ރައްޔިތުކަމާއި ވިޔަފާރިތައް ވިއްކުމަކީ އިންވެސްޓްމަންޓެއް ނޫން: ބޮންޑާ
16 ނޮވެމްބަރު 2026 | ހޯމަ 10:37ރެސިޑެންސީ ޕްރޮގްރާމްގެ ދަށުން ބޭރު މީހުންނަށް ރައްޔިތުކަން ދިނުމަކީ ދިވެހިންގެ ކުދި ވިޔަފާރިތަކާއި ލޯކަލް ޓޫރިޒަމް އިނދަޖެހި، އިގްތިސާދީ ފުރުސަތުތައް ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދާނެ ކަމެއް ކަމަށް ކުރީގެ މެންބަރު ބޮންޑާ ވިދާޅުވި. އޭނާ ވިދާޅުވީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހިންގެ ވަސީލަތްތަކުގެ ކޮންޓްރޯލް ގެއްލި، އަމިއްލަ ވަޒަނުގައި ދިވެހިން ބާކީވެދާނެ ކަމަށް


"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށް ގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމްގެ ނަމުގައި ރަށްވެހިކަމާއި ރައްޔިތުކަން ވިއްކައިގެން ދިވެހިންގެ ވިޔަފާރިތަކާއި އިގްތިސާދު ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަކީ އިންވެސްޓްމަންޓެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށް ގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ރަސްމާލެ މަޝްރޫއުން އެއްވެސް ފައިދާއެއް ލިބެން ނެތް ކަމަށާއި، އެ ވިއްކާލަނީ ދިވެހި ރައްޔިތުންނާއި ރާއްޖޭގެ މައި ވިޔަފާރިތައް ކަމަށެވެ. މާލޭ ސަރަހައްދުގައި މާލޭގެ ތިންގުނަ ބޮޑު ސިޓީއެއް ހަދައި، އެތަނުގައި ޑައިވިން ސްކޫލްތަކާއި ވޯޓަރ ސްޕޯޓްސްތައް ބޭރު މީހުން ހިންގަން ފެށުމުން މާފުއްޓާއި ގުޅީގެ ލޯކަލް ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރައި އެ ވިޔަފާރިތައް ހަލާކުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި މިސާލަކަށް އެބަ ބުނޭ ރެސިޑެންސީ ޕްރޮގްރާމް ތެރޭގައި ރައްޔިތުކަން ލިބުނީމަ އެ މީހުން އެތާކު ތިބޭނީކީ ނޫނޭ. ރެސިޑެންސީ ތެރެއިން އެ މީހުންނަށް ދިވެހި ރައްޔިތުކަން ލިބުނީމަ، އެ މީހުން އެހެން ރައްޔިތުން އުޅޭހެން ވެސް ނުކުމެ މަހަށް ވެސް ދާނެ. ދޯނި ހަދައިގެން ކަންނެލި އޮޑި ވެސް ހަދާނެ. އެ މީހުން ދާނެ ބިގް ގޭމް ފިޝިން ވެސް ވިއްކާނެ، ސަފާރީ ބޯޓުތައް ވެސް ހަދާނެ. ދުވަސްކޮޅަކުން ފަންވިޔަން ވެސް ތިބޭނީ ޔަހޫދީންއިބްރާހީމް ރަޝީދު (ބޮންޑާ)
މީގެ އިތުރުން ހއ. އަތޮޅުން ވެސް 3،000 ހެކްޓަރުގެ ސަރަހައްދެއް ދޫކޮށްލަން މިސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައި ބޮންޑާ ވިދާޅުވީ، ރެސިޑެންސީ ގަނެގެން އަންނަ ބަޔަކު އެ ރަށެއްގެ ކޮއްޓެއްގެ ތެރޭގައި އެކަނި ތިބޭނީކީ ނޫން ކަމަށާއި މުޅި ރާއްޖެއަށް ފެތުރިގަންނާނެ ކަމަށެވެ. އަދި އިހަވަންދޫ ފަދަ މަސްވެރި ރަށްރަށުގެ ވަސީލަތްތައް ބޭނުންކޮށްގެން ރިހާކުރު ކައްކައި، އަގުބޮޑު ބޮޑު ކަންނެލި އެކްސްޕޯޓްކުރުމުގެ ވިޔަފާރި ވެސް ކުރާނީ އެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލު އިންވެސްޓްމަންޓަކީ މާލީ ނިޒާމަށް ބޭނުންވާ ފައިސާ ހޯދުމާއި، ފެކްޓްރީތަކާއި އުފެއްދުންތެރި ސިނާއަތްތައް ގާއިމުކުރުން ކަމަށް ބޮންޑާ ވިދާޅުވި އެވެ. ނަމަވެސް މިހާރު މި ހިނގަނީ އިގްތިސާދާއި ދިވެހިންނަށް ލިބޭ އާމްދަނީ ވިއްކާލުން ކަމަށާއި، ކޮންމެވެސް ތަނަކުން އެއް ބިލިއަން ޑޮލަރު ގެއްލި އަދި 40 ޕަސެންޓް ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިންގެ ވިޔަފާރިތައް އަތުލުމުގެ ފުރުސަތު ފަހިކޮށްދީ ބޭރު މީހުން ވަޒަންވެރިކުރުމަކީ ދިވެހިންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ، ބޮންޑާ ވަނީ މިކަމާ މެދު ސީރިއަސްކޮށް ވިސްނުމަށް ގޮވާލައްވާފަ އެވެ.











