Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026 | ހުކުރު 07:18

ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ގައުމުގެ ސިޔާދަތަށާއި އިސްލާމީ އައިޑެންޓިޓީއަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މި މަޝްރޫއު ކުރިއަށްގެންދަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ތުހުމަތުކޮށް، މިކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް "ދަ މޯލްޑިވްސް ނޭޝަނަލް މޫވްމަންޓް އޮން ރަސްމާލެ" އިން ދަނީ ތައްޔާރުވަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 13 ނޮވެމްބަރު 2026 | ހުކުރު 07:18
އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު

އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު | ސޯޝަލް މީޑިއާ

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ރާޝިދު އަލައްބާރު އަށް "ދަ މޯލްޑިވްސް ނޭޝަނަލް މޫވްމަންޓް އޮން ރަސްމާލެ" އިން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި އެވެ.

ބުރާސްފަތި ދުވަހު ފޮނުވި މި ސިޓީގައި އެ ހަރަކާތުން ވަނީ، މި މަޝްރޫއާ މެދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑެތި އިދިކޮޅު ހަރަކާތްތަކެއް ހިނގަމުންދާ ކަމަށާއި، މިއީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނޭ މަޝްރޫއެއް ކަމަށް ބުނެފަ އެވެ.

Advertisement - newsAdvertisement

މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ އީގަލް ހިލްސްއަށް ބިން ދިނުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ތާއީދާއެކު ފާސްކުރި މި ގަރާރުގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވެސް ވަނީ މި މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ދެކޮޅު ހަދާ މައިގަނޑު ދެ ސަބަބެއް މި ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފުރަތަމަ ކަމަކީ، ސައްތަ އިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ހިމާޔަތްކުރުމަށް ގާނޫނުއަސާސީގައި ހުރި ރައްކާތެރިކަމަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ދާއިމީކޮށް ދިރިއުޅުމުގެ ފުރުސަތާއި މިލްކުވެރިކަން ދިނުމުގެ ސަބަބުން އަސަރުކޮށްފާނެތީ އުފެދޭ ކަންބޮޑުވުމެވެ. ދެވަނަ ކަމަކީ، ރާއްޖޭގެ އެންމެ މަދު ވަސީލަތް ކަމަށްވާ ބިން، ބޭރުގެ މަސްލަހަތުތަކަށް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަންނަން އޮތް ޖީލުތަކުގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކޭ ދެކުމެވެ.

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި، މިކަމުގައި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުތަކެއް ހުރި ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. މި އަހަރުގެ ތެރޭގައި ސަރުކާރަށް ކުރިމަތިވި އިންތިހާބީ ނާކާމިޔާބީތަކަށް އިޝާރާތްކޮށް އެ ހަރަކާތުން ބުނީ، އޭޕްރީލް މަހު ބޭއްވި ރިފަރެންޑަމްގައި 69 އިންސައްތަ ރައްޔިތުން ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ފަސް މޭޔަރުންގެ ގޮނޑި އިދިކޮޅުން ކާމިޔާބުކުރުމާއި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ ޕާޓީ ބަލިވުމަކީ ސަރުކާރުގެ ތާއީދު ކުޑަވެފައިވާ ކަމުގެ ހެއްކެއް ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، އީގަލް ހިލްސް އާއި އެ ކުންފުނީގެ ހިއްސާދާރުންނާއި އިންވެސްޓަރުންނަށް މި މަޝްރޫއާ ގުޅިގެން ކުރިމަތިވެދާނެ ސިޔާސީ، ގާނޫނީ އަދި މާލީ ނުރައްކާތަކަށް ސަމާލުވުމަށް މި ސިޓީގައި ވަނީ އިންޒާރު ދީފަ އެވެ. ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި، ސިޔާސީ ގޮތުން ބަލިކަށިވެފައިވާ ސަރުކާރަކާއެކު މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަކީ އީގަލް ހިލްސްއިން ރާއްޖޭގެ ހާލަތުގެ ނާޖާއިޒު ފައިދާ ނެގުން ކަމަށް ދިވެހި ރައްޔިތުން ދެކޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އޮތް ނުރުހުން އިތުރުވަމުންދާކަން ފާހަގަކުރަމުން، 2026 ނޮވެމްބަރު 13 ވާ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެ ހަރަކާތުން ބުނެ އެވެ. މި މުޒާހަރާއަކީ ރަސްމާލެ އެއްބަސްވުމާ ދެކޮޅަށް، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށާއި ރިފަރެންޑަމްއަކަށް ގޮވާލާ ބާއްވާ ހަރަކާތެކެވެ. ސިޓީ ނިންމާލަމުން ބުނެފައިވަނީ، ރާއްޖޭގެ ބިމާ މެދު ގޮތް ނިންމުމުގެ އެންމެ ފަހުގެ ބާރު އޮންނަންވާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

އީގަލް ހިލްސްއެމްޑީޕީރަސްމާލެމުޙައްމަދު އަލައްބާރު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން

13 ނޮވެމްބަރު 2026
މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!
12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
12 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު

12 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު
12 ނޮވެމްބަރު 2026

ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް

12 ނޮވެމްބަރު 2026
ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް
12 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން

12 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
12 ނޮވެމްބަރު 2026

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026
އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް