ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވަނީ!
28 ނޮވެމްބަރު 2026 | ހޮނިހިރު 15:12މުލިއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމާއި ހިލާލީގޭގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދުގެ އިތުރުން އެމްޓީޑީސީގެ ޑީއެމްޑީ ހުސައިން ހަނީފް މަގާމުން ވަކިކުރައްވައިފި. ރައީސް މުއިއްޒުގެ އާއިލީ މި ތިން ބޭފުޅުން މަގާމުން ވަކިކުރެއްވިކަން ރާއްޖެޓީވީއަށް ކަށަވަރުވެފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވޭ


ހޫނު ޚަބަރު
ހއ. ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބައެއް ބޭފުޅުން، މަގާމުތަކުން ވަކި ކުރައްވައިފި އެވެ.
ރާއްޖެޓީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން ވަކި ކުރައްވާފައިވަނީ މުލިއާގޭ ޗީފް އޮފް ސްޓާފް މިނިސްޓަރ އިގްބާލް އާދަމް އާއި ހިލާލީ ގޭ ޗީފް އޮފް ސްޓާފް ސްޓޭޓް މިނިސްޓަރު މުހައްމަދު ވަހީދުގެ އިތުރުން އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިންސް ޑައިރެކްޓަރު ހުސައިން ހަނީފް އެވެ.
މި ތިން ބޭފުޅުންނަކީ ވެސް ރައީސް މުއިއްޒުގެ އާއިލީ ތިން ބޭފުޅުންނެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ސަރުކާރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އިތުރު ތަފްސީލް އަންނަނީ...











