Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026 | ބުދަ 04:26

ފްރާންސްގެ ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފެރާރީ ވިދާޅުވީ، 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ފްރާންސް އާއި ޖަރުމަނު ގުޅިގެން ބިޑު ކުރުމުގެ ވިސްނުން ހުރިކަން ރަސްމީކޮށް އިއުލާން ކުރުމުގެ މަރުހަލާ އަށް ނުދިޔަ ނަމަވެސް، އެކަމަށް އޭނާ ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2026 | ބުދަ 04:26
ފްރާންސްގެ ކުޅިވަރާ ބެހޭ މިނިސްޓަރު މަރީނާ ފެރާރީ

ފްރާންސްގެ ކުޅިވަރާ ބެހޭ މިނިސްޓަރު މަރީނާ ފެރާރީ | ރޮއިޓާސް

2038 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް، ފްރާންސް އާއި ޖަރުމަނު ގުޅިގެން ބިޑު ކުރުމުގެ ފުރުސަތު އޮތް ކަމަށް، ފްރާންސް އިން ހާމަކޮށްްފި އެވެ. 

ފްރާންސްގެ ކުޅިވަރާ ބެހޭ މިނިސްޓަރު މަރީނާ ފެރާރީ ވިދާޅުވީ، ބޮޑެތި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި އެ ޤައުމުން ގެންގުޅޭނެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. 

ފްރާންސްގެ ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފެރާރީ ވިދާޅުވީ، 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ފްރާންސް އާއި ޖަރުމަނު ގުޅިގެން ބިޑު ކުރުމުގެ ވިސްނުން ހުރިކަން ރަސްމީކޮށް އިއުލާން ކުރުމުގެ މަރުހަލާ އަށް ނުދިޔަ ނަމަވެސް، އެކަމަށް އޭނާ ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ.

މީގެ ކުރިން ފްރާންސްގެ "ލެ ޕެރިސިއަން" ނޫހުން ވެސް ވަނީ މިފަދަ ބިޑެެއް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުކޮށްފައި އެވެ. 

ފްރާންސްގެ ރޭޑިއޯ ނެޓްވީކް އާރްއެމްސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިނިސްޓަރު ފެރާރީ ވިދާޅުވީ މުބާރާތް ބޭއްވުމަށް ހުށަހެޅުމަކީ ކުޅިވަރު ފެޑެރޭޝަންތަކުގެ ޒިންމާއެއް ކަމަށެވެ. އަދި މިހާތަނަށް އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް މަޝްވަރާ ކުރެވިފައި ނުވި ނަމަވެސް، މިއީ ޤައުމުގެ ކުޅިވަރު އަދި އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތާ ވަރަށް ބޮޑަށް ގުޅޭ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

ފްރާންސް އާއި ޖަރުމަނާ ދެމެދު ކުޅިވަރުގެ ދާއިރާ އިން އޮންނަ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ. މިގޮތުން 2029 ވަނަ އަހަރުގެ ހޭންޑް ބޯޅަ ވޯލްޑް ޗެމްޕިއަންޝިޕް ވެސް މި ދެ ޤައުމުން ގުޅިގެން ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ފެރާރީ ވިދާޅުވީ، ޔޫރަޕުގެ ބައިވެރިންނާ އެކު ގުޅިގެން މަސައްކަތް ކުރުމަކީ ބޮޑެތި މުބާރާތްތައް ކާމިޔާބުކަމާ އެކު ބޭއްވުމަށް އޮތް ރަނގަޅު މޮޑެލެއް ކަމަށެވެ.

ބޮޑެތި މުބާރާތްތައް ބޭއްވުމުގެ ތަޖުރިބާާ އަށް ބަލާއިރު، ފްރާންސް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާއި، 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް ކާމިޔާބުކަމާއެކު ބާއްވައިފަ އެވެ. ކުޅިވަރު މިނިސްޓަރު ފެރާރީ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރަކު ވެސް ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއް ބޭއްވުމަށް ފްރާންސް އިން އަމާޒު ހިފާފައިވާއިރު، 2030 ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސް ބޭއްވުމަށް ވެސް އެ ޤައުމުން ދަނީ ތައްޔާރުވަމުންނެވެ. 

ފްރާންސް އިން އެންމެ ފަހުން ވޯލްޑް ކަޕް ހޯސްޓު ކޯށްފައި ވަނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ފްރާންސް އިން ކާމިޔާބު ކުރިއިރު، އެއީ އެ ޤައުމުންް ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ވެސް ފްރާންސް އިން ކާމިޔާބު ކުރި އެވެ. 

ކުރިއަށް އޮތް ވޯލްޑް ކަޕްތަކަށް ބަލާއިރު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަަމަޖެހިފައި ވަނީ ސްޕެއިން އާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެންނެވެ. އަދި 2034 ވަނަ އަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިފައި ވަނީ ސައުދީ އަރަބިއްޔާ އަށެވެ. 

ފީފާފްރާންސްޖަރުމަނުމަރީނާ ފެރާރީ

އިތުރަށް ކިޔާލަން

29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

28 ޖުލައި 2026
ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
26 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި
23 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ

23 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލި މައްސަލައިގައި ނޯވޭއިން ފީފާއަށް ޝަކުވާ ހުށަހަޅަނީ
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
22 ޖުލައި 2026

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

22 ޖުލައި 2026
ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
20 ޖުލައި 2026

ހިޓްލަރާ ވައްތަރުވުމަށް މަސައްކަތްކުރާ އަދި އޭނާ ޕްރޮމޯޓުކުރާ ނެދަރލޭންޑްސްގެ ސްޓެފަން ވައިކަމްޕް ޖަރުމަނުގެ ކޯޓަކަށް ހާޒިރުވުމަށް އަމުރު ނެރެފި

20 ޖުލައި 2026
ހިޓްލަރާ ވައްތަރުވުމަށް މަސައްކަތްކުރާ އަދި އޭނާ ޕްރޮމޯޓުކުރާ ނެދަރލޭންޑްސްގެ ސްޓެފަން ވައިކަމްޕް ޖަރުމަނުގެ ކޯޓަކަށް ހާޒިރުވުމަށް އަމުރު ނެރެފި
19 ޖުލައި 2026

ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް

19 ޖުލައި 2026
ސްޕެއިން އާޖެންޓިނާ ބައްދަލުކުރާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް ޓައިމް ގައި މެޑޯނާ، ޝަކީރާ، އަދި ބީޓީއެސް
19 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!

19 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ފުރައްސާރައާ ގުޅުން ހުރި ހަތް މިލިއަން މެސެޖު، ކުރީ އަހަރާ އަޅާ ބަލާއިރު 14 އިންސައްތަ އިތުރުވުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް