Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި

ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރަށްވުރެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ކާޑުތަކުން ކުރާ ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ގެނައި ހިފެހެއްޓުންތަކަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދިނުމަށް ބީއެމްއެލް އިން ދަނީ މަސައްކަތް ކުރަމުން. މިދިޔަ އަހަރާ އަޅާބަލާއިރު ބޭންކުން ވިއްކި ޑޮލަރުގެ މިންވަރު 47 އިންސައްތަ އިތުރުވެފައިވާއިރު، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެމްއެމްއޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ބޭންކަށް ވަނީ ލިބިފަ. މި ބަދަލާއެކު އޮންލައިންކޮށް މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ.

މަޚްތޫމް
މަޚްތޫމް | 18 ޖޫން 2026 | ބުރާސްފަތި 19:37
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް | ގެޓީ އިމޭޖަސް

ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށްފި އެވެ.

ބޭންކަށް ލިބޭ ޑޮލަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ ހިފެހެއްޓުންތަކެއް ގެންގުޅެފަ އެވެ.

މި ލިމިޓްތަކަށް ބަދަލުގެނައުމާ ބެހޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މިކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެ އެވެ. މީގެ އިތުރުން، އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެ އެވެ. ބޭންކުން ބުނި ގޮތުގައި މި ލިމިޓްތަކަށް މިއަދަދަށް ބޮޑުކުރިފަހުން ބަދަލެއް ގެނެސްފައި ނުވާނެ އެވެ. އަދި، ބޭސްފަރުވާ ނުވަތަ ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުގެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުންދަނީ ބީއެމްއެލް އިންނެވެ.

ބީއެމްއެލްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީދިވެހި ރުފިޔާއީ-ކޮމާސް

އިތުރަށް ކިޔާލަން

20 މެއި 2026

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި

20 މެއި 2026
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި
09 މެއި 2026

ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް

09 މެއި 2026
ބޭންކް އެކައުންޓް ކުއްޔަށް ދިނުން: މިއީ ޖިނާއީ ބޮޑެތި ކުށްތަކަށް މަގުފަހިވެ، ހަރުކަށި އަދަބުތައް ކުރިމަތިވެދާނެ ކަމެއް
07 މެއި 2026

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި
27 އެޕްރީލު 2026

ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި

27 އެޕްރީލު 2026
ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި
24 އެޕްރީލު 2026

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު