Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުހައްމަދު ސައީދު

ދިވެހިންނަށް "ވާރުތަވި" ސައީދު!

5 ނޮވެމްބަރު 2026 | ބުރާސްފަތި 06:05

ދައުލަތުގެ ދަރަންޏަކީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ޤާނޫނީގޮތުން އުފުލަންޖެހޭ މާލީ އިލްތިޒާމަކަށް ވާއިރު، އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ތަކުރާރުކޮށް "ވާރުތަވި ދަރަނީގެ" ވާހަކަ ދައްކަވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ތަފާތު ސަރުކާރުތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ސައީދަށް އިގުތިސާދީ ނަތީޖާ ނެރެނުދެވޭތީ، ރައްޔިތުންނަށް ހަގީގަތުގައި ވާރުތަވެގެން މިއުޅެނީ ދަރަންޏަށްވުރެ ބޮޑަށް އޭނާގެ މަގާމުތައް ކަމަށް ގިނަ ރައްޔިތުން ބުނޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 06:05
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު | ރާއްޖެއެމްވީ ގްރެފިކްސް

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުންނާއި މީޑިއާތަކުގެ ފަލަސުރުޚީތަކުން އެންމެ ގިނައިން އަޑުއިވޭ އެއް ބަހަކީ "ވާރުތަ" އެވެ. ޚާއްސަކޮށް މިނިސްޓަރު މުހައްމަދު ސައީދަށް ޕޯޑިއަމެއް، މައިކްރޯފޯނެއް ނުވަތަ ނޫސްވެރިއެއްގެ ސުވާލެއް ކުރިމަތިވެއްޖެނަމަ، ދައްކަވާ ވާހަކަފުޅާ ކަމާ ނުގުޅުނަސް، ވާހަކަ ނިންމަވާލައްވަނީ "ވާރުތަވި ދަރަންޏާ" ގުޅުވައިގެންނެވެ. ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ނިޔަތުގައި ނޫސްވެރިއަކު ނުވަތަ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް ވެސް، ދުރުދުރުން ވަޑައިގެން ގުޅުވާލައްވަނީ ހަމަ މި ދެންނެވި ވާރުތަޔާ އެވެ. ސައީދު ފަދަ ތައުލީމީ ބޭފުޅުންނަށް ދަރަންޏަކީ ކޮބައިކަމާއި، ޤައުމެއްގެ ދަރަނި ހިނގާ ގޮތް ނޭނގޭ ކަމަށްވަންޏާ އެއީ ބޮޑު މައްސަލައެކެވެ. މިއަދު ދިވެހި ރައްޔިތުން ސުވާލު އުފައްދަނީ އެހެން ކަމަކާ އެވެ. ދިވެހި ރައްޔިތުންނަށް މެންބަރު ކަމަށް ވެސް އަދި މިނިސްޓަރުު ކަމަށް ވެސް ހަގީގަތުގައި ވާރުތަވެގެން މިއުޅެނީ ސައީދު ހެއްޔެވެ؟ ކޮންމެ ސަރުކާރެއްގައި ސައީދަށް މުސާރަދީ، އޭނާގެ އަންބޮޑި ބޮޑުކުރަން ރައްޔިތުންނަށް މަޖުބޫރުވަނީ ހެއްޔެވެ؟

ދިވެހިރާއްޖޭގެ މިހާރުގެ ޤާނޫނީ އަދި ސިޔާސީ ނިޒާމަށް ބަލާއިރު، މިއީ ވާރުތަވާ މަގާމުތަކެއް ނޫނެވެ. އެއް ދައުރަށްވުރެ ގިނަ ދައުރުގައި ނުވަތަ ތަފާތު ސަރުކާރުތަކުގައި މީހަކު މަގާމު ފުރުއްވަނީ މަގާމު ވާރުތަވެގެން ނޫންކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު މިހާރު މިއީ ބޮޑުވަރެކެވެ.

މުހައްމަދު ސައީދު ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ދައުރުގައި އޭނާ ހުންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމުގަ އެވެ. އޭގެ ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ. އަދި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވައި ޕީއެންސީގެ ނައިބު ރައީސްކަން ވެސް ފުރުއްވި އެވެ. އަނެއްކާވެސް ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 17 ނޮވެމްބަރު 2023ން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މަޤާމު ފުރުއްވަމުން ގެންދަވަނިކޮށް، ކެބިނެޓަށް ގެނެވުނު ބަދަލާއެކު މިހާރު އޭނާ ހުންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމުގަ އެވެ. ދެ ސަރުކާރެއްގެ ކެބިނެޓް މިނިސްޓަރުުކަން ލިބިވަޑައިގެންނެވި ނަމަވެސް، ނަތީޖާއެއް ނުދެއްކި އެތައް ދުވަހެއްވާއިރު، އަދިވެސް އިވެނީ "ވާރުތަވި ދަރަނީގެ" ވާހަކަ އެވެ.

ހަޤީޤަތަކީ، ޤައުމީ ފެންވަރުގައްޔާއި ބޮޑެތި ކުންފުނިތަކުން ތަރައްޤީގެ މަޝްރޫއުތަކަށް ލޯނު ނެގުމަކީ އުމްރާނީ އަދި އިގްތިސާދީ ކުރިއެރުން ހޯދުމަށް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ބޭނުންކުރާ އާންމު މާލީ ވަސީލަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ބޮޑެތި ޚަރަދުތައް ހިނގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެއްފަހަރާ ހޯދައި، އެ މަޝްރޫއުތަކުން ލިބޭ މާލީ ފައިދާއިން ދަރަނި އަނބުރާ ދެއްކުމެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ ދަރަންޏަކީ ޤައުމުގެ ބަޖެޓު ފޫބެއްދުމަށާއި، ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެކި ދައުރުތަކުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކާއި މާލީ އިލްތިޒާމްތަކެވެ. މި ދަރަނި މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކަށް ދައްކަންޖެހޭ އެތެރޭގެ ދަރަންޏާއި، ބޭރުގެ ޤައުމުތަކާއި ބޭންކުތަކުން ނަގާފައިވާ ބޭރުގެ ދަރަންޏެވެ. ސަރުކާރު ބަދަލުވެ، އެއް ދައުރުން އަނެއް ދައުރަށް ދަތުރުކުރާއިރު ވެސް ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަކީ ހުއްޓުމެއްނެތި ކުރިއަށްދާ ޤާނޫނީ އަދި މާލީ އިލްތިޒާމެކެވެ.

ވެރިކަމަށް އަންނަ ކޮންމެ އައު ސަރުކާރަކުން ވެސް ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ހުރިހާ ދަރަންޏަކަށް ޒިންމާވާންޖެހެ އެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މާލީ ހަމަތަކުގައި ލޯނު ދޫކުރަނީ ވަކި ރައީސަކަށް ނުވަތަ ވަކި ސަރުކާރެއްގެ ދައުރަކަށް ނޫނެވެ. ލޯނު ދެނީ ދިވެހި ދައުލަތަށެވެ. އެހެންކަމުން، އިންތިޚާބަކުން ސަރުކާރު ބަދަލުވިޔަސް، ދިވެހި ދައުލަތުން ބޭރުގެ ޤައުމުތަކާއި ބޭންކުތަކާއެކު ވެފައިވާ އެއްބަސްވުންތައް ދެމިއޮވެ އެވެ. ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި "ދަރަނި ދެއްކުން" މިއީ ކޮންމެހެން ހިމަނަންޖެހޭ އެންމެ އިސްކަންދޭ އެއް ބަޔެވެ. އައު ސަރުކާރުން ބަޖެޓު އެކުލަވާލާއިރު، އެ ދައުރެއްގައި މުއްދަތު ހަމަވާ ލޯނުތަކުގެ އަސްލު ފައިސާ އާއި އިންޓްރެސްޓް ދެއްކުމަށް ފައިސާ ކަނޑައަޅަންޖެހެ އެވެ.

މީގެ އިތުރުން، ކުރީގެ ދައުރުތަކުގައި ނަގާފައިވާ ލޯނުތައް ދައްކަން ދަތިވާ ހާލަތްތަކުގައި، ލޯނު ދިން ފަރާތްތަކާ ވާހަކަ ދައްކައިގެން މުއްދަތު ދިގުކުރުމާއި، ނުވަތަ އައު ބޮންޑެއް، ލޯނެއް ނަގައިގެން ކުރީގެ ދަރަނި ރީފައިނޭންސް ކުރުމަކީ ދުނިޔެ ޤަބޫލުކުރާ މާލީ އުސޫލެކެވެ. އެހެންކަމުން، ސިޔާސީ ގޮތުން ވެރިކަން ބަދަލުވިޔަސް، ދައުލަތުގެ މާލީ ނިޒާމު ހިނގަނީ ކުރީގެ ދައުރުތަކުގެ ދަރަނިތަކަށް ފުރިހަމަ އަށް ޒިންމާވާނެ ފަދަ ދެމެހެއްޓެނިވި އުސޫލެއްގެ މަތިންނެވެ.

ކުރީގެ ސަރުކާރުތަކުން ލޯނު ނަގާފައިވާ ކަމާއި، އެއީ ދައުލަތުން ދައްކަންޖެހޭ އެއްޗެއްކަން ރަނގަޅަށް އެނގިތިބެ، އަދި އެކަންކަން މެނޭޖްކުރާނެ ގޮތް ހޯދައިގެން، "ފެހި ސިގްނަލާ" އެކު ވެރިކަމަށް އައިސް، ދެއިރު ދެދަޅައަށް ވާރުތަވި ދަރަންޏޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ އެވެ. ވެރިކަމަށް އައުމަށްފަހު އިގްތިސާދީ ނަތީޖާއެއް ނުދެއްކި، ބޭކާރު ވާހަކަތައް ދައްކަވާތީ ރައްޔިތުން މިއަދު ތިބީ އިންތިހާއަށް ކަންބޮޑުވެފަ އެވެ.

ހަގީގަތަކީ މިއަދު ދިވެހިންނަށް ސުވާލުކުރެވެނީ ގައުމުގެ ދަރަންޏަކަށް ނޫނެވެ. ދައުލަތުގެ ކޮންމެ މުހިންމު މަގާމަކުންނާއި ކޮންމެ ސަރުކާރަކުން، ރައްޔިތުންގެ ކަރުގައި އަޅުވާފައިވާ ބޮޑު ތަކުލީފެއް ފަދައިން ފެންނަން މި ހުންނަވަނީ ސައީދު އެވެ. ދިވެހި ރައްޔިތުންނަށް ހަގީގަތުގައި ވާރުތަވެގެން މިއުޅެނީ ދަރަންޏެއް ނޫނެވެ. ވާރުތަވެގެން މިއުޅެނީ ސައީދު ކަމަށް ބުނުމުގެ ފުރުސަތު މިއަދު އެބައޮތެވެ.

މުހައްމަދު ސައީދު ޤައުމީ ދަރަނިޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް

04 ނޮވެމްބަރު 2026
ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް
04 ނޮވެމްބަރު 2026

ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!

04 ނޮވެމްބަރު 2026
ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!
04 ނޮވެމްބަރު 2026

ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!

04 ނޮވެމްބަރު 2026
ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
02 ނޮވެމްބަރު 2026

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

02 ނޮވެމްބަރު 2026
ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
30 އޮކްޓޯބަރު 2026

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

30 އޮކްޓޯބަރު 2026
ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
25 އޮކްޓޯބަރު 2026

އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟

25 އޮކްޓޯބަރު 2026
އަލައްބާރަށް ރަސްމާލެ ކަށަވަރު. ރައްޔިތުންގެ ފޯމަށް ވާނީ ކިހިނެތް؟
23 އޮކްޓޯބަރު 2026

ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2026
ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން: ރައީސް ނަޝީދު
18 އޮކްޓޯބަރު 2026

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

18 އޮކްޓޯބަރު 2026
އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ
18 އޮކްޓޯބަރު 2026

35 ގަޑިއިރަށްފަހު، ސައީދު ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

18 އޮކްޓޯބަރު 2026
35 ގަޑިއިރަށްފަހު، ސައީދު ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް