Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވޯލްޑްކަޕް

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

5 ޖުލައި 2026 | އާދީއްތަ 10:13

މި ގަޑިތައް އަނބުރާ ދޭން ނިންމީ އަގުބޮޑު ހަދިޔާ ބަލައިގަތުމަކީ ފީފާގެ ކޯޑް އޮފް އެތިކްސްއާ ޚިލާފު ކަމަކަށް ވާތީ، ޓީމުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހުގައި. މެކްސިކޯ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުގައި މިއީ އެ ގައުމުގެ ކުޅުންތެރިން ގަވާއިދުތަކަށް އިހުތިރާމްކުރުމުގެ ގޮތުން ނިންމި ނިންމުމެއް.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 10:13
ސްޓީވަން ޑިލިއޮނާޑިސް (ކ)، މެކްސިކޯގެ ކުޅުންތެރިންނާ ބައްދަލުކޮށް ގަޑިތައް ދިނީ ހޯމަ ދުވަހު

ސްޓީވަން ޑިލިއޮނާޑިސް (ކ)، މެކްސިކޯގެ ކުޅުންތެރިންނާ ބައްދަލުކޮށް ގަޑިތައް ދިނީ ހޯމަ ދުވަހު | ގެޓީ އިމޭޖަސް

ޔޫޓިއުބް ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ "ސްޓީވްވިލްޑޫއިޓް" މެކްސިކޯގެ ގައުމީ ފުޓްބޯޅަ ޓީމަށް ހަދިޔާކުރި އަގުބޮޑު އަތުކުރީ ގަޑިތައް އަނބުރާ ރައްދުކުރަން އެ ގައުމަށް މަޖުބޫރުވެއްޖެ އެވެ.

އަސްލު ނަމަކަށް ސްޓީވަން ޑިލިއޮނާޑިސް ކަމަށްވާ އެމެރިކާގެ މި ޔޫޓިއުބަރު ބުނި ގޮތުގައި، އޭނާ ވަނީ މެކްސިކޯ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަކަށް ރޮލެކްސް ބްރޭންޑުގެ ގަޑި ހަދިޔާކުރުމަށް 1 މިލިއަން ޑޮލަރު (747،000 ޕައުންޑް) ޚަރަދުކޮށްފަ އެވެ.

މިކަން ހިނގާފައި މިވަނީ، ވޯލްޑް ކަޕް ކޯ-ހޯސްޓް ކުރާ މެކްސިކޯ އިން މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ.

މިދިޔަ އަންގާރަ ދުވަހު މެކްސިކޯ އިން އިކުއެޑޯ ބަލިކޮށް މުބާރާތުގެ ގަދަ 32 އަށް ދަތުރުކުރި މެޗުގެ ކުރީ ދުވަހު، ޑިލިއޮނާޑިސް ވަނީ ޓީމުގެ މެންބަރުންނާ ބައްދަލުކޮށް އެ ގަޑިތައް ހަވާލުކޮށްފަ އެވެ.

ނަމަވެސް، ފީފާގެ ކޯޑް އޮފް އެތިކްސްގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ހަދިޔާ ބަލައިގަނެވޭނީ ނުވަތަ ދެވޭނީ އެއީ ރަމްޒީ ނުވަތަ އަގުގެ ގޮތުން ވަރަށް ކުޑަ އެއްޗަކަށް ވާނަމަ އެކަންޏެވެ. އެހެންކަމުން، މިފަދަ އަގުބޮޑު ހަދިޔާތައް ބަލައިގަތުމަކީ ފީފާގެ ގަވާއިދުތައް ހުއްދަކުރާ ކަމެއް ނޫނެވެ.

މެކްސިކޯ ޓީމުގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ގަޑިތައް އަނބުރާ ދޭން ނިންމީ ކުޅުންތެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހު އެއްބަސްވުމަކަށް އައިސްގެން ކަމަށެވެ. އަދި އެއީ "ސްޓީވްވިލްޑޫއިޓް" އަމިއްލަ އިސްނެގުމުގެ މަތިން ދިން ހަދިޔާތަކެއް ކަމަށްވެސް އެ ޓީމުން ބުނެފައިވެ އެވެ.

މެކްސިކޯ އިން މިހާރު އަމާޒު ހިފާފައިވަނީ 1986 ވަނަ އަހަރު އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވި ފަހުން، ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރުމަށެވެ.

މަސްދަރު: ބީބީސީ

ސްޓީވްވިލްޑޫއިޓްމެކްސިކޯފީފާވޯލްޑް ކަޕްމެކްސިކޯ-އިންގްލެންޑްފުޓްބޯޅަ

އިތުރަށް ކިޔާލަން

05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
04 ޖުލައި 2026

މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް

04 ޖުލައި 2026
މޮރޮކޯއިން ކެނެޑާ 3-0 އިން ބަލިކޮށް ކުއާޓާފައިނަލަށް
03 ޖުލައި 2026

އާޖެންޓިނާ-ކޭޕް ވާޑް: ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެސީއާ ދެކޮޅަށް ނުކުންނާނީ، މީގެ ތިން ހަފުތާ ކުރިން އެއްވެސް މީހަކަށް ނޭނގޭ، އުމުރުން 40 އަހަރުގެ ގޯލްކީޕަރެއް!

ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!

03 ޖުލައި 2026
ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
02 ޖުލައި 2026

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި

02 ޖުލައި 2026
މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި
02 ޖުލައި 2026

ސްޕެއިން- އޮސްޓްރިއާ ބައްދަލުކުރާ ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗުގެ ޕްރިވިއު، ލަފާކުރުންތައް އަދި ޓީމުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު

02 ޖުލައި 2026
ސްޕެއިން- އޮސްޓްރިއާ ބައްދަލުކުރާ ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗުގެ ޕްރިވިއު، ލަފާކުރުންތައް އަދި ޓީމުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު
02 ޖުލައި 2026

ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!

02 ޖުލައި 2026
ވޯލްޑް ކަޕްގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ފުރައްސާރައިގެ 89،000 މައްސަލައެއް، މިއީ 13 އިންސައްތަ އިތުރުވުމެއް!
01 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟

01 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކޮން ކުޅުންތެރިންނެއް؟
01 ޖުލައި 2026

ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި

01 ޖުލައި 2026
ޖަރުމަނުވިލާތުން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމި ސަބަބު ފީފާއިން ހާމަކޮށްފި
30 ޖޫން 2026

ކޭޕް ވާޑުން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

30 ޖޫން 2026
ކޭޕް ވާޑުން 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް