Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ސަރުކާރުން ކުއްލި ކުއްލިއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތައް ހިންގުމަށް ވެސް ވަނީ ދަތިވެފައި: ފައިސަލް

17 ނޮވެމްބަރު 2026 | އަންގާރަ 11:45

ސަރުކާރުން ކުއްލި ބަދަލުތައް ގެނައުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފި. ވަޒީފާގެ ބިރުދެއްކުމާއި ސިޔާސީ މަޖުބޫރުކުރުންތައް ހުއްޓާލުމަށް ގޮވާލައްވަމުން، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އިސްކަންދީ އިގްތިސާދީ ލުއިފަސޭހަކަން ހޯދައިދިނުމަށް އެމަނިކުފާނު ބާރުއެޅުއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 17 ނޮވެމްބަރު 2026 | އަންގާރަ 11:45
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުއްލި ކުއްލިއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތައް ހިންގުމަށް ވެސް ދަތިވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ފައިސަލް އަދި އާޒިމްގެ ޓީމުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރު ހިންގުމަށް ފަސޭހަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުންނާ ދޭތެރޭ ވިސްނައިގެން ކުރާ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، ދައުލަތުގެ ވަޒީފާގައި ތިބޭ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށް ފައިސަލް ވިދާޅުވި އެވެ. ވަކި ޕާޓީއަކަށް ވަންނަން މަޖުބޫރު ކުރުމަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މިއީ ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ. 

ހަމައެއާއެކު ފައިސަލް ވަނީ އެކި ފެންވަރުގެ މީހުންނަށް ދިރިއުޅެވޭނެ ގޮތަތައް ހޯދައިދިނުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ވިޔަފާރިތަކަށް ލުއިފަސޭހަކަން ގެނެވެން އެބަ ޖެހޭ، މިހާރު ހަމަ އެނގިވަޑައިގަންނަވާނެ ޓީޓީއެއް ފޮނުވަންވެއްޖެ ކަމުގައި ވަންޏާ ވަރަށް ބޮޑު އުނދަގޫތަކެއްގެ ތެރޭގައި އުޅެން މިޖެހެނީ އެތައް ދުވަސްތަކެއް، ހަފްތާތަކެއް، މަސްތަކެއް ދާ ކަމަށް ވިޔަފާރިވެރިން މި ވާހަކަ ދައްކަމުން މިދަނީ، މީގެ ސަބަބުން ގެންނަ ކުއްލި ކުއްލި ބަދަލުތަކުގެ ސަބަބުން ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތައް ހިންގުމަށް ވެސް މިވަނީ ދަތިވެފައި
ފައިސަލް ނަސީމް

މީގެ އިތުރުން، ފައިސަލް ވަނީ ކުރީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި މިސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ފެނާއި ނަރުދަމާގެ އިތުރުން އަސާސީ އެހެނިހެން ކަންކަން ހުއްޓިފައި ވުމުން މީގެ ކުރިން ދިވެހިރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުން ނެތް މިންވަރަށް މިއަދު އެބައޮތް ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް ނަސީމް

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

16 ނޮވެމްބަރު 2026
ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި
11 ނޮވެމްބަރު 2026

ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ޤާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ޤާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން: ފައިސަލް

11 ނޮވެމްބަރު 2026
ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ޤާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ޤާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން: ފައިސަލް
10 ނޮވެމްބަރު 2026

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރާ ކަމުގައި ވާނަމަ ލޯކަލް މާރުކޭޓުތަކުން ދިވެހީންނަށް ޖާގަދޭން ޖެހޭ: ފައިސަލް

10 ނޮވެމްބަރު 2026
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރާ ކަމުގައި ވާނަމަ ލޯކަލް މާރުކޭޓުތަކުން ދިވެހީންނަށް ޖާގަދޭން ޖެހޭ: ފައިސަލް
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެނގެނީ އެކަމުގެ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތްކަން: ފައިސަލް

09 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެނގެނީ އެކަމުގެ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތްކަން: ފައިސަލް
06 ނޮވެމްބަރު 2026

ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް

06 ނޮވެމްބަރު 2026
ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް
04 ނޮވެމްބަރު 2026

ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް

04 ނޮވެމްބަރު 2026
ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!
01 ނޮވެމްބަރު 2026

އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް

01 ނޮވެމްބަރު 2026
އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް
29 އޮކްޓޯބަރު 2026

އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް

29 އޮކްޓޯބަރު 2026
އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް
28 އޮކްޓޯބަރު 2026

ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް

28 އޮކްޓޯބަރު 2026
ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް