Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެކްސިކޯ

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި

2 ޖުލައި 2026 | ބުރާސްފަތި 18:36

މި ކައިވެނީގެ ސަބަބުން އެ ސަރަހައްދުގެ ދަނޑުވެރިކަމާއި މަސްވެރިކަން ރަނގަޅުވެ، ރަށަށް ނަސީބާއި ކާމިޔާބީ ލިބޭނެ ކަމަށް އެމީހުން ގަބޫލު ކުރޭ. ކިނބޫ ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައްވައި ރަށުގެ މަގުތަކުގައި ވަނީ ހިނގާފައި. މިއީ ސްޕޭނު މީހުން އެ ގައުމަށް އައުމުގެ އެތައް ގަރުނެއް ކުރިން ފެށިގެން އެ ސަރަހައްދުގެ ދަރިކޮޅުތަކުގެ މެދުގައި އޮންނަ އާދަކާދައެއް.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 18:36
މެކްސިކޯގެ ކުޑަ ޓައުނެއްގެ މޭޔަރަކު ކިނބުލަކާ ކައިވެނި ކުރަނީ

މެކްސިކޯގެ ކުޑަ ޓައުނެއްގެ މޭޔަރަކު ކިނބުލަކާ ކައިވެނި ކުރަނީ | ރޮއިޓާސް

މެކްސިކޯގެ ކުޑަ ޓައުނެއްގެ މޭޔަރު،  ކުލަގަދަ ރަސްމިއްޔާތެއްގައި ކިނބުލަކާ ކައިވެނި ބައްލަވައިގެންފި އެވެ.

"ލިޓްލް ޕްރިންސަސް" ނުވަތަ ތުއްތު އަމީރާގެ ނަމުން ނަންދީފައިވާ އުމުރުން ހަތް އަހަރުގެ މި ކިނބުލާ މޭޔަރު ކައިވެނި ބައްލަވައިގަތީ އެ ރަށުގެ ރައްޔިތުންނަށް ނަސީބާއި ކާމިޔާބީ ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށްވެ އެވެ.

ސަން ޕެޑްރޯ ހުއާމެލޫލާގެ މޭޔަރު ވިކްޓަރ ސޯސާ މި ކިނބުލާ ކައިވެނި ބެއްލެވުމަކީ، އިންސާނުންނާއި އެމީހުންގެ ކަނލާގެ އާ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ރަށުގެ މީހުން ގަބޫލުކުރެ އެވެ.

މި އާދަކާދައަކީ މެކްސިކޯގެ އޮއަކްސާކާ ސްޓޭޓްގެ "ޗޮންޓަލް" އަދި "ހުއާވޭ" ދަރިކޮޅުގެ މީހުންގެ މެދުގައި، ސްޕޭނު މީހުން އެ ގައުމަށް އައުމުގެ އެތައް ގަރުނެއް ކުރިން ފެށިގެން އޮންނަ ސަގާފީ ކަމެކެވެ.

މި ގަދީމީ އާދަކާދަ ފުރިހަމަ ކުރުމަށް، ކިނބޫ އޮންނަނީ ރީތި ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައްވާފަ އެވެ.

މި ސަގާފަތުގެ ތެރެއިން ކިނބޫ އޮންނާނީ ވަރަށް ރީތި ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައްވާފައި

މި ސަގާފަތުގެ ތެރެއިން ކިނބޫ އޮންނާނީ ވަރަށް ރީތި ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައްވާފައި | ރޮއިޓާސް

މިދިޔަ ހުކުރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ކިނބުލަށް ކައިވެނީގެ ހެދުން ލެއްވުމުގެ  ޒިންމާއާ ހަވާލުވެ ހުރީ އޮލީވިއާ ޕެރޭޒް ނަމަކަށް ކިޔާ މީހެކެވެ.

އޮލީވިއާ ބުނި ގޮތުގައި، އެމީހުންނަށް މި ކިނބުލަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއީ އެ ކިނބުލަކީ އެ ސަރަހައްދަށް ފެނާއި، ރަނގަޅު ދަނޑުވެރިކަމާއި، ވާރޭ ގެނެސްދޭ އަމީރާއެއް ކަމަށާއި، އޭގެ ސަބަބުން ކާބޯތަކެއްޗާއި، މަހާއި، އުފެއްދުންތައް ކަނލާގެ މިންވަރުކޮށްދެއްވާނެ ކަމަށް އޭނާ ކިޔައިދިނެވެ.

ކައިވެނީގެ މި ރަސްމިއްޔާތުގައި، ރަށުގެ ފިރިހެނުން އެމީހުންގެ ތޮފިތަކުން ކިނބުލަށް ވިހެމުން ގެންދިޔައިރު، ރަށުގެ ރައްޔިތުން ވަނީ ކިނބޫ އަތްމައްޗަށް ލައިގެން ރަށުގެ މަގުތަކުގައި ހިނގާފަ އެވެ.

މީގެ އިތުރުން، ބައެއް މީހުން ވައިގެ ތެރެއަށް މަސް ހިފަން ގެންގުޅޭ ދާ އުކައި، ކަކޫމައްޗަށް ތިރިވެ، މަސްވެރިކަން ރަނގަޅުކޮށްދިނުމަށް އެދި ކިނބުލުގެ ކިއިބައިން އާދޭސްކޮށްފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

މެކްސިކޯކައިވެނިކިނބޫ

އިތުރަށް ކިޔާލަން

20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
18 ޖޫން 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

18 ޖޫން 2026
ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި
15 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟

15 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟
12 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު

12 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު
08 ޖޫން 2026

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

08 ޖޫން 2026
އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ
07 ޖޫން 2026

އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

07 ޖޫން 2026
އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި
07 މެއި 2026

2026 ވޯލްޑް ކަޕްގެ ތާވަލާއި މެޗުތަކުގެ ހުރިހާ ތަފްސީލެއް މި އޮތީ

07 މެއި 2026
2026 ވޯލްޑް ކަޕްގެ ތާވަލާއި މެޗުތަކުގެ ހުރިހާ ތަފްސީލެއް މި އޮތީ
03 މެއި 2026

އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި

03 މެއި 2026
އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި
18 އެޕްރީލު 2026

ޅ.އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި

18 އެޕްރީލު 2026
ޅ.އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް