Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ވެރިކަން

ރައީސް މުއިއްޒު އެ ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެންކަމަށް ރައީސްގެ ބޭބެ ވިދާޅުވެއްޖެ!

29 ނޮވެމްބަރު 2026 | އާދީއްތަ 08:08

ރައީސް މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެ މުޙައްމަދު މުޖުތަބާ އާދަމް ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރައީސަށް ސާފުވާނެ. ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ވަށައިޖެހުމަށް ނުރައްކާވާނެ ކަމެއް ކަމަށް ފާހަގަކުރައްވައި، އެއީ ރައްޔިތުން ނުކުމެ ހުއްޓުވަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2026 | އާދީއްތަ 08:08

ރައީސް މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެ މުޙައްމަދު މުޖުތަބާ އާދަމް | ރާއްޖެ ޓީވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެންކަމަށް ރައީސް މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެ މުހައްމަދު މުޖުތަބާ އާދަމް ވިދާޅުވެއްޖެ އެވެ.

މުޖުތަބާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ މުޖުތަބާ ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ހާލަތާއި އިޤްތިސާދީ ހާލަތުގެ މައުލޫމާތު އިންތިޤާލީ މަރުހަލާގައި ރައީސް މުއިއްޒަށް އޮންނަންވާނީ ސާފުވެވަޑައިގެންފައި ކަމަށެވެ. ހުވާ ކުރެއްވުމުގެ ކުރިން އެ މައުލޫމާތުތައް ރައީސަށް އެރުވިފައިވާ ކަމަށާއި، އެހެންކަމުން ހުވާ ކުރެއްވިއިރު ޤައުމުގެ ހާލަތު ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި އަދާކުރުމާ ގުޅޭގޮތުން މުޖުތަބާ ވިދާޅުވީ ދަރަނި ދެއްކުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން އުޅެނީ "ހިތާދޫ މީހުންނަށް ހުދުފޮށާ ލިބިގެން" އުޅޭހެން ކަމަށެވެ.

މުޖުތަބާ ވިދާޅުވީ މިހާރު އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ރައީސް މުއިއްޒު އެ ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެން ކަމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ، މިއީ މުޅި ދިވެހި ރައްޔިތުންވެސް ނުކުމެ ހުއްޓުވަންޖެހޭ މަޝްރޫއެއް ކަމަށެވެ.

ސަރުކާރުން ރާވާފައި އޮތްގޮތަށް މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ބޮޑުތަކުރުފާނު މީގެ ހަތަރުސަތޭކަ އެތައް އަހަރެއް ކުރިން ބިނާ ކުރެއްވި އައްދައުލަތުލް މަހަލްދީބިއްޔާ ވުޖޫދުން ފުހެވިގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާއަކީ ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. އެގޮތުން މުޖުތަބާއަކީ ރައީސް މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެއެވެ. އޭނާއަކީ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކުގައި ލިޔުއްވައި، ޝުއޫރު ފާޅުކުރައްވާ ބޭފުޅެކެވެ.

ޑރ. މުހައްމަދު މުއިއްޒުމުޙައްމަދު މުޖުތަބާ އާދަމްރަސްމާލެ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވައިފި!

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ބޮޑު ކްލައުޑް ނިޒާމު ހެކްކޮށް، މިސައިލާއި ރާޑަރުގެ މައުލޫމާތުތަކަށް ނުރައްކާވެއްޖެ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2026

ސިއްހީ ހައްގުން ރައްޔިތުން މަހުރޫމު، ބޮޑުންނަށް ރައްޔިތުންގެ ފައިސާ!

28 ނޮވެމްބަރު 2026
ސިއްހީ ހައްގުން ރައްޔިތުން މަހުރޫމު، ބޮޑުންނަށް ރައްޔިތުންގެ ފައިސާ!
28 ނޮވެމްބަރު 2026

އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮން ބައެއްކަން ނޭނގޭއިރު، އެކަން ބެލޭނެ ގޮތެއް ވެސް ނެތް: ގާނޫނީ ވަކީލު ހަމްޒާ

28 ނޮވެމްބަރު 2026
އީގަލް ހިލްސް ކުންފުނީގެ ހިއްސާދާރުންނަކީ ކޮން ބައެއްކަން ނޭނގޭއިރު، އެކަން ބެލޭނެ ގޮތެއް ވެސް ނެތް: ގާނޫނީ ވަކީލު ހަމްޒާ
27 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ފަދަ ބޮޑު މަޝްރޫއަކަށް ދާއިރު މިހާރުން މިހާރަށް ވެސް ދިވެހިންނަށް ލިބޭ މަންފާއެއް ފެންނަން އޮންނަން ޖެހޭނެ: އީވާ

27 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ފަދަ ބޮޑު މަޝްރޫއަކަށް ދާއިރު މިހާރުން މިހާރަށް ވެސް ދިވެހިންނަށް ލިބޭ މަންފާއެއް ފެންނަން އޮންނަން ޖެހޭނެ: އީވާ
27 ނޮވެމްބަރު 2026

ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ

27 ނޮވެމްބަރު 2026
ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ
27 ނޮވެމްބަރު 2026

ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް

27 ނޮވެމްބަރު 2026
ބޭހަށާއި ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ކަނޑަށް ޑޮލަރު އޮއްސައިގެން ހިއްކި ރަސްމާލޭގެ ހައްގު އަގު ދިވެހިންނަށް ލިބެންޖެހޭ: މެންބަރު މީކާއީލް
26 ނޮވެމްބަރު 2026

ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު

26 ނޮވެމްބަރު 2026
ރައްޔިތުން ކައިރީ ނާހާ ކުރާ ކަމެއް ކާމިޔާބު ނުވާނެ، ޖީއެމްއާރަށް އެއާޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި ނޭހުނީ ގޯހުން: ރައީސް ނަޝީދު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ބާތިލު މަޝްރޫއެއް، ވޯޓަކަށް އަހަންވީ ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ: ސައްލެ
26 ނޮވެމްބަރު 2026

"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު

26 ނޮވެމްބަރު 2026
"އީގަލް ހިލްސް" އަށް ދޫކޮށްލަން ނިންމާފައިވާ 500 ހެކްޓަރުގެ ބަދަލުގައި މާފަންނު ކޮޅުގައި ހުރި ބިލްޑިންއެއް ވެސް ނަގަން ޖެހޭނެ: އައިކު
26 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް

26 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު ޖައްސަވަނީ 2 އިންތިހާބު އެއްކޮލަން ޖެއްސެވި ފަދަ ގޯސް ހިސާބެއް: ދޮންބިލެތް
26 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން

26 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް