Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުބޭސް ފަރުވާ

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

5 ޖުލައި 2026 | އާދީއްތަ 12:56

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ "ޑާޒަލެކްސް" ބޭހުގެ ފޭކު އިންޖެކްޝަންތަކެއް ރާއްޖެއާއި މެކްސިކޯއިން ފެނިފައިވާތީ، އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޒާރު ދީފައި. މި ބޭހުގެ ސައްހަ ނޫން ބެޗް ނަންބަރުތަކެއް ދައުރުވަމުންދާތީ، ބޭސް ސަޕްލައިކުރާ ނިޒާމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގަވާއިދާ ހިލާފަށް ބޭސް ވިއްކާ މާކެޓްތައް މޮނިޓަރ ކުރުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އިރުޝާދު ދީފައި. ފޭކު ބޭސް ބޭނުންކުރުމުގެ ސަބަބުން ބަލިމީހާގެ ފަރުވާ ކާމިޔާބު ނުވުމާއި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމަށް އެ ޖަމިއްޔާއިން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 12:56
ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެއްގެ ފޭކު ބެޗުތަކެއް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެއްގެ ފޭކު ބެޗުތަކެއް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި | ޑަބްލިޔު.އެޗް.އޯ

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ "ޑާޒަލެކްސް" (ޑެރަޓުމުމާބް) ނަމަކަށް ކިޔާ ބޭހެއްގެ ފޭކު ބާވަތެއް ދިވެހިރާއްޖެ އާއި މެކްސިކޯ ގައި ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރެފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 2026 ވަނަ އަހަރުގެ މޭ އަދި ޖޫން މަހުގެ ތެރޭގަ އެވެ. ޑަބްލިއުއެޗްއޯއިން ހާމަކުރި ގޮތުގައި، ހުއްދަ ނެތް ފަރާތްތަކުން ސަޕްލައިކޮށްފައިވާ މި ފޭކު އިންޖެކްޝަންތައް ފެނިފައިވަނީ ދިވެހިރާއްޖެއާއި މެކްސިކޯއިންނެވެ.

މި މައްސަލައިގައި ރިޕޯޓްކޮށްފައިވާ މަދުވެގެން އެއް ހާދިސާއެއްގައި، ހޮސްޕިޓަލްތަކަށް ފޭކު ބޭސް ލިބިފައިވާކަން ފާހަގަކުރެވިފައިވެ އެވެ. މިއާއެކު، ބޭސް ސަޕްލައިކުރުމުގެ ނިޒާމުގައި ހުރި މައްސަލަތަކާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ކެންސަރު ބޭހާ ބެހޭ މައުލޫމާތު

ޑާޒަލެކްސް (ޑެރަޓުމުމާބް) އަކީ ކަށީގެ މަދުގެ ޕްލާޒްމާ ސެލްތަކަށް ޖެހޭ ކެންސަރެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި، ލޭގެ ނާދިރު ބައްޔެއް ކަމަށްވާ "އެމިލޮއިޑް ލައިޓް-ޗެއިން (އޭއެލް) އެމިލޮއިޑޯސިސް" އަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.

މި ބޭހަކީ އެކި ބާވަތްތަކުގެ ކެންސަރަށް ފަރުވާ ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބޭހެކެވެ. އެހެންކަމުން، މި ބޭހުގެ ފޭކު އެއްޗެހި ބޭނުންކުރުމުގެ ސަބަބުން ފަރުވާ ލަސްވުމާއި، ފަރުވާ ކާމިޔާބު ނުވުމުގެ އިތުރުން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް ކުރިމަތިވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި މި ފޭކު އުފެއްދުންތަކަކީ އޭގެ އަސްލާއި، އެކުލެވިގެންވާ މާއްދާތަކާއި ނުވަތަ އުފެއްދި ފަރާތާ ގުޅޭގޮތުން ގަސްތުގައި އޮޅުވާލާފައިވާ ތަކެއްޗެވެ. މި ބޭސް އުފައްދާ ކުންފުނި ކަމަށްވާ "ޖެންސަން" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، MYS7381 އަދި STV1K01 އަކީ ސައްހަ ބެޗް ނަންބަރުތަކެއް ނޫނެވެ. އެހެންކަމުން، މި ބެޗް ނަންބަރުތައް ޖަހާފައިވާ އެއްވެސް ޑާޒަލެކްސް އުފެއްދުމަކީ ފޭކު އެއްޗެއް ކަމަށް ބަލައި، އެ ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، ފޭކު ބެޗްތަކުގެ ތެރެއިން ބައެއް ފުޅިތަކުގެ އެތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތިކިތަކެއް ހުރިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ ރިޕޯޓްކޮށްފައި ކަމަށް ވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެ އެވެ.

އދ. ގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ ގައުމީ ފެންވަރުގައި ސިއްހީ ކަންކަން ރެގިއުލޭޓްކުރާ އިދާރާތަކާއި، ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި، ހޯލްސޭލްކޮށް ބޭސް ވިއްކާ ފަރާތްތަކުގެ އިތުރުން ސަޕްލަޔަރުން، ބޭސް ސަޕްލައިކުރާ ނިޒާމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ގޮވާލާފަ އެވެ. 

ހަމައެއާއެކު، ގަވާއިދާ ހިލާފަށް ބޭސް ވިއްކާ މާކެޓްތަކަކީ ފޭކު ބޭސް ދައުރުވުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށްވާތީ، އެފަދަ ތަންތަން ވަރަށް ގާތުން މޮނިޓަރ ކުރުމަށް ވެސް ޑަބްލިއުއެޗްއޯއިން ގައުމުތަކަށް އިރުޝާދު ދީފައިވެ އެވެ.

ޑަބްލިޔުއެޗްއޯޑާޒަލެކްސްމެކްސިކޯޖެންސަންމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީކެންސަރު

އިތުރަށް ކިޔާލަން

05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
02 ޖުލައި 2026

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި

02 ޖުލައި 2026
މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ބައްލަވައިގެންފި
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
20 ޖޫން 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026
މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
18 ޖޫން 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

18 ޖޫން 2026
ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި
17 ޖޫން 2026

ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި

17 ޖޫން 2026
ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް