Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

2 ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ހުއްޓާލައި، ރަސްމާލެ ހިއްކަން ފެށުމަކީ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

18 ނޮވެމްބަރު 2026 | ބުދަ 08:16

ކުރީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓާއި ދައުލަތުގެ ޑޮލަރު އާމްދަނީ ރަސްމާލެ ހިއްކުމަށް ހޭދަކުރުމުގެ ސަބަބުން، އިގުތިސާދީ ދަތިތަކާ ކުރިމަތިވެ އާސަންދަ ފަދަ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށް ކަމާގުޅޭ ޖަމިއްޔާތަކުން ބުނެފި. އަދި ރަސްމާލޭގެ ބިމުން ބައެއް ބޭރުގެ ފަރާތްތަކަށް ދޫކޮށް، އެތަނުގައި ބޭރު މީހުން ވަޒަންވެރިކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް ތެދުވުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ނޮވެމްބަރު 2026 | ބުދަ 08:16
ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން

ރައީސް މުއިއްޒު ރަސްމާލެ ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުން | ރައީސް އޮފީސް

ކުރީ ސަރުކާރުން 2 ލައްކައަށް ވުރެގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫތައް ހުއްޓާލުމަށްފަހު 65 ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ ރަސްމާލެ އިން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްކަމުންދާ ބިމަކީ ރާއްޖޭގެ ރައްޔިތުންނަށް ގިލަންވެރިކަން ޖެއްސި ކަމެއް ކަމަށް ބޯހިޔާވަހިކަމާއި ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނެފި އެވެ.

ބުދަ ދުވަހު އެ ޖަމިއްޔާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫނިއަންތަކުގެ ސްޕޯކްސްޕަރސަން ސޮބާހު ރަޝީދު ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝަރޫއެއް ހުޓާލުމަށްފަހު، އެ މަޝްރޫއުތަކަށް ބަޖެޓުކޮށްފައި ހުރި ފައިސާ ރަސްމާލޭގެ ބިންހިއްކުމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކަށް ބޭނުންވާ ބިން ހިއްކުމަށް ހަވާލުކޮށްފައިވާ ޑްރެޖިންގް ކުންފުނިތަކުގެ މަސައްކަތް ވެސް ހުއްޓުވާލުމަށްފަހު، ހަމަ އެ ކުންފުނިތަށް މެދުވެރިކޮށް ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގެ ބިން ހިއްކަން ފެށީ ކަމަށެވެ. 

Advertisement - newsAdvertisement
ކުރީ ސަރުކާރުން 2 ލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ މަޝްރޫތައް ހުއްޓާލުމަށްފަހު، 65 ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ، ރަސްމާލެއިން ރައީސް މުއިއްޒު ހިއްކަމުންދާ ބިމަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ގިލަންވެރިކަން ޖެއްސި ކަމެއް. ގިލަންވެރިކަމަކަށް މި މަޝްރޫއު ވެފައިވަނީ، މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ބިންހިއްކުމަށް ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ހުރިހާ ޑޮލަރެއް ހަރަދުކޮށްފައިވާތީ. މިކަމަކީ، ޑޮލަރުން ހަރަދުކޮށްގެން ރައްޔިތުންނަށް ދެމުންދިޔަ ހިދުމަތްތައް ހުއްޓާލަން ސަރުކާރަށް މަޖުބޫރުވި ސަބަބު
ސޮބާހު ރަޝީދު

ސޮބާހު ވިދާޅުވީ މިހާތަނަށް ސަރުކާރުތަކުން މިފަދަ ބޮޑެތި މަޝްރޫތައް ހިންގާފައި ވަނީ ބޭރުގެ މާލީ އިދާރާތަކުން އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެން ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުން މަޝްރޫއުތަށް ހިންގުމަށް ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ވިދާޅުވި ނަމަވެސް، ރައީސް މުއިއްޒު އަށް އެހެން ސަރުކާރުތަކުން މިފަދަ މަޝްރޫއު ހިންގުމަށް ފައިސާ ހޯދި ފަދައިން ފައިސާ ހޯދިފައިނުވާކަން މިކަން ކުރި ގޮތުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މަޝްރޫގެ ސަބަބުން ޑޮލަރުގެ އަގު އުފުލުމާ ގުޅިގެން ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ދަރިވަރުންނާއި ވިޔަފާރިވެރިންނާއި ޖުމްލަކޮށް އެންމެހާ ރައްޔިތުންނަށް، މިހާރު ވެސް ދެރަ ނިކަމެތިކަން ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ ސޮބާހު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރައްޔިތުން ދަރަނިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރައްޔިތުން ދަރަނިވެރިވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް ދިއުން. ޑޮލަރުގެ އަގު އުފުލި ކާބޯތަކެތީގެ އަގުބޮޑުވެ ބޭސްފަރުވާ ކުރުމަށް ދަތިވެ، އަދި އާސަންދައިގެ ހިދުމަތް ދެމުންދިޔަ ބޭރުގެ ހޮސްޕިޓަލްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދެއްކި އެ ހޮސްޕިޓަލްތަކުން ދިވެހި ރައްޔިތުންނަށް ދެމުންދިޔަ ހިދުމަތްތައް މެދުކަނޑާލަން ޖެހުނު ސަބަބަކަށް ވެސް މިކަން ވެގެންގޮސްފައިވޭ
ސޮބާހު ރަޝީދު

ރައްޔިތުންނަށް މިފަދަ ދަތިހާލަތެއް މެދުވެރިކުވުމަށްފަހު، އެތައް ހާސް ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ތިއްބައި ރަސްމާލޭގެ ބިމުން ބޮޑު ބައެއް ބޭރުމީހުން ވަޒަންވެރި ކުރުވުމަށް ޔޫއޭއީގެ ޕްރައިވެޓް ވިޔާފާރިވެރިއަކަށް ހިލޭ ދޫކޮށްލަން މި ސަރުކާރުން ނިންމާފައިވާ ކަމަށް ސޮބާހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަސްމާލޭގެ ބިމަކީ މި ސަރުކާރުން އިއުލާނުކުރި ހައުސިން މަޝްރޫއަށް 58 ހާހާށްވުރެ ގިނަ އާއިލާއިން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ބިމެއް ކަމަށެވެ. 

ސޮބާހު ވިދާޅުވީ ބޭރު މީހުން ރަސްމާލޭގައި ވަޒަންވެރި ނުކުރުމަށް ސަރުކާރަށް އެ ޖަމިއްޔާތަކުން ގޮވާލާ ކަމަށެވެ. އަދި ރަސްމާލޭގައި ބޭރުމީހުން ވަޒަންވެރި ކުރުމަށް މަގުފަހި ކުރުވާ އެއްވެސް ގާނޫނެއް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ގޮވާލާ ކަމަށެވެ. 

ދިވެހި ރައްޔިތުން ބޯހިޔާވަހިކަމަށް ނުހަނު ބޭނުންވެފައިވަނިކޮށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ދިނުމަށް ހިއްކާފައި އޮތް ހަމައެކަނި ބިން ކަމަށްވާ ރަސްމާލޭގެ ބިމުގައި ބޭރު މީހުން ވަޒަންވެރިކުރުމަށް މި ސަރުކާރުން ނިންމައިފި ނަމަ ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ގައުމީ ހަރަކާތާއި އަދި ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެ ޖަމިއްޔާތަކުން ނިންމާފައިވާ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ.

އެހެންކަމުން ރަސްމާލޭގެ ބިމުގައި ބޭރު މީހުން ވަޒަންވެރި ކުރުމާ ދެކޮޅަށް އެންމެހާ ރައްޔިތުން ތެދުވުމަށް ވެސް އެ ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ. 

ޑރ. މުހައްމަދު މުއިއްޒުސޮބާހު ރަޝީދުބޯހިޔާވަހިކަންރަސްމާލެ

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

5

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"

18 ނޮވެމްބަރު 2026
"ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް ރައްޔިތުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއް ބޯއަޅައިގެން"
18 ނޮވެމްބަރު 2026

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި

18 ނޮވެމްބަރު 2026
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި
18 ނޮވެމްބަރު 2026

މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް

18 ނޮވެމްބަރު 2026
މިއަހަރު މަޝްރޫއުތައް މަޑުޖެހިފައި ހުރިކަމަށް ޤަބޫލުކުރަން، އެކަމަކު އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ އަހަރު: ރައީސް
18 ނޮވެމްބަރު 2026

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު

18 ނޮވެމްބަރު 2026
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު
17 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު

17 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ "ދޮގު ޗާޓް" – ބޭކާރުވި 3 އަހަރު
17 ނޮވެމްބަރު 2026

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް އަނެއްކާވެސް "ރައީސަށް އާދޭސް ދަންނަވާ" ޕޯޓަލްއެއް!

17 ނޮވެމްބަރު 2026
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް އަނެއްކާވެސް "ރައީސަށް އާދޭސް ދަންނަވާ" ޕޯޓަލްއެއް!
16 ނޮވެމްބަރު 2026

ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި

16 ނޮވެމްބަރު 2026
ކޮންމެ ވުޒާރާއަކުން ފަންނީ ދާއިރާތަކުގެ ޚާއްސަ ކޮމިޓީތަކެއް އެކުލަވާލައްވަން ރައީސް މުއިއްޒު ނިންމަވައިފި
16 ނޮވެމްބަރު 2026

އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް

16 ނޮވެމްބަރު 2026
އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026

ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ

16 ނޮވެމްބަރު 2026
ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ
16 ނޮވެމްބަރު 2026

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026
މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް