Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަޕާން

މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި

13 އޯގަސްޓު 2026 | ބުރާސްފަތި 09:51

މެކްސިކޯއިން ޖަޕާނަށް ވަގަށް އެތެރެކުރަން އުޅުނު ނެތިދިއުމުގެ ބިރު އޮތް "މެކްސިކަން އެލިގޭޓާ ލިޒާޑް" ހިމެނޭހެން 200 އެއްހާ ބޮނޑު، އިސްޓާކީނުތަކަކަށް އަޅާފައި ހުއްޓާ ހަނެޑާ އެއާޕޯޓުން އަތުލައިގަނެ މެކްސިކޯގެ މީހަކު ހައްޔަރުކޮށްފި. ޖަޕާނުގެ ބާޒާރުގައި ބޮޑު އަގު ލިބޭ މި ސޫފިތައް އެތެރެކުރަން އުޅުނީ އެ ގައުމުގައި ބާއްވާ ރެޕްޓައިލް ފެއާއަކަށް އަމާޒުކޮށްގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައި

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 09:51
މެކްސިކޯއިން ފުރައިގެން ހަނީޑާ އެއާޕޯޓުން ޖަޕާނަށް ވަގަށް އެތެރެކުރަން އުޅުނު "މެކްސިކަން އެލިގޭޓަރ ލިޒާޑް" ތަކެއް، ޓޯކިޔޯ ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު މި ތަކެތި އަތުލައިގަނެފައިވަނީ، އެ ސޫފިތައް ވަގަށް އެތެރެކުރަން މަސައްކަތްކުރި މެކްސިކޯގެ ފިރިހެނެއްގެ އަތުން

މެކްސިކޯއިން ފުރައިގެން ހަނީޑާ އެއާޕޯޓުން ޖަޕާނަށް ވަގަށް އެތެރެކުރަން އުޅުނު "މެކްސިކަން އެލިގޭޓަރ ލިޒާޑް" ތަކެއް، ޓޯކިޔޯ ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު މި ތަކެތި އަތުލައިގަނެފައިވަނީ، އެ ސޫފިތައް ވަގަށް އެތެރެކުރަން މަސައްކަތްކުރި މެކްސިކޯގެ ފިރިހެނެއްގެ އަތުން | ޖަޕާން ޓައިމްސް

ޓޯކިޔޯގެ ހަނެޑާ އެއާޕޯޓުން ދަތުރުކުރި މެކްސިކޯގެ ފިރިހެނަކު ގެންގުޅުނު ފޮށިތަކެއްގެ ތެރެއިން، 22 އިސްޓާކީނު ޖޯޑަށް އަޅާފައި ހުރި 200 އެއްހާ ބޮނޑު ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ޑެނިއަލް އިސާކް ވެލާސްކޯ ބަލްތަޒާރުގެ މައްޗަށް ތުހުމަތު ކުރެވެނީ، މިދިޔަ ހޮނިހިރު ދުވަހު ދެކުނު ކޮރެއާއިން ޖަޕާނަށް އެތެރެވިއިރު، އެ ގައުމުގެ ކަސްޓަމްސް ގާނޫނާ ޚިލާފަށް، އެ ސޫފިތަކުގެ މައުލޫމާތު ހާމަނުކޮށް އެތެރެކުރަން އުޅުނު ކަމަށެވެ.

ޓޯކިޔޯގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ހުއްދައެއް ނެތި އެ ތަކެތި އެތެރެކުރަން އުޅުނު ކަމަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

އޭނާގެ ފޮށި ހުޅުވައި ބެލިއިރު، އޭގެ ތެރޭގައި އޮތް އެއް ބޮނޑު އޮތީ މަރުވެފަ އެވެ.

އެ ފޮށިން ފެނުނު ތަކެތީގެ ތެރޭގައި "މެކްސިކަން އެލިގޭޓާ ލިޒާޑް" ނުވަތަ "އާބޯރިއަލް އެލިގޭޓާ ލިޒާޑް" ގެ ނުވަ ބޮނޑު ހިމެނެ އެވެ. މިއީ ހަމައެކަނި މެކްސިކޯގެ އުސް ބިންތަކުގެ ޖަންގަލިތަކުން ފެންނަ، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރާ މުއާހަދާ (ސައިޓީސް) ގެ ދަށުން ރައްކާތެރިކޮށްފައިވާ ބާވަތެކެވެ. މި ބާވަތުގެ އެއްވެސް އެއްޗެއް ބޯޑަރު ހުރަސްކޮށް ވިއްކޭނީ ސަރުކާރުގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

މި މީހާ ތަހުގީގީ އިދާރާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ އެ ބޮނޑުތައް މެކްސިކޯއިން ގަނެފައިވަނީ ކޮންމެ އެއްޗެއް ގާތްގަނޑަކަށް 560 އާއި 750 އާ ދެމެދުގެ ޔެން (ގާތްގަނޑަކަށް 3 އާއި 4 އިނގިރޭސި ޕައުންޑް) އަށެވެ. ޖަޕާނުގައި މި ބާވަތުގެ ޖަނަވާރުތަކަކީ މަދު އެއްޗަކަށް ވާއިރު، އެ ގައުމުގެ ބާޒާރުގައި މީގެ އެއްޗެއް ގާތްގަނޑަކަށް 100,000 ޔެން (520 އިނގިރޭސި ޕައުންޑް) އަށް ވިއްކާ ކަމަށްވެ އެވެ.

ޓޯކިޔޯ ފުލުހުންނަށް ޖުލައި މަހުގެ ފަހުކޮޅު ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން އެނގިފައިވަނީ، މެކްސިކޯގެ ރައްޔިތަކު ޖަޕާނުގައި ބާއްވާ ރެޕްޓައިލް އެގްޒިބިޝަނަކާއި ވިޔަފާރި ފެއާއަކަށް އަމާޒުކޮށްގެން ބޮނޑުތަކެއް ވަގަށް އެތެރެކުރަން އުޅޭ ކަމަށެވެ. މި މައުލޫމާތާ ގުޅިގެން ހަނެޑާ އެއާޕޯޓުގެ ކަސްޓަމްސް އޮފިސަރުން ސަމާލުކަމަށް އައިސް، އޭނާ އެ ގައުމަށް ދިއުމުން ފޮށި ފާސްކުރިއިރު، އިސްޓާކީނުތަކުގެ ތެރެއަށް ލާފައި ހުރި އެ ސޫފިތައް ވަނީ ފެނިފަ އެވެ.

އޭނާގެ ފޮށީގައި "މެކްސިކަން އެލިގޭޓާ ލިޒާޑް" ގެ އިތުރުން އެހެން ބާވަތްތަކުގެ ބޮނޑު ވެސް ހުރި ކަމަށް ފެންނާތީ، ކަމާބެހޭ އިދާރާތަކުން ދަނީ އެއީ ކޮން ބާވަތްތަކެއްތޯ ބަލަމުންނެވެ.

ގަދަ ފެހި ކުލައެއްގައި ހުންނަ، ހަރަކާތްތެރިވުން ލަސް "މެކްސިކަން އެލިގޭޓާ ލިޒާޑް" އާންމުކޮށް ދިރިއުޅެނީ މެކްސިކޯގެ މެދުތެރޭ ސަރަހައްދުގައިވާ ސިއެރާ މާޑްރޭގެ ޖަންގަލިތަކުގަ އެވެ. ނަމަވެސް ގަސް ކެނޑުމާއި، ގޭގައި ގެންގުޅޭ ސޫފިތަކުގެ ގޮތުގައި ވިއްކުމަށްޓަކައި އެ ތަކެތި ހިފުން އިތުރުވުމުގެ ސަބަބުން، މިހާރު މި ބާވަތުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެހެންކަމުން މިއީ ނެތިދިއުމުގެ ބިރު އޮތް ބާވަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ޖަޕާނަކީ ދުނިޔޭގެ ނިސްބަތުން ތަފާތު ބާވަތްތަކުގެ ރެޕްޓައިލްސް ނުވަތަ ފަނިފަކުސަ ފަދަ ތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ އެއް ގައުމެވެ. އެހެންކަމުން، އެއާޕޯޓުތަކުން މިފަދަ ތަކެތި ވަގަށް އެތެރެކުރަނިކޮށް އަތުލައިގަތުމަކީ ޖަޕާނުގައި އާންމު ކަމެކެވެ. މީގެ ކުރިން ވެސް ފޮށިތަކުގައި ފޮރުވައިގެން ވެލައާއި، ހަރުފަ އަދި ކަހަނބު ފަދަ ތަކެތި އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ.

ޓޯކިޔޯހަނެޑާ އެއާޕޯޓުމެކްސިކޯޖަޕާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

މެކްސިކޯގައި ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ބަޑިޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު މަރާލައިފި

05 އޯގަސްޓު 2026
މެކްސިކޯގައި ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ބަޑިޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު މަރާލައިފި
28 ޖުލައި 2026

ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި

28 ޖުލައި 2026
ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި
28 ޖުލައި 2026

ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

28 ޖުލައި 2026
ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
27 ޖުލައި 2026

އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި

27 ޖުލައި 2026
އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި
22 ޖުލައި 2026

ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި

22 ޖުލައި 2026
ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
15 ޖުލައި 2026

ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި

15 ޖުލައި 2026
ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި
12 ޖުލައި 2026

ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ

12 ޖުލައި 2026
ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ
11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
08 ޖުލައި 2026

ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

08 ޖުލައި 2026
ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް