Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މެކްސިކޯގެ ކާމިޔާބާ ގުޅިގެން ބަނގުރާ ގަންނަ މީހުން އިތުރުވުމާ އެކު، ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމައިފި

20 ޖޫން 2026 | ހޮނިހިރު 07:54

ކްރާވިއޯޓޯ ވިދާޅުވީ އެ ސަރަހައްދުގެ ރެސްޓޯރަންޓު ތަކާއި، ބާރު ތަކުން ކަސްޓަމަރުން ބުއިންތައް ހިފައިގެން ބޭރަށް ނުކުތުން ހުއްޓުވުމަށް އެދޭނެ ކަމަށާއި، ބޮޑެތި މެޗުތައް ފެށުމުގެ ކުރިން ކައިރީގައި ހުންނަ ފިހާރަ ތަކުން ބާވަތް ތަކުގެ ބުއިންތައް ވިއްކުން މަނާ ކުރުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 07:54
މެކްސިކޯގެ ކާމިޔާބީ ފާހަގަ ކުރުމަށް މަގު ތަކަށް ނިކުމެ ތިބި މީހުން ފެންނަ މަންޒަރެއް.

މެކްސިކޯގެ ކާމިޔާބީ ފާހަގަ ކުރުމަށް މަގު ތަކަށް ނިކުމެ ތިބި މީހުން ފެންނަ މަންޒަރެއް. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ވަނަ ބުރަށް މެކްސިކޯ ދަތުރު ކުރުމާ ގުޅިގެން  އެ ޤައުމުގެ މަގު ތަކުގައި އުފާ ފާޅު ކުރުމަށް ބޭއްވި ބޮޑެތި އެއްވުން ތަކާއި، ބަނގުރާ ގަންނަ މީހުން އިތުރުވެފައިވާތީ، ބަނގުރާ ވިއްކުން ކޮންޓްރޯލް ކުރުމަށް މެކްސިކޯގެ ސަރުކާރުން ނިންމައިފި އެވެ. 

މެކްސިކޯގެ ޤައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް، މެކްސިކޯ ސިޓީގެ މެދު ތެރެއަށް 700،000 (ހަތް ލައްކަ) އަށް ވުރެ ގިނަ މީހުން އެއްވެފައިވާާއިރު، އާންމު މަސްލަހަތަށް ބުރޫ އަރާ ފަދަ ކަންތައް ތަކެއް ހިނގާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައި އެވެ. 

ދެކުނު ކޮރެއާ އަތުން މެކްސިކޯ މޮޅުވުމާ އެކު، އެ ގައުމުގެ ގައުމީ ޓީމުގެ ފެހި ކުލައިގެ ޖާޒީތަކާއި "ލޫޗާ ލީބްރޭ" މާސްކުތައް އަޅައިގެން ތިބި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މަގު ތަކަށް ނުކުމެފައި އެވެ. ވާރޭގެ ތެރޭގައި ދިދަ ހޫރުވަމުންނާއި، ގައުމީ ސަލާމް ކިޔަމުން އަދި ވުވުޒެލާ ފުމެމުން ދިޔަ މި ސަޕޯޓަރުންގެ ސަބަބުން ސިޓީގެ މައި މަގު ތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެ އެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ސިޓީގެ މައި މަގު ތަކުގެ ތެރޭގައި ހިމެނޭ ރިފޯމާ އެވެނިއު އޮތީ ކުނިން ފުރިފައި އެވެ. އަދި އެ ސަރަހައްދުގައި އިންދާފައި ހުރި ރީނދޫ ކުލައިގެ މާތައް ފައިދަށުވެ ހަލާކު ވެފައިވާއިރު، ކަމާ ބެހޭ އިދާރާ ތަކުން ވަނީ އެ ސަރަހައްދުން 40 ޓަނުގެ ކުނި ނަގާފައި އެވެ.

މެކްސިކޯ ސިޓީގެ ގަވަމަންޓް ސެކްރެޓަރީ ސޭސާ ކްރާވިއޯޓޯ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިފަދަ ބޮޑެތި ހަރަކާތް ތަކުގެ ތެރޭގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން މަގު މަތީގައި ގަވާއިދާ ހިލާފަށް ބާވަތް ތަކުގެ ބުއިންތައް ވިއްކުން ހުއްޓުވުމަކީ ކުރަން ޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ކްރާވިއޯޓޯ ވިދާޅުވީ އެ ސަރަހައްދުގެ ރެސްޓޯރަންޓު ތަކާއި، ބާރު ތަކުން ކަސްޓަމަރުން ބުއިންތައް ހިފައިގެން ބޭރަށް ނުކުތުން ހުއްޓުވުމަށް އެދޭނެ ކަމަށާއި، ބޮޑެތި މެޗުތައް ފެށުމުގެ ކުރިން ކައިރީގައި ހުންނަ ފިހާރަ ތަކުން ބާވަތް ތަކުގެ ބުއިންތައް ވިއްކުން މަނާ ކުރުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެއްވެފައިވާ މީހުން އެކި ސަރަހައްދު ތަކަށް ބަހާލުމަށްޓަކައި މިހާރު ހުރި 12 ބޮޑު ސްކްރީނުގެ އިތުރުން، އިތުރު ހަތް ސްކްރީން ސިޓީގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ. އަދި މަގުމަތީގައި ވިޔަފާރި ކުރާ މީހުން ބިޔަރު ވިއްކުން ހުއްޓުވުމަށްޓަކައި އިތުރު އޮފިޝަލުން ހަރަކާތްތެރި ވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން ކްރާވިއޯޓޯ އިތުރަށް ވިދާޅުވީ، ސަޕޯޓަރުން އުފާ ފާޅު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް މިންވަރަށް ވުރެ އިތުރަށް ބާވަތް ތަކުގެ ބުއިންތައް ބޭނުން ކުރުން ހުއްޓުވުމަށް ސަރުކާރުން ބާރު އަޅާނެ ކަމަށެވެ.

މިފަދަ ހާދިސާއެއް އެމެރިކާގެ ބޮސްޓަންގައި ވެސް ވަނީ ހިނގާފައި އެވެ. ވޯލްޑް ކަޕްގެ މެޗުތައް ބާއްވާ އެ ސިޓީގައި ސްކޮޓްލެންޑާއި ހެއިޓީ ބައްދަލުކުރި މެޗުން ސްކޮޓްލެންޑު މޮޅުވުމާ ގުޅިގެން، އެ ގައުމުގެ ސަޕޯޓަރުން ގިނަ އަދަދަކަށް ބިޔަރު ބުއިމުގެ ސަބަބުން ބައެއް ތަން ތަންތަނުން ބިޔަރު ހުސްވި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ފީފާ ވާރލްޑް ކަޕް 2026މެކްސިކޯ ޤައުމީ ފުޓުބޯޅަ ޓީމުމެކްސިކޯ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

20 ޖޫން 2026

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

20 ޖޫން 2026
1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!
20 ޖޫން 2026

އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން

20 ޖޫން 2026
އަނގަ މަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން، ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔަކަށް ޕެރަގުއޭގެ އަލްމިރޮން
20 ޖޫން 2026

ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި

20 ޖޫން 2026
ތުރުކީ ބަލިކޮށް، ޕެރަގުއޭ އިން އުންމީދު ހޯދައިފި
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
20 ޖޫން 2026

މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި

20 ޖޫން 2026
މުބާރާތުގެ އެންމެ އަވަސް ލަނޑާ އެކު، މޮރޮކޯ އިން ސްކޮޓްލެންޑު ބަލިކޮށްފި
20 ޖޫން 2026

އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް

20 ޖޫން 2026
އޮސްޓްރޭލިއާ ބަލިކޮށް، އެމެރިކާ އަނެއް ބުރަށް
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
18 ޖޫން 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

18 ޖޫން 2026
ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި
18 ޖޫން 2026

މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ

18 ޖޫން 2026
މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ
18 ޖޫން 2026

އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"

18 ޖޫން 2026
އޮންރީގެ ފާޑު ކިޔުން ރޮނާލްޑޯ އަށް: "މުހިންމީ ޓީމުން ލަނޑު ޖެހުން، ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް