Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް

5 ނޮވެމްބަރު 2026 | ބުރާސްފަތި 12:50

ރައީސް މުއިއްޒުގެ ސަރުކާރުން އިގުތިސާދީ އަދި ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރާ ގޮތުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ. ޚާއްސަކޮށް ރަސްމާލެ މަޝްރޫއާއި ދަރަނީގެ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރާ ގޮތުން ދައުލަތުގެ އަސާސީ ރުކުންތަކަށް އުނިކަން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 12:50
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

މަނިކުފާނެވެ. 2023 ވަނަ އަހަރު، 17 ނޮވެންބަރުގައި ރައްޔިތުންނާ އެންމެ ފުރަތަމަ މަނިކުފާނު މުޚާތަބުކުރެއްވީ ތިޔަ ވިދާޅުވާ ތާރީޚީ ބިމުގައި ޖުމްހޫރީ މައިދާނުގައި ހުންނަވައިގެންނެވެ. ތިޔަ ތާރީޚީ ބިމުގައި މިނިވަންކަމުގެ ރަމްޒު ކަމުގައިވާ، ފަޚްރުވެރި ދިވެހި ދިދައިގެ ހިޔަލުގައި ހުންނަވައިގެންނެވެ. އެއަށްވުރެ ވެސް ތަފްސީލް ކޮށްލަދޭނަމެވެ. މުޚާތަބު ކުރެއްވީ ވެސް އެ ދިދަޔަށް އިޝާރާތް ކުރައްވަ އެވެ.

މަނިކުފާނު ވިދާޅުވި އެވެ. "އިގުތިސާދު އަލުން ކޮޅަށްޖަހައި، ދަރަނީގެ ދަންތުރަތަކުން ދިވެހި ދައުލަތް ސަލާމަތްކޮށްދޭނެ ކަމަށެވެ.

މަނިކުފާނެވެ. އިގުތިސާދުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ތިޔަ ގެނައި ވަގުތާ ނުބައްދަލު ޑްރޯންތަކަށް ދެއްކި ޑޮލަރާއި ރައްޔިތުންނަށޭ ބުނެ ބޭރު ބަޔަކަށް ދޭން ރަސްމާލެ ހިއްކަން ތިޔަ އަޅާލި ޑޮލަރުތަކާ ހެދި އިގުތިސާދު މިވަނީ ކަރުތާ ފެނުގަ އެވެ. ވެރިކަމަށް އަންނާން އިންޑިޔާއަށް ގޮވުނު އެއްޗަކާއެކު ހުރި ޑޮލަރުކޮޅު ދެއްކީމާ ވާނެ ހައެތިވެ ރައްޔިތުން މިތިބީ އަންގަޔާއި އަތާ ދިމާ ނުވާ ހާލަތުގަ އެވެ. ކިތަންމެ ބުންޏަސް ކަންމަތީ ފިހާރައަށް ދާ މީހާގެ އިހުސާސް މަނިކުފާނަށް އެނގޭނަމަ އިގުތިސާދުގެ ވާހަކަ ދައްކާން ހިސާބަކަށް ލަދު ވެސް ގަތީހެވެ.

ތެދެކެވެ. އުމްރާނީ ތަރައްޤީގެ ވާހަކައާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ރަތް ރޮނގު، ވަރަށް ފަލަކޮށް ދަމައި، ދަމަހައްޓާނެ ވާހަކަ އެހާމެ ފަށުވިކޮށް ދެއްކެވި އެވެ.

މަނިކުފާނެވެ. ދައުރުގެ ދެބައިން ނެއްޓި ނިމުމާ ދިމާއަށް ދަނީ އެވެ. އަދިވެސް ތިޔަ ވިދާޅުވަނީ ގެންނާނަމޭ އެވެ. އަންނަނީ އެވެ. ކުރާނަމޭ އެވެ. އިސްކަން ދެއްވައިގެން ނުކުރައްވާނެ ހަމަ އެންމެ ކަމެއް ވެސް ވާހަކައަކުން ނެތެވެ. އެކަމަކު އެންމެ ގާ ބުރިއެއް ވެސް އަދި ތިޔައުޅެނީ ނުބޭއްވި އެވެ. ތިޔަ ވިދާޅުވާ މިނިވަންކަމުގެ ރަތްރޮނގަށް ފަސްއަޅައި ރަސްމާލޭގައި އެހެން ދީނެއްގެ ބަޔަކު ވަޒަންވެރި ކުރުވަން ތިޔަވަނީ ރަނގަޅަށް އަރުވާ ޖައްސަވާފަ އެވެ.

މަނިކުފާނެވެ. ބަޔަކު ޒިންމާދާރުކަމެއްނެތި ދަރަނި ނަގަމުން، ފައިސާ ޗާޕުކުރަމުންދިޔަ ސަޤާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް މިދަނީ، ދައްކައި ޚަލާސްކުރަމުންނޭ ތިޔަ ވިދާޅުވަނީ ކާކަށް ކޯންޗެއް އޮޅުވާލަންތޯ އެވެ. އެއްވެސް ސަރުކާރެއް ނިމޭއިރު އޭގެ ކުރީ ސަރުކާރަކުން ނަގުލުވި ދަރަނި ނޯންނާނެ ސަރުކާރެއް ނޯންނާނެ އެވެ. ދަރަނި ދައްކަން ތިޔަ ނަގާ ދަރަންޏާއި ތިޔަ ވިއްކާ ކުރު މުއްދަތުގެ ބޮޑެތި ބޮންޑުތައް ނޭނގޭ މީހަކު މިއަދު ބަޅުކުރި ހިސާބަކު ނެތެވެ. މަނިކުފާނެވެ. ފައިސާ ޗާޕް ނުކުރަމޭ ނަމެއްގައި ވިދާޅުވިއަސް ޗާޕްކުރަން ޖެހި މަޅިއަށް ނުރުހި ޕެންޝަން އޮފީހުގެ އިސް އެންމެނާއި ބޯޑާއި ޗެއަރމަން އިސްތިއުފާ ދެއްވީ ދިވެހިންގެ ކުރިމަތީގަ އެވެ.

މަނިކުފާނެވެ. މި ޤައުމުގައި ތިބި ބޭރުގެ ސިފައިން ފޮނުވައިލެވިއްޖެ ވާހަކައަކީ މިހާރު ބައު ވާހަކަ އެވެ. މޮޅުވާހަކައެއްގެ ގޮތުގައި ދެއްކެވިއަސް ކުޑަމިނުން އެއީ ކިތަން މީހުން ކަމެއް ވެސް މަނިކުފާނަކަށް ބުނެއެއް ނުދެވެ އެވެ. އަމުދުން އިހުއޮތް އެއްބަސްވުން ސިއްރުސިއްރުން އައުކޮށް ހަމަ އެމީހުން އެހެން ޔުނީފޯމެއް ލައްވައިގެން ގެނެސް ގެންގުޅޭކަން މިހާރު އޮޅުވައެއް ނުލެވޭނެ އެވެ. އެއަށްވުރެ ދިވެހީން ތިބެނީ ރޯފިލަ އެވެ.

މަނިކުފާނެވެ. މި ޤައުމުގެ ސިޔާދަތީ ފުރިހަމަ ބާރުގެ ތެރޭގައި އޮތް މާސިންގާ ބިޔަ ބޮޑު ކަނޑުގެ ސަރަހައްދެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، ދޫކޮށްލި ސަރަހައްދާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި، ރާއްޖެއިން ކުރަންޖެހޭ މަސައްކަތް ވަނީ ފެށިފައިވާކަމަށް ވިދާޅުވާން ޗާގޯސް މައްސަލައިގައި ކޮމިޝަނެއް ތިޔަ ނެގި ސަބަބު ތިޔަ ވިދާޅުވީ އަމިއްލަފުޅަށެވެ. ކުރިން ބަންޑާރަނައިބު ވިދާޅުވި ބޭރުގެ ލޯޔަރުން ލައްވާ ފެށްޓެވި އެއްވެސް ކަމެއް ފެންނާންނެތި ދެން ރާއްޖެއަށް ފޯޅަވެހި ނުލިބޭތާނގައި ކުރިން އޮތްގޮތައް އެހެންބައެއްގެ އަތްމަތީގައި އެތަން އޮތުން އޯކޭ ކަމަށް ވިދާޅުވީ ޚުދު މަނިކުފާނެވެ.

ނިންމާލާނަމެވެ. އެއް ވާހަކައަކަށް ބަލާލާފަ އެވެ. މަނިކުފާނު އެރުވި ފުރިހަމަ ޔަޤީންކަމަކަށް ބަލާލާފަ އެވެ. ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމްވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ، ޤައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް، އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވީތީ އެވެ. އޭގެ ބަދަލުގައި، އަޅާ ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ދިވެހި ޤައުމީ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައިކަމަށް ވިދާޅުވީތީވެސް މެ އެވެ. އަހަރެން އެއްޗެކޭ ނުބުނާނަމެވެ.

ނަޞްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ތިޔަ ވިދާޅުވާ އެއްޗެއްގެ މާނަ މަނިކުފާނަށް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

"ދިވެހި ޤައުމު/ދައުލަތުގެ އަސާސީ ތިން ރުކުނަކީ،

  1. ދިވެހި ރައްޔިތުން
  2. ދިވެހި ދައުލަތުގެ ސަރަހައްދު (ބިމާއި ކަނޑާއި އޭގެ މަތީގައިވާ ޖައްވު ހިމެނޭހެން)
  3. ސަރުކާރު (ޕޮލިޓިކަލް އޮތޯރިޓީ)

މިތަނުން ކޮން ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށްތޯ މަނިކުފާނު ކަންތައް ނުކުރައްވަނީ؟!" ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ބޮޑު ސަރަހައްދެއްގައި، ގަރުނަކަށް ފަހު ގަރުނެއް ދެމިގެންދާ ގޮތަށް ޣައިރު މުސްލިމުން ވަޒަންވެރި ކުރުވުމަށް މަގުފަހިވެގެންދާ ގޮތަށް، ރައްޔިތުންގެ ބިން، ރައްޔިތުންގެ ރުހުމަކާ ނުލައި އީގަލް ހިލްސް އަށް ދިނުމަށްވާ، ގަދަރުވެރި އެއްބަސްވުމަކީ ނުވަތަ “ބެކް ރޫމް ޑީލް” އަކީ އޭގެ ނަތީޖާ ރައީސް މުއިއްޒު ތަހައްމުލް ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"ބުނެވުނު ޑީލް ތަންފީޒުކުރެވިއްޖެ ނަމަ، ދިމާވާނެ ޖިއޯ ޕޮލިޓިކްސްގެ މައްސަލަތަކާއި ދިވެހި ޤައުމުގެ ޑެމޮގްރެފިކް ސްޓްރަކްޗަރަށް އަންނާނެ ބަދަލާއި އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަމާއި ދީނީ އެއްބައިވަންތަކަން ގެއްލިގެންދާއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖަވާބުދާރީ ވެވަޑައިގަންނަވަން މަނިކުފާނު ހުންނަވާނަންތޯ؟" ޑރ. ޑީޑީ ވިދާޅުވި އެވެ.

ތިންވަނަ ރުކުނަށް ބައްލަވާލައްވަމުން ޑރ. ޑީޑީ ވިދާޅުވީ ދުސްތޫރީ ފަންޑަމެންޓަލް ޕްރިންސްޕަލް އެއްކަމަށްވާ ބާރުތައް ވަކިވެފައި އޮތުމުގެ ނިޒާމާއި އަދްލު އިންސާފުގެ ނިޒާމާއި، މިނިވަން މުއައްސަސާތަކަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ފަންކްޝަންކުރާ ނިޒާމުތަކެއް ނޫން ކަމަށެވެ.

"ވީމާ، ޤައުމުގެ ކޮން ރުކުނަކަށް އުނިކަމެއް ނާންނަ ގޮތަކަށްތޯ މަނިކުފާނު ކަންތައް ކުރައްވަނީ؟!" ޑރ. ޑީޑީ ވިދާޅުވި އެވެ.

ކޮންމެއަކަސް ނަޞްރުގެ ދުވަހު ވެސް ތިޔަ ދެއްކެވީ ހިތުން މޮޅު ވާހަކަ ފުޅެކެވެ. ކިތަންމެ ފަށުވިކޮށް ދެއްކެވިއަސް ތިޔަ ވާހަކަތަކުގައި އަސަރެއް ނެތެވެ. ކުރިން ދެއްކެވި ވާހަކަފުޅުތަކުގެ އިތުރުން ތިޔަވާހަކަފުޅު ވެސް ދައްކަވަމުން ކަންކުރައްވާ ގޮތުންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އެވިދާޅުވާ ގޮތުން އުނިކަން ނުގެންނަ ހަމަ އެންމެ ރުކުނެއް ވެސް ނެތުމުންނެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީޑރ. މުހައްމަދު މުއިއްޒުނަސްރުގެ ދުވަސް

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

4

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

5

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2026

ދިވެހިންނަށް "ވާރުތަވި" ސައީދު!

05 ނޮވެމްބަރު 2026
ދިވެހިންނަށް "ވާރުތަވި" ސައީދު!
04 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!

04 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!
04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!
03 ނޮވެމްބަރު 2026

މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް

03 ނޮވެމްބަރު 2026
މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ޚާއްސަ އިހުތިފާލުތައް ފަތިސް ނަމާދުގެ ބޮޑު ޖަމާއަތަކުން ފަށައިފި

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ޚާއްސަ އިހުތިފާލުތައް ފަތިސް ނަމާދުގެ ބޮޑު ޖަމާއަތަކުން ފަށައިފި
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟
02 ނޮވެމްބަރު 2026

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

02 ނޮވެމްބަރު 2026
ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް