Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

16 ނޮވެމްބަރު 2026 | ހޯމަ 08:59

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި ތިބި މައްސަލައިގައި، އެކަމުގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ އިދާރާތައް މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ހުށަހަޅާފައި. ގާނޫނުތައް ބަޔާންކުރާ ގޮތުން މިފަދަ ކުށްވެރިންނަށް ޕެރޯލް ނުވަތަ ކަފާލާތުގެ ފުރުސަތު ނުލިބޭއިރު، އެ މީހުން ގޭބަންދަށް ދޫކުރި އުސޫލާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ނޮވެމްބަރު 2026 | ހޯމަ 08:59
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކުށްވެރިން ގޭބަންދަށް ދޫކޮށްފައިވާ މައްސަލައިގައި ކަމާގުޅޭ އިދާރާތަކާ މިނިސްޓްރީތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު ފޮނުއްވި ސިޓީގައި ބުނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިއުކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ 20 މީހަކު ގޭބަންދުގައި މިވަގުތު ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމުން މިކަމުގެ ތަފްސީލް މައުލޫމާތު މަޖިލީހުން ހޯދައި، އެޅެން ހުރި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

ސިޓީގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 50 ވަނަ މާއްދާގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއް ވެސް ނުހިނގާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 132 ވަނަ މާއްދާގެ (ށ) ގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ. 

މި ގާނޫނުތަކުގެ މަގްސަދަކީ މިފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައި، ކުޑަކުދިން މިފަދަ ކުށްވެރިންގެ ކިބައިން ރައްކާތެރި ކުރުން ކަން ފާހަގަކޮށް ސިޓީގައި ބުނީ މިފަދަ މީހުން ހުކުމުގެ މުއްދަތުގައި ޖަލުން ގޭބަންދަށް ބަދަލުކުރެވިފައި ވަނީ ކޮން ގޮތަކަށްތޯ ސާފުކުރުމަށް ބޭނުންވާ ކަމަށެވެ. 

ސާފުކުރަން ބޭނުންވާ ކަންކަން މެންބަރުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގޭބަންދުގައި ތިބި މީހުން ބަދަލު ކޮށްފައި ވަނީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން، ކާކުގެ ނިންމުމަކުން ތޯ މެންބަރު ސުވާލު ކުރައްވާފައިވެ އެވެ. އަދި ގޭބަންދުގައި ތިބުމަށް އެ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިތޯ އާއި، އެ ޝަރުތުތަކަކށް އަމަލުކުރޭ ތޯ ބަލަހައްޓަމުން ދަނީ ކޮން ފަރާތަކުންތޯ ސާފުކުރުމާއި، މި މީހުން ތިބި ގޭގެ އާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރި ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. 

އޭގެ އިތުރުން އެ މީހުން ގޭބަންދަށް ބަދަލުކުރެވިފައިވާ ރަށްރަށުގެ ކައުންސިލާއި އެކަމާ ގުޅުން ހުރި ބެލެނިވެރިންނަށް މިކަން އަންގާފައިވޭތޯ އާއި އެ މީހުންގެ ފައިގައި ޓެގް އަޅައިގެން އެ މީހުން ހުރި ތަން ބަލަހައްޓާ ނިޒާމެއް އޮވޭތޯ ބެލުމާއި، ނުވަތަ އެކަމަށް މިނިސްޓްރީ އިން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ސާފުކުރުމުގެ އިތުރުން މި މީހުން އަނބުރާ ޖަލަށް ގެންދިއުމަށް މިނިސްޓްރީ އިން ކުރާނެ ކަންކަމަކީ ކޮބައިތޯ ސާފުކުރުމަށް ވެސް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

މެންބަރު ވިދާޅުވީ މި މައްސަލައަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިގެފައިވާ ނާޒުކު ކަމަކަށް ވާތީ މިކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ. އެހެންކަމުން އެކަމުގެ ގާނޫނީ ޒިންމާ އޮތް ފަރާތްތައް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީ އަށް ހާޒިރުކުރުމަށް އެދި، މިހާރު ގޭބަންދުގައި ތިބި މީހުންގެ ތަފްސީލް ވެސް މެންބަރު ވަނީ އެ ސިޓީ އާއެކު ހުށަހަޅުއްވާފަ އެވެ. 

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންކުޑަކުދިންނަށް ޖިންސީ ގޯނާކުރުންރައްޔިތުންގެ މަޖިލިސްމުޙައްމަދު އިބްރާހީމް (ކުޑޫ)

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

16 ނޮވެމްބަރު 2026
2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026

ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް

16 ނޮވެމްބަރު 2026
ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026
މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި
04 ނޮވެމްބަރު 2026

މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

04 ނޮވެމްބަރު 2026
މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް

04 ނޮވެމްބަރު 2026
ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް