Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާފަ ދަތުރު ހަދިޔާ

ވަރލްޑް ކަޕް ބަލަން ކާފަ ގޮވައިގެން ދާން، މުޅި އުމުރު ރައްކާކުރި ފައިސާ ހޭދަކުރި ޒުވާނަކަށް އެ ފައިސާ އަނބުރާ ލިބިއްޖެ

12 ޖުލައި 2026 | އާދީއްތަ 00:52

ގެއެއް ގަތުމަށް ފަސް އަހަރުވަންދެން ރައްކާކުރި ފައިސާ ހޭދަކޮށްގެން ކާފަ ގޮވައިގެން ވަރލްޑް ކަޕަށް ދިޔަ ޒުވާނަކަށް، ކުންފުންޏަކުން އެ ފައިސާ ހަދިޔާކޮށްފިއެވެ. މި ދަތުރުގެ ވާހަކަ ސޯޝަލް މީޑިއާގައި މަޝްހޫރުވުމާ ގުޅިގެން "މެޓަވިން" ކުންފުނިން ވަނީ އޭނާ ހޭދަކުރި 10،000 ޕައުންޑް އަނބުރާ ދީފައެވެ. ކާފައާއެކު ހޭދަކުރި ވަގުތަކީ ފައިސާއަށްވުރެ އަގުބޮޑު ފުރުސަތެއްކަމަށް އެ ޒުވާނާ ބުނެފައިވެއެވެ.

އަލް - ހުރަވީ
އަލް - ހުރަވީ | 12 ޖުލައި 2026 | އާދީއްތަ 00:52
ޖޭކަބް އާއި އުމުރުން 80އަހަރު ގެ އޭނަގެ ކާފަ ޖެފް

ޖޭކަބް އާއި އުމުރުން 80އަހަރު ގެ އޭނަގެ ކާފަ ޖެފް | މިރަރ.ކޯ.ޔޫކޭ

އުމުރުން 80 އަހަރުގެ ކާފަ ގޮވައިގެން 2026 ގެ ވަރލްޑް ކަޕް ބަލާލަން ދިއުމަށްޓަކައި، ގެއެއް ގަތުމަށް އޭނާ ރައްކާކުރި 10،000 ޕައުންޑް ހޭދަކުރި އިންގްލެންޑްގެ ޒުވާން ސަޕޯޓަރަކަށް، ކުންފުންޏަކުން އެ ފައިސާ ހަދިޔާއެއްގެ ގޮތުގައި އަނބުރާ ދީފިއެވެ.

އުމުރުން 21 އަހަރުގެ ޖޭކަބް އޮލްމެންޑިންގަރ އޭނާގެ ކާފަ، ޖެފް ގޮލިކަރ ގޮވައިގެން އެމެރިކާ އަދި މެކްސިކޯއަށް ކުރި މި ދަތުރަކީ އޭނާގެ ހަޔާތުގައިވެސް ކުރި އެންމެ ހާއްސަ އެއް ދަތުރެވެ. ކުޑައިރުއްސުރެ ފުޓުބޯޅަ މެޗުތައް ބަލަން ކާފަ އާއެކު ދިޔަ ޖޭކަބް ބޭނުންވީ، އޭގެ ބަދަލު ދިނުމުގެ ގޮތުން ކާފައަށް މިފަދަ ހާއްސަ ދަތުރެއް ހަދިޔާކުރާށެވެ. އެގޮތުން ވޭތުވެދިޔަ 5 އަހަރު ދުވަހު ގެއެއް ގަތުމަށް އޭނާ ރައްކާކުރި ހުރިހާ ފައިސާއެއް ވަނީ މި ދަތުރަށް ހޭދަކޮށްފައެވެ.

ޖޭކަބް އާއި ޖެފް، ނިއުޔޯރކް،އެޓްލާންޓާ އަދި މެކްސިކޯ އަށް ދިޔުމުގެ ދަތުރު

ޖޭކަބް އާއި ޖެފް، ނިއުޔޯރކް،އެޓްލާންޓާ އަދި މެކްސިކޯ އަށް ދިޔުމުގެ ދަތުރު | މިރަރ.ކޯ.ޔޫކޭ

މި ދެބަފައިން ވަނީ ނިއު ޔޯކް އަދި އެޓްލާންޓާގައި ކުޅުނު އިންގްލެންޑްގެ މެޗުތަކުގެ އިތުރުން، މެކްސިކޯގެ މަޝްހޫރު އެޒްޓެކް ސްޓޭޑިއަމްގައި އިންގްލެންޑުން 3-2 އިން މެކްސިކޯ ބަލިކުރި ތާރީޚީ މެޗުވެސް ބަލާފައެވެ.

ކުންފުންޏެއްގެ ދީލަތި އެހީތެރިކަން

މި ދެބަފައިންގެ ހިތްގައިމު ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، އެމެރިކާގެ އޮންލައިން ކްރިޕްޓޯ ކެސީނޯއެއް ކަމަށްވާ "މެޓަވިން" (Metawin) އިން ވަނީ ޖޭކަބް އާ ގުޅާފައެވެ. އަދި ޕެނަމާ އާ ދެކޮޅަށް ކުޅޭ މެޗުން 2 ގޯލަށްވުރެ ތަފާތު ބޮޑުކޮށް އިންގްލެންޑް މޮޅުވެއްޖެނަމަ އެ ފައިސާ އަނބުރާ ދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އިންގްލެންޑް އެ މެޗުން 2-0 އިން މޮޅުވުމުން އެ ޝަރުތު ފުރިހަމަނުވި ނަމަވެސް، އެ ކުންފުނިން ވަނީ ދެން ކުޅުނު ޑީއާރް ކޮންގޯ މެޗުން އިންގްލެންޑް މޮޅުވެއްޖެނަމަ ފައިސާ ދޭނެކަމަށް ވައުދުވެފައެވެ. އިންގްލެންޑް 2-1 އިން މޮޅުވުމާއެކު، އެ ކުންފުނިން ވަނީ ވައުދު ފުއްދައި 10،000 ޕައުންޑް ޖޭކަބްގެ އެކައުންޓަށް ޖަމާކޮށްދީފައެވެ.

މިކަމާ ގުޅިގެން ޖޭކަބް ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް ކަމަށާއި ފައިސާ އެކައުންޓަށް ޖަމާވުމުން ނޫނީ އެކަން ގަބޫލުވެސް ނުކުރެވުނު ކަމަށެވެ. "މިއީ ވަރަށް ހިތްހެޔޮ އަމަލެއް. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައި،" ޖޭކަބް ބުންޏެވެ.

"ފައިސާ އަބަދުވެސް ހޯދިދާނެ"

ޖޭކަބް އިތުރަށް ބުނީ، "ފައިސާ އަބަދުވެސް ހޯދިދާނެ، އަހަރެން މިއީ ގެއެއް ގަތުން ދެތިން އަހަރަށް ފަސްކޮށްލެވިދާނެ އުމުރެއްގައި ހުރި މީހެއް. އެކަމަކު ކާފައާއެކު ވަރލްޑް ކަޕަކަށް ދިއުމުގެ ފުރުސަތު ދެން ދުވަހަކުވެސް ނުލިބިދާނެ. އަހަރެމެންނަކީ ކާފައާއި ކާފަދަރިއަކަށްވުރެ ބޮޑަށް ވަރަށް ގާތް ދެ އެކުވެރިން،" ކަމަށެވެ.

މި ވާހަކަ އާންމުވުމާއެކު ގިނަ ބަޔަކު އަންނަނީ ޖޭކަބް އޭނާގެ ކާފައަށް ކުރާ ގަދަރާއި ލޯތްބަށް ތައުރީފުކުރަމުންނެވެ. އުމުރުން ދުވަސްވީ ކާފަ ޖެފް ވެސް ވަނީ މެކްސިކޯގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ރައްޓެހިކަމާއި، މުޅި މުބާރާތުގެ ފޯރިގަދަ މާހައުލާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ޖޭކަބް އޮލްމެންޑިންގަރޖެފް ގޮލިކަރ2026 ވާރލްޑް ކަޕްމެޓަވިންއިނގިރޭސިވިލާތްމެކްސިކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު

11 ޖުލައި 2026
ވޯލްޑްކަޕް ކުއާޓާފައިނަލް: އިންގްލެންޑާއި ނޯވޭ، އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުތަކުގެ، ޝެޑިއުލް، ޕްރިޑިކްޝަން، އެންމެ ފަހުގެ މައުލޫމާތު
11 ޖުލައި 2026

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026
ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން
09 ޖުލައި 2026

އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ

09 ޖުލައި 2026
އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
07 ޖުލައި 2026

ގައުމީ ވަންތަކަމަކީ އޮޅުންބޮޅުން ބޮޑު، އެހާ ސާދާ ނޫން ކަމެއްކަން ވޯލްޑް ކަޕުން ހާމަވެއްޖެ

07 ޖުލައި 2026
ގައުމީ ވަންތަކަމަކީ އޮޅުންބޮޅުން ބޮޑު، އެހާ ސާދާ ނޫން ކަމެއްކަން ވޯލްޑް ކަޕުން ހާމަވެއްޖެ
07 ޖުލައި 2026

ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން

07 ޖުލައި 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި މެސީ އާއި ސަލާހުގެ ތާރީޚީ ބައްދަލުވުން
07 ޖުލައި 2026

ވޯލްޑްކަޕް ގެ ފައިނަލާ ދިމާކޮށް، ސިމްޑީގެ ޚާއްސަ ޕްރޮމޯޝަނަކާއި "ޕްރެޑިކްޓް އެންޑް ވިން" ސޯޝަލް މީޑިއާ މުބާރާތެއް!

07 ޖުލައި 2026
ވޯލްޑްކަޕް ގެ ފައިނަލާ ދިމާކޮށް، ސިމްޑީގެ ޚާއްސަ ޕްރޮމޯޝަނަކާއި "ޕްރެޑިކްޓް އެންޑް ވިން" ސޯޝަލް މީޑިއާ މުބާރާތެއް!
06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
05 ޖުލައި 2026

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

05 ޖުލައި 2026
މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް