Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި 4 ލައްކަ ރުފިޔާ ގެއްލުނުއިރު 2 ލައްކަ ރުފިޔާ އަނބުރާ ހޯދި

15 އޯގަސްޓު 2026 | ހޮނިހިރު 12:53

މިދިޔަ ހަފުތާގައި ހިންގި ސްކޭމްތަކުގައި އާންމުންގެ އަތުން 4.7 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 2.6 ލައްކަ ރުފިޔާ ފުލުހުން ވަނީ ހޯދާފައި. އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރި އާއި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތަކާ ގުޅޭ މައްސަލަތައް ކަމަށްވާތީ، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 އޯގަސްޓު 2026 | ހޮނިހިރު 12:53
ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާ ހޯދުން

ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާ ހޯދުން | ޕޮލިސް

މި ހިނގާ އޮގަސްޓް މަހުގެ 2 އިން 8 އަށް ސްކޭމްގެ ޖުމްލަ 53 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

ރާއްޖޭގައި ހިންގާފައިވާ ސްކޭމްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު އާންމުންގެ އަތުން ޖުމްލަ 475,275.76 (ހަތަރު ލައްކަ ހަތްދިހަ ފަސް ހާސް، ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ ހަތްދިހަ ހަ ލާރި) ގެއްލިފައިވެ އެވެ. ނަމަވެސް މީގެ ތެރެއިން 269,631.27 (ދެ ލައްކަ ފަސްދޮޅަސް ނުވަ ހާސް، ހަ ސަތެކަ ތިރީސް އެއް ރުފިޔާ ހަތަވީސް ލާރި) އަނބުރާ ހޯދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

ސްކޭމްތައް ހިންގުމަށް ބޭނުންކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކާއި، އައިބޭ، ފޯނު ކޯލް، ގޮތް ނޭނގޭ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މިފަދަ އަމަލުތައް ހިންގާފައިވާކަން ފާހަގަކުރެވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެންނެވެ. އެގޮތުން އީ-ކޮމާސްގެ 22 މައްސަލައެއް މިދިޔަ ހަފުތާގައި ވަނީ ހުށަހަޅާފަ އެވެ.

ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތަކާ ގުޅޭ ސްކޭމްތަކެވެ. މި ބާވަތުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ބުކިންގ ކެންސަލް ކުރުމާއި ރިފަންޑް ސްކޭމްގެ 7 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން މީހުންގެ ފަރާތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނުވަތަ އިމްޕާސަނޭޝަންގެ 3 މައްސަލައަކާއި، އެހެނިހެން ބާވަތްތަކުގެ 9 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

ސްކޭމްތަކުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާތީ، އާންމު ރައްޔިތުން މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އަބަދު ވެސް އިލްތިމާސް ކުރެ އެވެ. ވަކިން ޚާއްސަކޮށް އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
07 އޯގަސްޓު 2026

މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި

07 އޯގަސްޓު 2026
މަސްތުވާތަކެތީގެ މައްސަލައިގައި ކުޅުދުއްފުށިން 4 މީހުން ހައްޔަރުކޮށްފި
25 ޖުލައި 2026

މި ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

25 ޖުލައި 2026
މި ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
17 ޖުލައި 2026

ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

17 ޖުލައި 2026
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
14 ޖުލައި 2026

އޭދަފުށި ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

14 ޖުލައި 2026
އޭދަފުށި ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
10 ޖުލައި 2026

ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން

10 ޖުލައި 2026
 ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން
06 ޖުލައި 2026

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއިނަރު ރޯލުތަކެއް ވަގަށް ނަގައިފި

06 ޖުލައި 2026
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއިނަރު ރޯލުތަކެއް ވަގަށް ނަގައިފި
04 ޖުލައި 2026

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި

04 ޖުލައި 2026
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް