Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަރަންސޭސިވިލާތުގެ ހަމަނުޖެހުން

ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި

21 އޮކްޓޯބަރު 2026 | ބުދަ 08:36

ފަރަންސޭސިވިލާތުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ކުރިއަށް އޮތް ހޮނިހިރު ދުވަހު އަލުން މުޒާހަރާ ބޭއްވުމަށް ވަނީ ރާވާފައި. މި ފަދަ ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ވަނީ ދީފައި

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2026 | ބުދަ 08:36

ފަރަންސޭސިވިލާތުގެ ލިޔޯންގައި ހުންނަ އެޗްއެންޑްއެމްގެ ފިހާރަ ލޫޓުވައި، ހުރިހާ މުދަލެއް ވަގަށް ގެންގޮސްފައިވާ ކަމަށް ބުނާ މަންޒަރުތައް | އެކްސް

ހުސްވި ހަފުތާ ބަންދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުން "ދިހަވަރަކަށް ނުވަތަ ފަހަރެއްގައި އެތައް ސަތޭކަ މިލިޔަން" ޔޫރޯއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް، ފަރަންސޭސިވިލާތުގެ އިގުތިސާދީ ވަޒީރު ރޮލޯން ލިސްކިޔޯ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ހިނގައިދިޔަ ހާދިސާތަކަކީ "އިންތިހާއަށް ސީރިއަސް" ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވައި، ފަރަންސޭސިވިލާތުގެ އެތެރެއިން ހަމަލާދީފައި ވަނީ "ހަމަނުޖެހުން ހިންގާ ދެ ހަރަކާތެއް: އެނާކިސްޓުންނާއި ގޭންގުތައް" ކަމަށް، ފަރަންސޭސިވިލާތުގެ އާރްޓީއެލް ރޭޑިއޯއަށް މައުލޫމާތު ދެއްވަމުން ލިސްކިޔޯ ވިދާޅުވި އެވެ. ގެއްލުން ލިބުނު ފިހާރަތަކުގެ ވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އިންޝުއަރެންސް ކުންފުނިތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ލިސްކިޔޯ ދެއްވި އެވެ. ހޮނިހިރު ދުވަހަށް އާ މުޒާހަރާތަކެއް ރޭވިފައިވާ ދަނޑިވަޅެއްގައި، "މި ފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" ކަމަށް ލިސްކިޔޯ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ހޮނިހިރު ދުވަހު ޕެރިހުގައި މުޒާހަރާއެއް ބޭއްވުމަށް ރޭވިފައިވާ ކަމަށާއި، މިކަމާ ގުޅޭ ރަސްމީ ލިޔުން ޕެރިހުގެ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ކޯޑިނޭޓަރު ބެންޖަމިން ބޯލް ބުނެފައިވާ ކަމަށް، 'ޔެލޯ ވެސްޓް' ހަރަކާތާ ހަވާލާދީ ފަރަންސޭސިވިލާތުގެ ބްރޯޑްކާސްޓަރު ބީއެފްއެމްޓީވީން ވަނީ ރިޕޯޓްކޮށްފަ އެވެ. ބަސްޓީ ސަރަހައްދަށް އެއްވުމަށް ޖެނެރަލް ކޮންފެޑެރޭޝަން އޮފް ލޭބާގެ ޕެރިސް ގޮތްޕާއި ދަރިވަރުންގެ ޔޫނިއަނަކުން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މުޒާހަރާ ބޭއްވުމަށް ތައްޔާރުވަމުން މި ދަނީ، ފަރަންސޭސިވިލާތުގެ ވެރިރަށުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ދެކޮޅަށް ކުރި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ، އަނިޔާވެރި އަމަލުތަކާއި މުދަލަށް ގެއްލުންދިން ހާދިސާތަކެއް ހިނގިތާ ހަފުތާއެއް ފަހުންނެވެ. އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 550،000 މީހުން މަގުތަކަށް ނުކުމެފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، އުޅަނދުތަކުގައި ހުޅުޖަހައި، އެތައް ފިހާރައެއް ލޫޓުވައި، އަދި، 2،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ފްރާންސްރޮލޯން ލިސްކިޔޯޔެލޯ ވެސްޓް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ

20 އޮކްޓޯބަރު 2026
ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ
04 އޮކްޓޯބަރު 2026

ފަރަންސޭސިވިލާތުގައި މުޒާހަރާ ކުރަމުންދިޔަ 5،000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފި

04 އޮކްޓޯބަރު 2026
ފަރަންސޭސިވިލާތުގައި މުޒާހަރާ ކުރަމުންދިޔަ 5،000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފި
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
25 ޖުލައި 2026

ފްރާންސާއި ސްޕެއިންގައި ފެތުރެމުންދާ އަލިފާނުގެ ސަބަބުން 220،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

25 ޖުލައި 2026
ފްރާންސާއި ސްޕެއިންގައި ފެތުރެމުންދާ އަލިފާނުގެ ސަބަބުން 220،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި
17 ޖުލައި 2026

ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު

17 ޖުލައި 2026
ވޯލްޑް ކަޕް: ތިންވަނަ ހޮވާ މެޗު އޮންނަނީ ކީއްވެ؟ - މެޗާ ބެހޭ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
12 ޖުލައި 2026

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟

12 ޖުލައި 2026
ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ކޮން ޓީމުތަކެއް؟ ޗެމްޕިއަން ޓީމާ ބެހޭ ގޮތުން ޕްރެޑިކްޝަން ބުނަނީ ކީކޭ؟
11 ޖުލައި 2026

ޓެލެގްރާމްގެ ވެރިޔާ ޑޫރޯފް ގެ މައްޗަށް ފްރާންސުން ހިންގަމުންދާ ތަހުގީގުގައި ހަތަރުވަނަ ފަހަރަށް އޭނާ ހާޒިރު ކޮށްފި

11 ޖުލައި 2026
ޓެލެގްރާމްގެ ވެރިޔާ ޑޫރޯފް ގެ މައްޗަށް ފްރާންސުން ހިންގަމުންދާ ތަހުގީގުގައި ހަތަރުވަނަ ފަހަރަށް އޭނާ ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް