ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި
16 ނޮވެމްބަރު 2026 | ހޯމަ 18:30އެމްޕީއެލްގެ ޓީޖެޓީ ސަރަހައްދަށް ވަނުމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށް ބުނެ، އެތަނުގެ އިސް މުވައްޒަފަކު ފައިސަލް އާއި އާޒިމްގެ ޓީމަށް ހުރަސްއެޅުމުން އެކަމުގެ ކަންބޮޑުވުން އެ ފަރާތުން ވަނީ ފާޅުކޮށްފައި. ކެމެރާ ބޭނުންނުކުރުމަށް އެންގުމުން އެކަމަށް އަމަލުކުރި ނަމަވެސް، އެ މުވައްޒަފު ވަރަށް ބޮޑަށް ރުޅިއިސްކޮށް ހުރަސްއެޅި ކަމަށް އެ ޓީމުން މައުލޫމާތުދޭ


ފައިސަލް އަދި އާޒިމް ކެމްޕޭނަށް ހުރަސްއެޅި އެމްޕީއެލް މުވައްޒަފު | ސޯޝަލް މީޑިއާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާނުކުރައްވާފައިވާ ކެންޑިޑޭޓް ފައިސަލް ނަސީމް އާއި ރަނިންމޭޓް އާދަމް އާޒިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުގައި އޮންނަ ޓީޖެޓީ ސަރަހައްދަށް ހޯމަ ދުވަހު ވަޑައިގަތުމުން އެމްޕީއެލްގެ މުވައްޒަފަކު ހުރަސްއަޅައިފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ފައިސަލް އަދި އާޒިމްގެ ޓީމުން ބުނީ ހުރަސް އަޅާފައިވަނީ ޓީޖެޓީ ސަރަހައްދު ބެލެހެއްޓުމާ ހަވާލުވެ ހުރި އެޗްއޯޑީއެއް ކަމަށްވާ ޝާހިދު އަހުމަދު ނަމަކަށް ކިޔާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފައިސަލް އަދި އާޒިމްގެ ޓީމުން މައުލޫމާތު ދިން ގޮތުގައި ހުއްދަ ނުހޯދައި ޓީ ޖެޓީއަށް ވަނުމަކީ މަނާކަމެއް ކަމަށާއި، ހުއްދަ ހޯދުމަށް ސިޓީއެއް ފޮނުވައިގެން ނޫންގޮތަކަށް ނުވަދެވޭނެކަމަށް ޝާހިދު ބުނެފައިވެ އެވެ.
ފުރަތަމަ ބުނީ ކެމެރާ ނުވައްދާށޭ. އަޅުގަނޑުމެން ވަގުތުން ކެމެރާމަނުންނާއި ފޮޓޯ ގްރާފަރުން ގާތު ފޮޓޯ ވީޑިއޯ ނުނަގަން ބުނުމުން އެކުދިން އެއްފަރާތްވި. އޭގެ ފަހުން ވެސް ޝާޑު ވަރަށް ރުޅިއިސްކޮށް ހުއްދަ ނުހޯދައި ވަދެގެން ނުވާނެކަމަށް ބުނެ ފައިސަލް އާޒިމްގެ ޓީމަށް ހުރަސްއެޅީފައިސަލް ކެމްޕެއިން ޓީމްގެ އިސް ބޭފުޅެއް
ޝާހިދު އަހުމަދަކީ އެމްޕީއެލްގައި ވެސް މުވައްޒަފުންނާ ވަރަށް ބޮޑަށް މައްސަލަޖެހޭ މީހެއް ކަމަށް އެމްޕީއެލްގެ އިސްބޭފުޅަކު މައުލޫމާތު ދެެއްވި ކަމަށް ފައިސަލް އަދި އާޒިމް ޓީމުން ބުނެފައިވެ އެވެ.










