޔާސީ ގަނޑުވަރުން މެކްރޮން ނުކުންނެވުމުގެ ކުރިން، މިގޮތަށް ޗުއްޓީއެއް ހޭދަކުރައްވާނެ ފަހު ފަހަރު ކަމަށެވެ. މި ހޫނު މޫސުމުގައި ފްރާންސްގައި ހޫނު ގަދަވެ މަރުތަކެއް ހިނގި ދަނޑިވަޅެއްގައި މެކްރޮން ފޮއިލް ސަރފިން ފަދަ ފެން ކުޅިވަރުތައް ކުޅުއްވަމުން ގެންދެވި ފޮޓޯތައް ވެސް އެ މެގަޒީންގައި ޝާއިއު ކޮށްފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން މެކްރޮންގެ މުވައްޒަފުން ބުނެފައި ވަނީ، އެ ފޮޓޯތައް ނެގުމަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި ނުވަ އަހަރު ވަންދެން ކޮންމެ އަހަރަކު ވެސް އެއްވެސް ހުއްދައެއް ނުވަތަ އިޒުނައެއް ނެތި ރައީސް މެކްރޮންގެ ފޮޓޯ ނަގައި އާންމުކުރަމުން ގެންދާ ކަމަށެވެ. 

މެކްރޮންގެ މި ފޮޓޯތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި އެވެ. ގްރީންސްގެ ލީޑަރު މެރީން ޓޮންޑެލިއާ ވިދާޅުވީ، ފްރާންސްގެ ރައްޔިތުން ގަދަ ހޫނުގެ ވޭން ތަހަންމަލު ކުރަމުން ގެންދާއިރު ވެސް، ރައީސް ގެންދަވަނީ ޗުއްޓީ ހޭދަ ކުރައްވައި، މަޖާ ކުރައްވަމުން ކަމަށެވެ. 

ސޯޝަލިސްޓް ލީޑަރު އޮލިވިއާ ފޯރު ވިދާޅުވީ، މެކްރޮން އެ ދެއްވަނީ ގޯސް މެސެޖެއް ކަމަށެވެ. އޭނާ ވިދާޅުވީ ހޫނު ގަދަވެ ފްރާންސް އަނދަމުންދާއިރު، ޤައުމުގެ ގިނަ ރައްޔިތުންނަށް ޗުއްޓީ އަށް ދެވޭނެ ގޮތެއް ނެތް ނަމަވެސް، ރައީސް މެކްރޮން ގެންދަވަނީ ޗުއްޓީ ހޭދަ ކުރައްވައި، ޖެޓްސްކީ ދުއްވައި މަޖާ ކުރައްވަމުން ކަމަށެވެ.  

ކޮމިއުނިސްޓް ސެނެޓަރު ޕިއަރ އުޒޫލިއާސް ވިދާޅުވީ، އެ ފޮޓޯތަކަކީ އެކަށީގެންވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ފްރާންސްގައި މިހާރު އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް، މެކްރޮން ފަޔަރ ފައިޓަރުންނަށް އެހީތެރިވެވަޑައިގަންނަވަނިކޮށް ފެނުން މާ މުހިއްމު ކަމަށާއި، އެއީ މެކްރޮން ހުންނަވަން ޖެހޭ ތަން ކަމަށެވެ. 

ޕެރިސް މެޗް މެގަޒީން އިން ބުނީ މެކްރޮންގެ ޗުއްޓީ އަކީ މަސައްކަތަށް ފޯކަސްކުރެވިފައިވާ ޗުއްޓީއެއް ކަމަށާއި، އޮފީހެއް ގާއިމުކޮށް ރައީސް ދުވަސްތައް ހޭދަކުރައްވަނީ ފޯނުގައި ކަމަށެވެ. 

މަސްދަރު: ފްރާންސް24

ފްރާންސްއެމަނުއަލް މެކްރޯން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
22 ޖުލައި 2026

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

22 ޖުލައި 2026
ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
19 ޖުލައި 2026

ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ

19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް