Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ސްކޭމް ސެންޓަރު

ބުކިންޑޮޓްކޮމް އިން ރީފަންޑް ދެނީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމެއް، ސަމާލުވުމަށް އެދެފި

ބުކިންޑޮޓްކޮމްގެ ނަމުގައި ރިފަންޑެއް ދޭން ކަމަށް ބުނެ ކާޑުގެ މައުލޫމާތު ހޯދުމަށް ފޮނުވާ ފިޝިންގް ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކާޑުގެ ތަފްސީލާއި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތައި ރަސްމީ އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތު ކަށަވަރުކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދޭ. އެއްވެސް ކުންފުންޏަކުން ރިފަންޑް ދިނުމަށް ކާޑުގެ ސިއްރު މައުލޫމާތު ހޯދަން ލިންކެއް ނުފޮނުވާނެކަން ވެސް ފުލުހުން ފާހަގަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ޖޫން 2026 | އަންގާރަ 06:16
ބުކިންޑޮޓްކޮމް އިން ރީފަންޑް ދެނީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ކުރަން ސްކޭމް މެސެޖު

ބުކިންޑޮޓްކޮމް އިން ރީފަންޑް ދެނީ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ކުރަން ސްކޭމް މެސެޖު | މޯލްޑިވްސް ޕޮލިސް ސާރވިސް

ބުކިންޑޮޓްކޮމް ގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާ ކަމަަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

އެ ސެންޓަރުން ބުނީ ބުކިންޑޮޓްކޮމް ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޮނުވަމުންދާ މި މެސެޖަކީ ރިފަންޑެއް ދޭންވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިންގް ލިންކެއް ކަމަށެވެ.

Advertisement - newsAdvertisement

ފިޝިންގް ލިންކަކީ ކާކުކަން ނޭނގޭ ގޮތަށް، ބޭންކުތަކުން ނުވަތަ އެކި ކުންފުނިތަކުގެ ނަމުގައި ސައްހަ ލިންކެއްގެ ސިފަ ދައްކައިގެން މީހުންނަށް އޮޅުވާލައިގެން ސްކޭމް ކުރުމަށް ފޮނުވާ ލިންކެކެވެ. މިފަދަ ސްކޭމް ލިންކެއް ދެނެގަންނާނެ ގޮތް ކިޔައިދީ އެންޓި ސްކޭމް ސެންޓަރުން ބުނީ ރަސްމީ ބުކިން.ކޮމްގެ ބަދަލުގައި އެ މެސެޖުގައި ވަނީ ކުރު ލިންކެއް ކަމަށެވެ. އަދި އަވަސް ކުރުވުމަށް 24 ގަޑިއިރު ތެރޭގައި މައުލޫމާތު ހިއްސާ ކުރަންޖެހޭނެ ކަމަށް ބުނެފައިވާކަން ވެސް އެ ސެންޓަރުން ފާހަގަކޮށްފައިވެ އެވެ. 

އެންޓި ސްކޭމް ސެންޓަރުން ބުނީ ކާޑުގެ ސިއްރު މައުލޫމާތު ހޯދުމަށް އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި މުއްދަތު ހަމަވާ ތާރީޚު ނުވަސަ ސެކިއުރިޓީ ކޯޑު ހޯދަން ލިންކެއް ނުފޮނުވާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރި ވުަމަށް އެފަދަ ލިންތަކަށް ނުފިއްތުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފަ އެވެ. އޭގެ އިތުރުން އޯޓީޕީ އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް ވެސް އެ ސެންޓަރުން އެދިފައިވެ އެވެ. މީގެ އިތުރުން މިފަދަ ކަންކަމުގައި ރަސްމީ އެޕްލިކޭޝަން ނުވަތަ އަސްލު ވެބްސައިޓަށް ވަދެ، އެކަންކަން އަމިއްލައަށް ޗެކްކުރުމަށް އެ ސެންޓަރުން އިލްތިމާސް ކޮށްފައި ވެ އެވެ. 

އެ ސެންޓަރުން ވަނީ ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށް ފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. 

މީގެ ކުރިން ވެސް ފުލުހުން ވަނީ މިފަދަ އިލްތިމާސްތައް ކޮށްފަ އެވެ. އެގޮތުން ފަސޭހަ އިން ފައިސާ ލިބޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިޝްތިހާރުތަކަށް އިޖާބަ ނުދިނުމާ މިފަދަ ކަންކަމަށް ހިތްވަރު ލިބޭ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި ޝައްކުކުރެވޭ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ނެޝެނަލް އިމަރޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅުމަށް ނުވަތަ 125 އަށް ގުޅުމަށް އެދޭ ކަމަށެވެ. 

ބުކިންގ.ކޮމްފުލުހުންގެ އެންޓި ސްކޭމް ސެންޓަރުފިޝިން

އިތުރަށް ކިޔާލަން

20 މެއި 2026

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި

20 މެއި 2026
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި
19 އެޕްރީލު 2026

މިދިޔަ ހަފްތާގައި 496،383 ރުފިޔާ ސްކޭމުގައި ޖެހިގެން ގެއްލުނު: ފުލުހުން

19 އެޕްރީލު 2026
މިދިޔަ ހަފްތާގައި 496،383 ރުފިޔާ ސްކޭމުގައި ޖެހިގެން ގެއްލުނު: ފުލުހުން
07 އެޕްރީލު 2026

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

07 އެޕްރީލު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު