Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ފާއިތުވި ހަފްތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ 67.9 އިންސައްތަ އަނބުރާ ހޯދި!

11 ނޮވެމްބަރު 2026 | ބުދަ 09:32

ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 3 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، މީގެ ތެރެއިން 67.99 އިންސައްތަ ފައިސާ ފުލުހުން ވަނީ ހޯދާފައި. އެންމެ ގިނައިން ހުށަހަޅާފައިވަނީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މައްސަލަތައް ކަމަށްވާއިރު، އޯޓީޕީ ފަދަ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ނޮވެމްބަރު 2026 | ބުދަ 09:32
ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާ ހޯދުން

ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާ ހޯދުން | ޕޮލިސް

މި ހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްއާ ގުޅޭ އެކި ބާވަތުގެ 38 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

އެ ސެންޓަރުން އާންމު ކޮށްފައިވާ ފާއިތުވި ހަފްތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި އެކަނި ވެސް ސްކޭމްގެ މައްސަލަތަކުގައި 3 ލައްކަ އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަނީ ގެއްލިފަ އެވެ. އެގޮތުން ޖުމްލަ 356,163.40 (ތިން ލައްކަ ފަންސާސް ހަ ހާސް ސަތޭކަ ފަސްދޮޅަސް އިން ރުފިޔާ ސާޅިސް ލާރި) ގެއްލިފައިވާ ކަމަށް ތަފާސްހިސާބުގައިވެ އެވެ.

Advertisement - newsAdvertisement

ގެއްލުނު ފައިސާގެ 67.99 އިންސައްތަ ފައިސާ އަނބުރާ ހޯދާފައިވާއިރު، ހޯދިފައި ވަނީ ޖުމްލަ 245,389.64 (ދެ ލައްކަ ސާޅިސް ފަސް ހާސް، ތިން ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ކަމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފަ އެވެ. 

ފާއިތުވި ހަފްތާގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 12 ހުށަހެޅުނު ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އީ-ކޮމާސްއާ ގުޅޭ 9 މައްސަލަ، ހުއްދަ ނެތް ޓްރާންސެކްޝަންގެ 4 މައްސަލަ، އިންވެސްޓްމަންޓްއާ ގުޅޭ 4 މައްސަލަ، ބުކިންގ ކެންސަލް / ރިފަންޑްގެ 3 މައްސަލަ، ނޭނގުމުގެ ތެރޭގައި ހިންގާ ސްކޭމްގެ 3 މައްސަލަ އާއި އެހެނިހެން 3 މައްސަލަ ހިމެނޭ ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ އެއްވެސް މީހަކު އެމީހެއްގެ ޕިން، އޯޓީޕީ ނުވަތަ ބޭންކް ކޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބޭންކުން ނުވަތަ އެއްވެސް އިދާރާއެއްގެ ނަމުގައި ގުޅައިގެން އޯޓީޕީ އަށް އެދުނަސް އެއީ ސްކޭމް ކުރުމަށް ހޯދާ މައުލޫމާތު ކަމަށާއި އެފަދަ ކޯލެއް ލިބިއްޖެނަމަ ވަގުތުން ފޯނު ކަނޑާލައި ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.  

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުސްކޭމްއީ-ކޮމާސް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2026

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ބައި ލައްކައަށް ވުރެ ގިނަ ފައިސާއާއި ގިނަ އަދަދެއްގެ ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި 4 މީހުން ހައްޔަރުކޮށްފި

01 ނޮވެމްބަރު 2026
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ބައި ލައްކައަށް ވުރެ ގިނަ ފައިސާއާއި ގިނަ އަދަދެއްގެ ޑޮލަރު ފޭރުނުކަމުގެ ތުހުމަތުގައި 4 މީހުން ހައްޔަރުކޮށްފި
26 އޮކްޓޯބަރު 2026

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި

26 އޮކްޓޯބަރު 2026
ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ފުލުހުން ސޮއިކޮށްފި
07 ސެޕްޓެމްބަރު 2026

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

07 ސެޕްޓެމްބަރު 2026
ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
22 އޯގަސްޓު 2026

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92000 ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

22 އޯގަސްޓު 2026
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92000 ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
15 އޯގަސްޓު 2026

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 4 ލައްކަ ރުފިޔާ ގެއްލުނުއިރު 2 ލައްކަ ރުފިޔާ އަނބުރާ ހޯދި

15 އޯގަސްޓު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 4 ލައްކަ ރުފިޔާ ގެއްލުނުއިރު 2 ލައްކަ ރުފިޔާ އަނބުރާ ހޯދި
30 ޖުލައި 2026

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

30 ޖުލައި 2026
ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!
25 ޖުލައި 2026

މި ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

25 ޖުލައި 2026
މި ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
18 ޖޫން 2026

ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި

18 ޖޫން 2026
ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި
02 ޖޫން 2026

ބުކިންޑޮޓްކޮމް އިން ރީފަންޑް ދެނީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމެއް، ސަމާލުވުމަށް އެދެފި

02 ޖޫން 2026
ބުކިންޑޮޓްކޮމް އިން ރީފަންޑް ދެނީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމެއް، ސަމާލުވުމަށް އެދެފި
20 މެއި 2026

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި

20 މެއި 2026
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް