Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

ފްރާންސް ވެގެން ދާނީ ޒިދާންގެ ކޯޗިން ކެރިއަރުގައި އޭނާާ އިރުޝާދު ދޭނެ ދެ ވަނަ ޓީމަށެވެ. އުމުރުން 54 އަހަރުގެ ޒިދާން އަކީ މީގެ ކުރިން ފްރާންސް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެއް. ފްރާންސް އާއެކު އޭނާ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖުލައި 2026 | ބުދަ 05:40
ފްރާންސްގެ ކޯޗަކަށް ހަމަޖައްސާ އެ ޤައުމުގެ ލެޖެންޑް ޒިދާން

ފްރާންސްގެ ކޯޗަކަށް ހަމަޖައްސާ އެ ޤައުމުގެ ލެޖެންޑް ޒިދާން | ރޮއިޓާސް

ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް، ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން އާއެކު ޒިނެދިން ޒިދާން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، ފްރާންސް އިން ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ފްރާންސްގެ ކޯޗު ކަމުގެ މަގާމުގައި އެންމެ ފަހުން ހުރި ޑިޑިއޭ ޑެޝޯމްޕްސް ވަނީ، ދާދި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވި ޑެޝޯމްޕްސް ވަނީ، ވޯލްޑް ކަޕަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލާނެކަން ކުރިން ވެސް އިއުލާން ކޮށްފައި އެވެ. 

އެއާ އެކު ފްރާންސް އިން ވަނީ، އެ ޓީމުގެ ލެޖެންޑް ޒިދާން އާއެކު މަޝްވަރާތައް ފަށައިފަ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް އިރުޝާދު ދިނުމުގެ ޝައުޤުވެރިކަން އަބަދު ވެސް ހުންނަ ޒިދާން، އެންމެ ފުރަތަމަ ވެސް ފްރާންސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވި ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައި އެވެ. އަދި މިހާރު ޒިދާން ފްރާންސްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، އެއީ ދިގު މުއްދަތުގެ އެއްބަސްވުމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

ސްޕެއިންގެ ރެއާލް މެޑްރިޑް އިން ކޯޗިން ކެރިއަރު ފެށި ޒިދާން އަކީ، ދުނިޔޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ދެ ފަހަރެއްގެ މަތިން ޒިދާން ރެއާލް އަށް އިރުޝާދު ދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން ވަނީ 10 ތައްޓެއް ވެސް ކާމިޔާބު ކޮށްފައި އެވެ. އޭގެ ތެރޭގައި ޖެހި ޖެހިގެން ތިން އަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ. 

ފްރާންސް ވެގެން ދާނީ ޒިދާންގެ ކޯޗިން ކެރިއަރުގައި އޭނާާ އިރުޝާދު ދޭނެ ދެ ވަނަ ޓީމަށެވެ. އުމުރުން 54 އަހަރުގެ ޒިދާން އަކީ މީގެ ކުރިން ފްރާންސް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފްރާންސް އާއެކު އޭނާ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ފްރާންސްޒިނެދިން ޒިދާން

އިތުރަށް ކިޔާލަން

19 ޖުލައި 2026

ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ

19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ

13 ޖުލައި 2026
ފްރާންސްއާ ގުޅޭ ގޮތުން ރަޖޯއި ދެއްކި ވާހަކަތަކާ ގުޅިގެން، ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ކޯފާވެއްޖެ
13 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު

13 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް، ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލް އަށް ދިޔަ ފުރަތަމަ ފަހަރު
13 ޖުލައި 2026

ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!

13 ޖުލައި 2026
ސްޕެއިން އާއި ފްރާންސް: އެމްބާޕޭ އާއި ޔަމާލްގެ ކުރިމަތިލުން، ނަތީޖާ ބުރަވަނީ ސްޕެއިން ކޮޅަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު