Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މި ގައުމުގައި ފައްޅި އަޅަން ރައްޔިތުން މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ، މުޅި ދައުލަތް ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ: ޣަފޫރު

17 ނޮވެމްބަރު 2026 | އަންގާރަ 11:48

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގައި، ސަރުކާރުން ރައްޔިތުންނަށް ބިރުދައްކައި ކޮރަޕްޝަން ހިންގާކަމަށް ތުހުމަތުކުރައްވައި މެންބަރު ޣަފޫރު ވަނީ ފާޑުވިދާޅުވެފައި. ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރަން މަޖުބޫރުކޮށް ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައްވައި، ގައުމުގެ ހަމަޖެހުމަށްޓަކައި ސަރުކާރުގެ ނުފޫޒާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 ނޮވެމްބަރު 2026 | އަންގާރަ 11:48
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގައި ފައްޅި އަޅަން ދިވެހި ރައްޔިތުން މި ސަރުކާރަށް ފުރުސަތު ނުދޭނެ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މުޅި ދައުލަތް ނޮޅައި، ކައި، ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވާފައިވާ، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވިދާޅުވީ، އެކި ނަންނަމުގައި ބިލުތައް ގެނަސްގެން ރައްޔިތުންނަށް ބިރެއް ނުދެއްކޭނެ ކަމަށެވެ. 

Advertisement - newsAdvertisement

މި ގައުމުގެ ރައްޔިތުންނަކީ އެކަކު އަނެކަކަށް އިހުތިރާމް ކޮށްގެން، އެ އިހުތިރާމް ދީގެން އުޅޭ ބައެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އަޚުވަންތަ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ވައްކަންކޮށް ކޮރަޕްޝަން ހިނގައި، ހައްދުފަހަނަ އެޅީމަ ވެސް ދިވެހި ރައްޔިތުން އެ ވާހަކަ ނުދައްކާ ނުތިބޭނެ ކަމަށެވެ. މި ގައުމަކީ ވަކި މީހެއްގެ ގައުމެއް ނޫން ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ގައުމެއް ކަމަށް ޣަފޫރު ވިދާޅުވި އެވެ. މި ގައުމުގައި ހުރީ ވެސް ރައްޔިތުންގެ ފައިސާ ކަމަށާއި، ސަރުކާރަށް ރައްޔިތުންގެ ފައިސާ ހަވާލު ކުރަނީ އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު އެ ފައިސާ ބަލަހައްޓައި، ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ކަންކަން ކޮށްދޭން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ވަކި ކުލައަކަށް ވީތީ، ވަކި ޕާޓީއަކަށް ވީތީ ވަޒީފާ އިން ވަކިކުރެވޭނެ ގާނޫނެއް މި ގައުމުގައި ނޯންނާނެކަން ފާހަގަ ކުރައްވާ މެންބަރު ޣަފޫރު ވިދާޅުވީ ވަކި ޕާޓީއަކަށް މީހުން ވައްދަން މަޖުބޫރު ކުރާ ގާނޫނެއް ވެސް މި ގައުމުގައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ އަމަލުތައް ހުރީ އެކަންކަމާ ދިމާ އިދިކޮޅަށް ކަމަށް މެންބަރު ވިދާޅުވި އެވެ. 

ކުރުކޮށް ބުނަންޏާ މިގައުމުގައި 4 ލައްކަ ރައްޔިތުން ހެދި ވަރަށް ވުރެ ގިނައިން ދޮގު، މި ސަރުކާރުން ހަދައިފި. ދިވެހި ރައްޔިތުން މި ގައުމުގައި ފައްޅި އަޅާކަށް މި ސަރުކާރަކަށް ފުރުސަތެއް ނުދޭނެ. އެއީ ރައްޔިތުން ކުރާނެ ކަމެއް ނޫން. ބަސް ބުނަން ޖެހޭ ތަނުގައި ބަސް ބުނާނެ. ޖަލުތައް ފުރާލަންޏާ ޖަލުތައް ފުރާލަންވީ. ރައްޔިތުން ތިބީކީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. މުޅި ދައުލަތް، ނޮޅައި ކައި ވީދާ ހުސްކުރާއިރު ރައްޔިތުން އަނގައިން ނުބުނެ ތިބުމަކީ ދީނީ ގޮތުން ވެސް ފަރުދީ ގޮތުން ވެސް ގައުމީ ގޮތުން ވެސް އެމީހުން ކޮށްގެން ވާނެ ކަމެއް ނޫން
އަބްދުލްޣަފޫރު މޫސާ 

ޣަފޫރު ވިދާޅުވީ ކުރަންވީ ކަމަކީ މި ހުރިހާ ކަމަކާ ދެކޮޅަށް ބާރަށް އަޑު އުފުލުން ކަމަށެވެ. އަދި އެ ވާހަކަ ބާރަށް ގޮވަައި މަގުމައްޗަށް ވެސް ނުކުންނަންވީ ކަމަށް މެންބަރު ވިދާޅުވި އެވެ. އެއަށް ފަހު މި ސަރުކާރު ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ އެ ނޫން ގޮތަކަށް މިގައުމުގެ ރައްޔިތުންނަކަށް އަމާން ކަމެއް ނެތް ކަމަށެވެ. 

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުރައްޔިތުންގެ މަޖިލިސްއަބްދުލްޣަފޫރު މޫސާ

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

16 ނޮވެމްބަރު 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026
މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ
09 ނޮވެމްބަރު 2026

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ޖުމްލަ ލިބުނީ 182 ބިލިއަން ރުފިޔާގެ ބަޖެޓެއް، މިސަރުކާރުގެ މިހާތަނަށް ޖުމްލަ 230 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބިފައިވޭ: މެންބަރު ޣަފޫރު

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި
04 ނޮވެމްބަރު 2026

މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

04 ނޮވެމްބަރު 2026
މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް