Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް ހުކުރު ޚުތުބާ

ކުޑަކުދިންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކުން: ޚުތުބާ

4 ސެޕްޓެމްބަރު 2026 | ހުކުރު 08:14

ދަރިންނަކީ މާތްﷲ ހަވާލުކުރައްވާފައިވާ އަމާނާތަކަށް ވާއިރު، އެކުދިންނަށް ހެޔޮ ތަރުބިއްޔަތުދީ އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުކުރުމަކީ މައިންބަފައިންގެ ދީނީ އަދި އިޖުތިމާއީ ވާޖިބެއްކަމަށް ހުކުރު ޚުތުބާގައި ބުނެފި. މައިންބަފައިންނަކީ ދަރިންގެ ފުރަތަމަ މުދައްރިސުން ކަމަށްވާތީ، އަމަލީ ގޮތުން ރަނގަޅު ނަމޫނާ ދައްކައި، ނަމާދަށް އަހުލުވެރިކުރުވުމާއެކު ހުރިހާ ދަރިންގެ މެދުގައި ހަމަހަމަކަމާއި އޯގާތެރިކަން އިސްކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 4 ސެޕްޓެމްބަރު 2026 | ހުކުރު 08:14
ޚުތުބާ އިއްވަނީ

ޚުތުބާ އިއްވަނީ | އިސްލާމިކް މިނިސްޓްރީ

ކުޑަކުދިންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައަކުން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ. 

''ކުޑަކުދިންގެ ހައްގުތަށް'' މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ،، ދަރިންނަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެ އަމާނާތަށް ރައްކާތެރިވުމަކީ ކޮންމެ މައިންބަފައިގެ މައްޗަށް އޮތް ދީނީ އަދި އިޖުތިމާއީ ވާޖިބެއް ކަމަށެވެ.

މިއަދުގެ ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަރިންނަށް ހެޔޮ ތަރުބިއްޔަތު ދިނުމަކީ ހަމައެކަނި އެކުދިންނަށް ކާންބޯންދީ އަންނައުނު ހޯދައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިންގެ ހިތްތަކުގައި އީމާންކަން ވަރުގަދަކޮށް، އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ޚުތުބާގައި ފާހަގަކުރި އެވެ. މިގޮތުން ކީރިތި ގުރުއާނުގެ ލުގުމާން ސޫރަތުގެ 33 ވަނަ އާޔަތާއި، ތަހުރީމް ސޫރަތުގެ 6 ވަނަ އާޔަތަށް ރިއާޔަތްކޮށް، ނަރަކައިގެ އަޒާބުން އަމިއްލަ ނަފްސާއި އަހުލުވެރިން ސަލާމަތްކުރުމަށް މާތްﷲ އަމުރުކުރައްވާފައިވާކަން ހަނދާންކޮށްދީފައިވެ އެވެ.

ދަރިންނަށް ނަމޫނާ ދެއްކުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މައިންބަފައިންނަކީ ދަރިންގެ ފުރަތަމަ މުދައްރިސުން ކަމަށެވެ. އެހެންކަމުން މައިންބަފައިންގެ އަމަލުތައް ހުންނަ ގޮތަކީ ދަރިންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާނެ ކަމެއްކަމާއި ދަރިންނަށް ހެޔޮ ނަސޭހަތް ދިނުމުގެ އިތުރުން އަމަލީ ގޮތުން ރަނގަޅު ނަމޫނާ ދެއްކުމަށް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން، ދަރިންގެ މެދުގައި އަދުލުވެރިވުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމެއްކަން ފާހަގަކޮށް، އެއްވެސް ކުއްޖަކު ބާކީނުކޮށް ހަމަހަމަކަމާއެކު ލޯތްބާއި އަޅާލުން ދިނުމަށް އިރުޝާދު ދީފައިވެ އެވެ.

ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދަރިންނަށް ނަމާދު ކުރުމަށް އަމުރުކުރުމާއި، ދީނީ ކަންކަމަށް ލޯބިޖެއްސުމަކީ ކުޑައިރުން ފެށިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިގޮތުން ކުދިންގެ އުމުރުން ހަތް އަހަރުން ފެށިގެން ނަމާދުކުރުމަށް ބާރުއެޅުމަށް ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ އިރުޝާދުތައް ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ދަރިންނަށްޓަކައި ހެޔޮ ދުއާކުރުމަކީ މައިންބަފައިންގެ ފަރާތުން އެކުދިންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާކަން ފާހަގަކޮށް، އަލްފުރުގާން ސޫރަތުގެ 74 ވަނަ އާޔަތުގައިވާ ފަދައިން ލޮލުގެ ފިނިކަމެއްގެ ގޮތުގައި ދަރިން ލެއްވުމަށް އެދި ދުއާކުރުމަށް ބާރުއަޅާފައިވެ އެވެ.

ތިޔަބައިމީހުންގެ ދަރީންނަށް ހަތް އަހަރުވުމުން، ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން އެ ކުދީން ނަމާދުނުކުރާ ނަމަ، އަނިޔާ ނުވާ ގޮތަށް އެ ކުދީންގެ ގައިގައި ޖަހައި އަދަބުދޭށެވެ!
ހުކުރު ޚުތުބާ 

މީގެ އިތުރުން، ޚުތުބާގައި ވަނީ މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުން ބިނާވެފައިވަނީ ދަރިން ތަރުބިއްޔަތުކުރާ ގޮތުގެ މައްޗަށް ކަމަށްވާތީ، އެކަމުގައި ފަރުވާކުޑަނުކުރުމަށް ހުރިހާ މައިންބަފައިންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަރިންނަށް އަނިޔާވެރިނުވުމަށާއި އެކުދިންނަށް އޯގާތެރިވުމަކީ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއްކަން ބަޔާންކޮށް، ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން ގިޔާމަތް ދުވަހުން ސުވާލުވެވޭނެ މީހެއްކަން ހަނދާންކޮށްދީފައިވެ އެވެ.

އެހެންކަމުން، ދަރިންނަށް ހެޔޮގޮތުގައި ތަރުބިއްޔަތު ދިނުމަށް މައިންބަފައިންނަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.  

ކުޑަކުދިންގެ ޙައްޤުތައްހުކުރު ޚުތުބާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!

28 އޯގަސްޓު 2026
މުޖުތަމައު އިސްލާހު ކުރަން ގޮވާލައި ޚުތުބާގައި ހަނދާންކޮށްދިނީ ހިޔާގައި ތިބި ކުދިންނާއި ލޭއަޅާ ކުދިންނަށް އެހީތެރިވެދިނުމުގެ މުހިއްމުކަން!
21 އޯގަސްޓު 2026

އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ

21 އޯގަސްޓު 2026
އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް މާތް ނަބިއްޔާ ދެކެ ލޯބިވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ޚުތުބާ
14 އޯގަސްޓު 2026

ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ

14 އޯގަސްޓު 2026
ގުރްއާނާއި ރަސޫލާގެ ސުންނަތުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބެއް ނުލިބޭނެ: ޚުތުބާ
07 އޯގަސްޓު 2026

ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ

07 އޯގަސްޓު 2026
ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެ، ދެބަސްވުންތަކުން ވެސް ހަރުކަށިކަން ދޫކޮށްލަން ޖެހޭ: ޚުތުބާ
31 ޖުލައި 2026

ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ

31 ޖުލައި 2026
ގިޔާމަތް ދުވަހާއި މަޙުޝަރު މައިދާނުގެ ބިރުވެރިކަމުން ސަލާމަތްވުމަށް، މިއަދުން މިއަދަށް ތައްޔާރުވެ، މާތްﷲގެ ޙަޟުރަތަށް ރުޖޫއަވާން ޖެހޭ: ޚުތުބާ
24 ޖުލައި 2026

ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ

24 ޖުލައި 2026
ވަޒީފާތަކާއި ޒިންމާތަކުގައި އިހުމާލުވާ މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ: ޚުތުބާ
17 ޖުލައި 2026

ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ

17 ޖުލައި 2026
ނަތީޖާ ދަށްވުމާއި ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުން މެދުވެރިވާ ކަންކަން ކަމަށް ނުބަލައި، ވަހުމްތަކުން ދުރުވޭ: ޚުތުބާ
10 ޖުލައި 2026

ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ

10 ޖުލައި 2026
ހުރިހާ ނުބައި ކަމެއް ވަނީ ކީރިތި ޤުރުއާން ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި: ޚުތުބާ
03 ޖުލައި 2026

ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ

03 ޖުލައި 2026
ކޮރަޕްޝަން މުޅި މުޖުތަމައުގައި ވަނީ ފެތުރިފައި، އެކަމުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީ އަށް ހުރަސްއެޅޭ: ޚުތުބާ
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް