Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން: ޓުޗެލް

5 ޖުލައި 2026 | އާދީއްތަ 12:14

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި އިންގްލެންޑުން އެ ޓީމާ ދެކޮޅަށް ނިކުންނައިރު، މި ސްޓޭޑިއަމްގައި މެކްސިކޯ އިން ވަނީ މިހާތަނަށް ތިން މެޗު ކުޅެފައި. މިއީ 2240 މީޓަރު ލެވެލް އަށް ވުރެ މަތީގައި އޮންނަ ތަނެއް. މުބާރާތުގައި އިންގްލެންޑުން ކޭމްޕު ކޮށްފައި ވަނީ އެމެރިކާގެ ކެންސަސް ސިޓީގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 12:14
އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް.

އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ނިކުންނައިރު، މެކްސިކޯގެ އުސް މިނަށް ފިޓުވުމަކީ އިންގްލެންޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ. 

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި އިންގްލެންޑުން އެ ޓީމާ ދެކޮޅަށް ނިކުންނައިރު، މި ސްޓޭޑިއަމްގައި މެކްސިކޯ އިން ވަނީ މިހާތަނަށް ތިން މެޗު ކުޅެފައި އެވެ. މިއީ 2240 މީޓަރު ލެވެލް އަށް ވުރެ މަތީގައި އޮންނަ ތަނެކެވެ. މުބާރާތުގައި އިންގްލެންޑުން ކޭމްޕު ކޮށްފައި ވަނީ އެމެރިކާގެ ކެންސަސް ސިޓީގައި އެވެ.

ޓުޗެލް ބުނީ އިންގްލެންޑުން ކުރަން ޖެހޭ ދަތުރަށް ބަލާއިރު، އުސް މިނަށް ފިޓުވުމަކީ އެ ޓީމަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުމަށް މިހާރު އިންގްލެންޑުން ވަނީ އެ ޤައުމަށް ގޮސްފައި އެވެ. 

ޓުޗެލް ބުނީ މެކްސިކޯއާ ދެކޮޅަށް ގަދަ 16 ގައި ކުޅޭ މެޗަކީ، މުބާރާތުގެ އެންމެ މުހިންމު މެޗު ކަމަށެވެ. މެޗު ކުޅޭ ދަނޑުގައި އިންގްލެންޑަށް ގިނަ ގޮންޖެހުން ތަކެއް، ނުވަތަ ދަތި ތަކެއް ދިމާވާނެކަން ފާހަގަކޮށް ޓުޗެލް ބުނީ، އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އުސް މިން ކަމަށެވެ. ޓުޗެލް ބުނީ ހަތަރު ދުވަހުގެ ތެރޭގައި އުސް މިނަށް ފިޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެހެން ނަމަވެސް، އެ ހުރިހާ ޙާލަތަކަށް ވެސް އިންގްލެންޑު ތައްޔާރު ކަމަށާއި، އުނދަގޫ ހާލަތެއް އޮތް ނަމަވެސް އިންގްލެންޑުން ޖަވާބު ހޯދާނެ ކަމަށް އޭނާ ބުންޏެވެ. ޓުޗެލް ބުނީ އިންގްލެންޑުން އެ މެޗަށް ތައްޔާރުވާނީ ދިމާވާނެ ދަތި ތަކާއި، އުނދަގޫތައް އިޙުސާސް ކުރެވިގެން ތިބެ ކަމަށެވެ. 

މީގެ ކުރިން ވެސް މުބާރާތުގައި އިންގްލެންޑަށް ބައެއް ކަހަކަ އުނދަގޫތައް ދިމާވި ކަމަށާއި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޓުޗެލް ބުންޏެވެ. ޓީމުން ކުރާ ދަތުރަކީ އަމާން ދަތުރަަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ޓީމު ތިބޭ ހޮޓެލް ބޭރުގައި އަޑު ގަދަވެ ނިދަން އުނދަގޫވާ ކަހަލަ ކަމެއް ދިމާ ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. 

މުބާރާތުގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ނިކުންނައިރު، މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އިންގްލެންޑު މޮޅުވެފައި ވަނީ ތިން މެޗުންނެވެ. އަނެއް މެޗު ވަނީ އެއްވަރުވެފައި އެވެ. ނަމަވެސް، މެކްސިކޯ އިން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައި އެވެ.

ފީފާ ވަރލްޑް ކަޕް 2026ތޯމަސް ޓުޗެލްއިނގިރޭސިވިލާތްމެކްސިކޯ

އިތުރަށް ކިޔާލަން

05 ޖުލައި 2026

މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް

05 ޖުލައި 2026
މޮރޮކޯ އަށް ވުރެ ރަނގަޅަށް ކުޅުނީ ކެނެޑާ އިން، ޓީމާ މެދު ފަޚުރުވެރިވަން: ޖެސީ މާޝް
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
05 ޖުލައި 2026

މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ

05 ޖުލައި 2026
މެކްސިކޯ ފުޓްބޯޅަ ޓީމަށް ހަދިޔާ އަކަށް މީހަކު ދިން ރޮލެކްސް ގަޑިތައް އަނބުރާ ރައްދުކުރަން މަޖުބޫރުވެއްޖެ
04 ޖުލައި 2026

އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ

04 ޖުލައި 2026
އާޖެންޓީނާ އިން ހިތްވަރު ދޫ ނުކުރާނެ، ކަންކަން ނަގާނީ ޕޮޒިޓިވްކޮށް: ސްކަލޯނީ
04 ޖުލައި 2026

ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް

04 ޖުލައި 2026
ވާދަވެރި މެޗުގައި ކޭޕް ވާޑް ބަލިކޮށް، އާޖެންޓީނާ ގަދަ 16 އަށް
04 ޖުލައި 2026

ފޯމިއުލާ ވަން ޑްރައިވަރުން ލެގޯ ކާރުތަކެއް ސިލްވަސްޓޯން ސާކިޓްގައި ދުއްވަނީ

04 ޖުލައި 2026
ފޯމިއުލާ ވަން ޑްރައިވަރުން ލެގޯ ކާރުތަކެއް ސިލްވަސްޓޯން ސާކިޓްގައި ދުއްވަނީ
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް