Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026 | ހުކުރު 09:16

ދެކުނު ކޮރެއާ އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ މެކްސިކޯ އިން ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި. މެޗުގެ ހަމައެކަނި ލަނޑު ލުއިސް ރޯމޯ ކާމިޔާބުކޮށްދިންއިރު، ކޮރެއާއިން ނަތީޖާ އެއްވަރުކުރަން ފޮނުވާލި ނުރައްކާތެރި ހަމަލާތައް މެކްސިކޯގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައި. މި ނަތީޖާއާއެކު މެކްސިކޯގެ ކުރިއަށް ހުރި ނޮކައުޓް މެޗުތައް އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތު ލިބުނުއިރު، ބަލިވި ނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކޮރެއާއަށް އަދި އެބައޮތް.

ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 09:16
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި، މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި 18 ޖޫން 2026 ގައި މެކްސިކޯ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގައި، މެކްސިކޯ ޓީމުގެ ޖާޒީ ނަންބަރު 7 ލުއިސް ރޯމޯ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދެނީ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި، މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި 18 ޖޫން 2026 ގައި މެކްސިކޯ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގައި، މެކްސިކޯ ޓީމުގެ ޖާޒީ ނަންބަރު 7 ލުއިސް ރޯމޯ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދެނީ. | ގެޓީ އިމޭޖަސް

މެކްސިކޯގެ ގުއަޑަލަހާރާގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން ހަނި ތަފާތަކުން މޮޅުވެ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް މަރުހަލާއަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ ވެއްޖެއެވެ.

މި މެޗުގެ 50 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ގޯލްކީޕަރު ކިމް ސުން-ގިއު އާއި އޭނާގެ ޓީމުގެ ކުޅުންތެރިޔާ ލީ ގީ-ހިއުކް އެކަކު އަނެކަކުގެ ގައިގައި ޖެހި، ކީޕަރު އަތުން ބޯޅަ ދޫވި ވަގުތު، މެކްސިކޯގެ މިޑްފީލްޑަރު ލުއިސް ރޯމޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ދެކުނު ކޮރެއާއަށް ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޗޯ ގުއޭ-ސަންގް ގާތުން ފޮނުވާލި ބޯޅަ މެކްސިކޯގެ ކީޕަރު ރައުލް ރަންޖެލް ދިފާއުކުރިއިރު، އޭގެ ފަހުން ޔަންގް ހިއުން-ޖުން ފޮނުވާލި ބޯޅަވެސް ކީޕަރު ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

އޭގެ ކުރިން، މެޗުގެ ކުރީކޮޅު ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހިއުން-މިން ކީޕަރު ރަންޖެލްގެ ބޯލުން މަތިން ފޮނުވާލި ބޯޅައެއް މެކްސިކޯގެ އެޑްސަން އަލްވަރޭޒް ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. ނަމަވެސް ޓޮޓެންހަމްގެ ކުރީގެ ފޯވާޑް ސޮން އެ ބޯޅަ ފޮނުވާލިއިރު ހުރީ އޮފްސައިޑްގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އެ ގައުމުގެ ސަޕޯޓަރުން ވަނީ ހާފް ޓައިމްގައި ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ސަޕޯޓަރުންގެ ފޯރިގަދަ އަޑާއެކު ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، 75 ވަނަ މިނެޓުގައި މެކްސިކޯގެ ރައުލް ހިމެނޭޒް އުނދަގޫ އެންގަލަކުން ފޮނުވާލި ހަމަލާއެއް ކޮރެއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮބެޑް ވަރްގާސް ފޮނުވާލި ބާރު ހަމަލާއެއްވެސް ކޮރެއާގެ ކީޕަރު ކިމް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މި ނަތީޖާއާއެކު މެކްސިކޯއިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ހަވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމު ދެވަނަ ބުރަށް ދާނެކަން ކަށަވަރުކޮށްފައެވެ.

މީގެ މާނައަކީ މުބާރާތް ބާއްވާ މެކްސިކޯ ޓީމުގެ ގަދަ 32 ގެ މެޗާއި، ގަދަ 16 ގެ މެޗުވެސް ކުޅޭނީ މެކްސިކޯ ސިޓީގައެވެ. ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް އެ ޓީމުގެ ގްރޫޕާއި ފުރަތަމަ ނޮކައުޓް މެޗުން މޮޅުވެއްޖެ ނަމައެވެ.

މި މެޗުން ބަލިވި ނަމަވެސް، ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން މޮޅުވެފައިވުމުން، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެކުނު ކޮރެއާއަށް އަދި އެބައޮތެވެ.

ދެކުނު ކޮރެއާ ދެން ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު މޮންޓެރޭގައި ދެކުނު އެފްރިކާއާ ދެކޮޅަށެވެ. ހަމަ އެ ވަގުތު މެކްސިކޯ ސިޓީގައި ކުޅޭ ގްރޫޕްގެ ފަހު މެޗުގައި މެކްސިކޯ ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއެވެ.

މަސްދަރު: ބީބީސީ

ސޮން ހުއެން-މިންހަވިއޭ އަގީރޭމެކްސިކޯދެކުނު ކޮރެއާ2026 ވާރލްޑް ކަޕްފުޓްބޯޅަވޯލްޑް ކަޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 ޖޫން 2026

ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން

18 ޖޫން 2026
ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން
18 ޖޫން 2026

ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި

18 ޖޫން 2026
ދެކުނު ކޮރެއާ އިން ފަރިތަކުރުން ކުރިއަށް ގެންދިޔަ ސްޓޭޑިއަމްގެ މަތިން އުދުހުނު ޑްރޯނެއް މެކްސިކޯގެ އަސްކަރިއްޔާ އިން ތިރި ކުރުވައިފި
18 ޖޫން 2026

ފާއިތުވި 50 އަހަރުގެ ތެރޭގައި ޓޮޕް ފުޓްބޯޅަ ކުޅުންތެރިންގެ ހަށިގަނޑު ބަދަލުވަމުން އައިސްފައިވަނީ ކިހިނެއް؟

18 ޖޫން 2026
ފާއިތުވި 50 އަހަރުގެ ތެރޭގައި ޓޮޕް ފުޓްބޯޅަ ކުޅުންތެރިންގެ ހަށިގަނޑު ބަދަލުވަމުން އައިސްފައިވަނީ ކިހިނެއް؟
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
17 ޖޫން 2026

1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

17 ޖޫން 2026
1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟
17 ޖޫން 2026

އެތައް ރެކޯޑަކާ އެކު މެސީގެ ޖާދޫ ދައްކާލައިފި

17 ޖޫން 2026
އެތައް ރެކޯޑަކާ އެކު މެސީގެ ޖާދޫ ދައްކާލައިފި
16 ޖޫން 2026

ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

16 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި
16 ޖޫން 2026

އީރާނު ޓީމަށް އެމެރިކާގައި ވިސާ މައްސަލަތަކާ ދަތުރުފަތުރު ހުރަސްތައް

16 ޖޫން 2026
އީރާނު ޓީމަށް އެމެރިކާގައި ވިސާ މައްސަލަތަކާ ދަތުރުފަތުރު ހުރަސްތައް
16 ޖޫން 2026

އީރާން ކޯޗު: "ވޯލްޑް ކަޕްގައި އެންމެ ތަކުލީފު ޖައްސާފައިވާ ޓީމަކީ އަހަރެމެން"

16 ޖޫން 2026
އީރާން ކޯޗު: "ވޯލްޑް ކަޕްގައި އެންމެ ތަކުލީފު ޖައްސާފައިވާ ޓީމަކީ އަހަރެމެން"
16 ޖޫން 2026

ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ މޮޅު ކުޅުމަށް ތައުރީފް އޮހެނީ!

16 ޖޫން 2026
ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ މޮޅު ކުޅުމަށް ތައުރީފް އޮހެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް