ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
11 ނޮވެމްބަރު 2026 | ބުދަ 14:53އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 12 ނޮވެމްބަރު 2026 ގެ ނިޔަލަށް އެ ޕާޓީން ވަނީ ހުޅުވާލާފައި. މި ފުރުސަތުގައި ބަލައިގަންނާނީ ހަމައެކަނި ކުރިން ހުށަހެޅި ޝަކުވާތަކާއި ރީ-ރަޖިސްޓްރޭޝަނާ ގުޅިގެން ގެނައި ބަދަލުތަކަށް ކަމަށްވާއިރު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ނޮވެމްބަރު 2026 ގައި


އެމްޑީޕީ ކޮންގްރެސް 2026 ގެ ތެރެއިން | އެމްޑީޕީ
ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކޮރިޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައިފި އެވެ.
ބުދަ ދުވަހު އެމްޑީޕީއިން ނެރުނު އިއުލާނެއްގައި ވަނީ އެތެރޭގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 12 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް ހުށަހެޅުމަށް އެދިފަ އެވެ.
ހަމައެއާއެކު، ކުރިން ހުށައަޅާފައިނުވާ އާ ޝަކުވާ މިފުރުސަތުގައި ބަލައިނުގަންނާނެ ކަމަށް ވެސް އެމްޑީޕީއިން ބުނެފައިވެ އެވެ.
2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބޭނީ 20 އޮކްޓޯބަރު 2026 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެ ތާރީޚުން ފެށިގެން ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިތިބި މެންބަރުންނަށެވެ.










