Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

16 ނޮވެމްބަރު 2026 | ހޯމަ 09:02

ބަޙްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ޢަރަބި ޤައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ހަމަލާތަކަކީ އަމިއްލަ ނަފްސު ދިފާޢުކުރުމަށް ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނި ނަމަވެސް، މިއީ ބަޙްރައިންގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ މިޞްރާއި ސަޢުދީން ވަނީ ބަޙްރައިނަށް ތާއީދު އިއުލާނުކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 16 ނޮވެމްބަރު 2026 | ހޯމަ 09:02
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) މިސައިލެއް ލޯންޗުކުރާ މަންޒަރު [ފައިލް]

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) މިސައިލެއް ލޯންޗުކުރާ މަންޒަރު [ފައިލް] | އޭއެފްޕީ

އެމެރިކާއާ އޮތް ޒާތީ ހަސަދަވެރިކަން ފިލުވައިލުމުގެ ނިޔަތުގައި ބަޙްރައިންގެ ސަރަހައްދަށް އީރާނުން ހަމަލާދެމުންދާ ކަމަށް ތުހުމަތުކޮށް، އެ ޤައުމުގެ އައްރިފާޢު އަސްކަރީ ވައިގެ ބަނދަރަށް ތެހެރާނުން ދިން އެންމެ ފަހުގެ ވައިގެ ހަމަލާތައް ބަޙްރައިންގެ ޚާރިޖީ ވުޒާރާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ބަޙްރައިންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރުޖީސީ) އާދީއްތަ ދުވަހު ދިން މި ހަމަލާތަކަކީ "އީރާނުން އަލުން ފެށި އުދުވާނީ އަމަލެއް" ކަމަށެވެ. އަދި، މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަން ފާހަގަކޮށް، "އެއްވެސް ބަހަނާއެއްގައި ދައުލަތެއްގެ އިސްތިގުލާލަށް އަރައިގަތުމަކީ ޝަރުޢީ ގޮތުން ކުރެވޭނެ ކަމެއް ނޫން" ކަމަށް އެ ބަޔާނުގައިވެ އެވެ.

Advertisement - worldAdvertisement

"އެހެން ފަރާތްތަކާއެކު އޮތް ހިސާބުތައް ކިރާލުމަށް [ހަސަދަ ފިލުވައިލުމަށް ނުވަތަ ރައްދު ހަމަލާދިނުމަށް] ބަޙްރައިންގެ ބިން ބޭނުންކުރުމާ ދެކޮޅު ހަދާ ކަމަށާއި، މި ހަމަލާތަކާއި އޭގެ ސަބަބުން ނުކުންނަ ނަތީޖާތަކުގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަންޖެހޭނެ،" ބަޙްރައިންގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުންޏެވެ.

ބަޙްރައިންގެ އަސްކަރިއްޔާއިން ބުނީ، އެ ޤައުމަށް އަމާޒުކޮށް އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ "ވައިގެ ހަމަލާތައް" ބަޙްރައިންގެ ދިފާޢީ ނިޒާމުތަކުން ހުއްޓުވައި ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. އީރާނުން ހަމަލާ އަމާޒުކުރި ރިފާޢު ވައިގެ މަރުކަޒަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ މަރުކަޒެކެވެ. އަދި، އައިއާރުޖީސީގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަގާމުތަކަށެވެ.

ހަމަލާތަކުގެ ވައްޓަފާޅިއަށް އައި ބަދަލު

އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅޭ ގޮތުން އައިއާރުޖީސީން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، ބަޙްރައިންގައި ހުންނަ އެމެރިކާގެ ކުރީބައިގައި އިންޒާރުދޭ 'އަރލީ ވޯނިންގ' ރާޑަރު މަރުކަޒަކަށް ހަމަލާދީ އެ ތަން ހަލާކުކޮށްލާފައިވާނެ ކަމަށް އެ ލަޝްކަރުން ވަނީ ހުކުރު ދުވަހު ބުނެފަ އެވެ. އަދި، ހުކުރު ދުވަހު އީރާނުން ފޮނުވާލި ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ބަޙްރައިނުން ވަނީ ބުނެފަ އެވެ.

މި މަސްރަހު ދިރާސާކުރާ މުރާސިލު، ރަސޫލް ސަރްދާރު ބުނީ، ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން ދޭތެރެދޭތެރެއިން ދެމުންދިޔަ ހަމަލާތަކަށް ރައްދު ނުދީ އީރާނުން މަޑުޖެހިލައިގެން އޮތް ނަމަވެސް، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ބަޙްރައިނަށް ހަމަލާދީފައިވާ ކަމަށެވެ.

"އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔައީ މަޑުމައިތިރި، އާދައިގެ ވަރެއްގެ އަސްކަރީ ހަރަކާތްތަކެއް. އެ ގޮތުން ދޭތެރެދޭތެރެއިން އެމެރިކާއިން ދިޔައީ އީރާންގެ ދެކުނު ސަރަހައްދުގައި ހުރި އަސްކަރީ ވަސީލަތްތަކަށް، ޚާއްސަކޮށް މުވާސަލާތީ ޓަވަރުތަކަށް ހަމަލާދެމުން،" ސަރްދާރު ބުންޏެވެ.

ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެފައިވާ ކަމަށް އޭނާ ދެކެ އެވެ. "މިއީ، މިހާރު ހަނގުރާމައިގެ އައު އުސޫލު ކަމަށް ބެލެވޭ،" ސަރްދާރު ބުންޏެވެ.

އީރާނުން ހަމަލާތައް ދިފާޢުކުރުން

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވަނީ ތެހެރާންގެ ހަމަލާތައް ދިފާޢުކުރައްވައި، އީރާނަށް ހަމަލާދިނުމުގައި އެމެރިކާއަށް ގަލްފުގެ ޤައުމުތަކުން އެހީތެރިވަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

"އީރާނަށް ހަމަލާދިނުމުގައި އެމެރިކާއަށް އެހީތެރިވުމަށް މި ސަރަހައްދުގެ ޤައުމުތަކުން އަދާކުރި ދައުރު ހާމަވާ ހުރިހާ ހެކިތަކެއް ވަނީ ރެކޯޑުކުރެވިފައި،" ބަޣާއީ ވިދާޅުވި އެވެ. ހަމަމިއާއެކު، ތެހެރާނުން މިހާރު ޚާރިޖީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، "މި މައްސަލަ ސީރިއަސްކަމާއެކު ކުރިއަށް ގެންދާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޣާއީ ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކުން އުދުއްސާލި މިސައިލްތަކާއި، ޑްރޯންތަކާއި، މަތިންދާބޯޓުތަކުގެ އިތުރުން، އެމެރިކާގެ ސިފައިންނަށް ފޯރުކޮށްދިން ލޮޖިސްޓިކް އެހީތެރިކަމަކީ އެ ޤައުމުތަކުގެ ބައިވެރިވުން އޮތްކަމުގެ ސާފު ހެއްކެއް ކަމަށެވެ.

ޔަހޫދީ އިސްރާއީލަށް އިޝާރާތްކުރައްވައި ބަޣާއީ ތުހުމަތުކުރެއްވީ، "އެމެރިކާއާއި ސިހްޔޫނީ ދައުލަތުން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އުދުވާންތަކުގެ ނަތީޖާތަކުގެ ޒިންމާ، މި ސަރަހައްދުގެ މި ޤައުމުތަކުން އުފުލަންޖެހޭނެ ކަން އޮތީ ވަރަށް ސާފުކޮށް،" ކަމަށެވެ.

އަވައްޓެރި ޤައުމުތަކަށް ދިން ހަމަލާތަކަކީ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ހައްގު ދައުލަތްތަކަށް ލިބިދޭ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން ޝަރުޢީ ހަމަލާތަކެއް ކަމަށް ބަޣާއީ ވިދާޅުވި އެވެ.

"މި ޤައުމުތަކުގެ އިސްތިގުލާލާ ދެކޮޅަށް އީރާނުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާނެ،" ތެހެރާންގެ ހަމަލާތަކަކީ "ހަމައެކަނި ދިފާޢީ ގޮތުން އެޅި ފިޔަވަޅުތަކެއް" ކަމަށާއި، ހަމަލާ އަމާޒުކޮށްފައި ވާނީ ހަމައެކަނި އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަސީލަތްތަކަށް އެކަނި ކަމަށް ވިދާޅުވެ ބަޣާއީ ވާހަކަފުޅު ދެއްކެވި އެވެ.

ޢަރަބި ޤައުމުތަކުން ބަޙްރައިނަށް ތާއީދުކުރުން

މިއާއެކު، އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ، "އަޚުވަންތަ ބަޙްރައިންގެ ރަސްކަމަށް އީރާނުން ދިން އަނިޔާވެރި ހަމަލާތަކަކީ އެ ޤައުމުގެ އިސްތިގުލާލަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުމެއް ކަމަށާއި، އެއީ ބަޙްރައިންގެ ސަލާމަތާއި ހަމަޖެހުމާއި ސަރަހައްދީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.

މިޞްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ގޮތަށް ދޭ ހަމަލާތަކާ އެ ޤައުމުން "ކަނޑައެޅިގެން ދެކޮޅު ހަދާ ހެދުން ތަކުރާރުކުރާ" ކަމަށެވެ.

"ބަޙްރައިންއާއި ގަލްފުގެ ޤައުމުތަކުގެ ސަލާމަތަކީ މިޞްރުގެ ޤައުމީ ސަލާމަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއް. އަދި، އެއީ ޢަރަބި ޤައުމީ ސަލާމަތުގެ އެންމެ މުހިންމު އެއް ތަނބު،" މިޞްރުގެ ބަޔާނުގައި ބުންޏެވެ. މި ހަމަލާތަކާ ގުޅިގެން ސަޢުދީ ޢަރަބިއްޔާއާއި ޤަޠަރުން ވެސް ވަނީ އީރާންގެ އަމަލުތައް ކުށްވެރިކޮށް ބަޙްރައިނާއެކު އޮތްކަން ހާމަކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-ބަހްރައިންއައިއާރުޖީސީއިސްމާޢީލް ބަޣާއީއީރާން-އެމެރިކާއިސްރާއީލު-އީރާން-އެމެރިކާ

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
15 ނޮވެމްބަރު 2026

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

15 ނޮވެމްބަރު 2026
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި

15 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި
15 ނޮވެމްބަރު 2026

ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި

15 ނޮވެމްބަރު 2026
ޓްރަމްޕްގެ ދަޢުވާތަކާ ޚިލާފަށް، އީރާނުގެ މިސައިލް ޚަޒާނާގެ ބޮޑު ބައެއް އަލުން އިއާދަކޮށްފި
14 ނޮވެމްބަރު 2026

"އުދުވާން ހިންގަނީ އެމެރިކާއިން": އަލުން ހަމަލާ ދީފި ނަމަ ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން އިންޒާރު ދީފި

14 ނޮވެމްބަރު 2026
"އުދުވާން ހިންގަނީ އެމެރިކާއިން": އަލުން ހަމަލާ ދީފި ނަމަ ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން އިންޒާރު ދީފި
14 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި

14 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި
13 ނޮވެމްބަރު 2026

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

13 ނޮވެމްބަރު 2026
ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
12 ނޮވެމްބަރު 2026

ބަދަލުހިފުމުގެ ފިޔަވަޅެއްގެ ގޮތުން އާޖެންޓީނާގެ ކަނޑާއި ވައިގެ ސިފައިންނަކީ ނިރުބަވެރި ޖަމާޢަތްތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި

12 ނޮވެމްބަރު 2026
ބަދަލުހިފުމުގެ ފިޔަވަޅެއްގެ ގޮތުން އާޖެންޓީނާގެ ކަނޑާއި ވައިގެ ސިފައިންނަކީ ނިރުބަވެރި ޖަމާޢަތްތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި
12 ނޮވެމްބަރު 2026

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

12 ނޮވެމްބަރު 2026
އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި
12 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް

12 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް