Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

20 ނޮވެމްބަރު 2026 | ހުކުރު 15:16

ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހަރުދަނާކޮށް، އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މުތުލަގަށް މަނާކުރުމަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފި. މި ބިލުގެ މަގްސަދަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަރާތްތަކާއި ކުށްވެރިން ރާއްޖެއަށް އެތެރެވުން ހުއްޓުވައި، އިމިގްރޭޝަންގެ ޚިދުމަތްތައް ގާނޫނީ އޮނިގަނޑެއްގެ ދަށުން ތަރުތީބުކުރުން. ބިލާ ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 27 ނޮވެމްބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ނޮވެމްބަރު 2026 | ހުކުރު 15:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ | މަޖިލިސް

އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ރާއްޖެ އަށް އެތެރެވުން މުތުލަގަށް މަނާކުރުން ހިމަނާފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ. 

މަޖިލީހުގެ އިދާރާ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އިން ދިރާސާ ކުރަމުންދާ އިމިގްރޭޝަން ބިލަށް އާންމުގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން 27 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ ކޮމިޓީގެ އީމެއިލް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފަ އެވެ. 

Advertisement - newsAdvertisement

ބިލު ހުށައެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ގާއިމުކޮށް އެ ޚިދުމަތް ހިންގުމާއިގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖެއަށް މީހުން އައުމާއި، މީހުން ފުރުމާއި ގުޅޭ ޚާއްސަ އަދި އާންމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖެ އިން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓު ދޫކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

މީގެ އިތުރުން ބިދޭސީން ހިރާއްޖެއަށް އައުމާއި ހުރުމުގެ ހުއްދަ ދިނުމާއިގުޅޭ އުސޫލުތަކާއި ރާއްޖެއަށް އައުމުގެ ނުވަތަ ހުރުމުގެ ހުއްދަނެތް ފަރާތްތަކާ މެދު އަމަލުކުރެވޭނެ އުސޫލުތައް ހިމެނޭގޮތުން އިމިގްރޭޝަނާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައަޅައި ބަޔާން ކުރުމަކީ ވެސް ބިލުގެ ބޭނުމެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. 

މި ބިލުގައި ވަނީ ރާއްޖެ އަށް އައުމުގެ ހުއްދަ ނުދެވޭ މީހުންގެ ތަފްސީލުތައް ހިމަނާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނާއި، އެއީ ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުންގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުގައި ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ ނުވަތަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހުން ހިމެނެ އެވެ. 

މީގެ އިތުރުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ ނުވަތަ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ނުވަތަ އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަނުން ލިސްޓުކޮށްފައިވާ މީހުންނާއި އެހެން ގައުމެއްގެ އަދުލު އިންސާފަށް ނުވަތަ ތަހުގީގަށް ފިލައިގެން އުޅޭ މީހުންނާއި ރާއްޖެ އަށް ނާދެވޭ ގޮތަށް ޑީޕޯޓްކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ. 

އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އަށް އައުމުގެ ހުއްދަ، މުތުލަގަށް ނުދެވޭ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވާއިރު މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް، ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ދެން ރާއްޖެ އައުން މަނާވާނެ އެވެ. 

މި ބިލުގައި ވަނީ އިމިގްރޭޝަން އޮފީސް ތަރައްގީ ކުރުމާއި، މުވައްޒަފުން ތަމްރީން ކުރުމުގެ ކަންކަމުގެ އިތުރުން ޚިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި އިމިގްރޭޝަންގެ އުސޫލުތަކާއި އިޖުރާއަތުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުން ވެސް ހިމަނާފަ އެވެ.

އިމިގްރޭޝަންރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

18 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި

18 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި
18 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި

18 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ބަލައިގަނެފި
17 ނޮވެމްބަރު 2026

މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު

17 ނޮވެމްބަރު 2026
މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު
16 ނޮވެމްބަރު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

16 ނޮވެމްބަރު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް