Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓު

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

10 ނޮވެމްބަރު 2026 | އަންގާރަ 11:22

އަދަދު އޮންލައިންގެ އެޑިޓަރުންގެ މައްޗަށް ކުރާ ގަޒްފުގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފި. ނަމަވެސް، އެ މައްސަލައިގައި ހިމެނޭ ވީޑިއޯ ރިޕޯޓުގައި ވާހަކަދެއްކި އައިޝަތު އީޝާ އަޝްރަފްގެ ހެކިބަސް ބަލައިގަތުމަށް ހައިކޯޓުގެ އަޣުލަބިއްޔަތުން ވަނީ ހުކުމްކޮށްފައި. މި ނިންމުމާއެކު ދަށު ކޯޓުގައި އީޝާގެ ހެކިބަސް ނެގުމުގެ ފުރުސަތު ދިފާއަށް ލިބޭނެ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 ނޮވެމްބަރު 2026 | އަންގާރަ 11:22
"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި | ސޯޝަލް މީޑިއާ

އަދަދު އޮންލައިންގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައި ނުގަނެވޭނެ ކަމަށާއި ނަމަވެސް އައިޝަތު އީޝާ އަޝްރަފް އަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.   

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްގައި ވާހަކަދައްކާފައިވާ އަންހެނަކު ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ "އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުގެ ދައުވާއާ ގުޅިގެން، ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަކާ މެދު ދަށު ކޯޓުން ނިންމި ނިންމުންތަކެއް އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމި ނިންމުމެކެވެ.

މި މައްސަލައިގައި އިސްތިއުނާފީ ކޯޓުން ބަލާފައިވަނީ ދަށު ކޯޓުގައި ދިފާއުން ހުށަހެޅި ދެ ހެކިވެރިއަކު ބަލައިނުގަތުމަށް ނިންމި ނިންމުމަށެވެ. އޭގެ ތެރެއިން ފުރަތަމަ ހެކިވެރިޔާއަކީ ރައީސް މުއިއްޒު އެވެ. ދިފާއުން ރައީސް މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ، އެމަނިކުފާނުގެ ފަރާތްޕުޅުން ފުލުހުންނަށް ފޮނުވި ސިޓީއެއްގެ ސައްހަކަން ސާބިތުކުރުމަށާއި، އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއްކަން ސާބިތުކޮށްދިނުމަށެވެ. ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ރައީސް މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، ރައީސް މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި ސަބަބުތަކަށް ބަލާއިރު، އެއީ މައްސަލައިގެ ދައުވާއާ ސީދާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ ސިޓީއަކީ ދައުލަތުން ވެސް އޭގެ ސައްހަކަމާ މެދު އިންކާރުކުރާ އެއްޗަކަށް ނުވާއިރު، އެ ސިޓީ ސާބިތުކުރަން ރައީސް މުއިއްޒު ކޯޓަށް ހާޒިރުކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަން ދިފާއަށް ބުނެދެވިފައި ނުވާކަމަށް ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.

ނަމަވެސް ދެވަނަ ހެކިވެރިޔާގެ ގޮތުގައި ހުށަހެޅި އާއިޝަތު އީޝާ އަޝްރަފް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ދިފާއުން ބުނެފައިވަނީ އެ ރިޕޯޓުގައި އީޝާ ދައްކާފައިވާ ވާހަކަތަކަކީ ޒިނޭގެ ތުހުމަތު އެކުލެވޭ ވާހަކަތަކެއް ނޫންކަން އޭނާގެ ހެކިބަހުން ސާބިތުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، އީޝާއަކީ މި މައްސަލައިގެ އަސްލު ވާޤިއާއާ ގުޅުންހުރި މީހަކަށް ވާއިރު، އޭނާގެ ހެކިބަސް ނުނަގައި ދޫކޮށްލުމަކީ ދިފާއު ބިނާކުރުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ. އަދި ހެކިބަސް ބަލައިގަތުމުގެ މަރުހަލާގައި ހެކިބަހުގެ ބުރަދަނަށް ބަލައި ހެކިވެރިޔާ ބޭރުކޮށްނުލެވޭނެ ކަމަށާއި، އެއީ ޝަރީއަތުގެ މަރުހަލާގައި ފަނޑިޔާރު ނިންމަވަންޖެހޭ ކަމެއް ކަމަށް ވެސް ހައިކޯޓުން ކަނޑައެޅި އެވެ.

މި މައްސަލަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނޭ ބެންޗަކުންނެވެ. މީގެ ތެރެއިން ފަނޑިޔާރު ޝަނީޒްގެ ރައުޔަކީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ބެންޗުގެ އަޣުލަބިއްޔަތުން ނިންމީ އީޝާގެ ހެކިބަސް ބަލައިގަތުމަށާއި، ރައީސް މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރުމަށެވެ.

މި މައްސަލައަކީ 2026 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު ގަޒުފުގެ ދައުވާއަކާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ. ހައިކޯޓުގެ މި ނިންމުމާއެކު، ދަށު ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި އީޝާގެ ހެކިބަސް ނެގުމުގެ ފުރުޞަތު ދިފާއަށް ލިބިގެންދާނެ އެވެ.

ހަސަން މުހައްމަދުޑރ. މުހައްމަދު މުއިއްޒުއައިޝަތު އީޝާ އަޝްރަފްއަދަދު އޮންލައިންހައި ކޯޓުހުސައިން ފިޔާޒު މޫސާކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

2

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "އިހުތިރާމު ކެމްޕޭން" އިފްތިތާހުކުރަން ބަންދު ދުވަހެއްގެ ރޭ ބާއްވާ ޖަލްސާއަށް ސިވިލް ސަރވިސް މުވައްޒަފުން ދޭތޯ ކަށަވަރުކުރަން ކޮމިޝަނުން ސަރުކާރު އޮފީސްތަކަށް އަންގައިފި

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި

10 ނޮވެމްބަރު 2026
 ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި
10 ނޮވެމްބަރު 2026

މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ

ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

10 ނޮވެމްބަރު 2026
ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 ނޮވެމްބަރު 2026

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026
ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް
10 ނޮވެމްބަރު 2026

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި

09 ނޮވެމްބަރު 2026

ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!

09 ނޮވެމްބަރު 2026
ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!
09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
09 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް