Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

މަގާމުން ވަކިކުރެއްވި އިގްބާލް އަދި ވަހީދުގެ ބަސް: އެއްވެސް ސަބަބެއް އަންގާފައިނުވޭ!

29 ނޮވެމްބަރު 2026 | އާދީއްތަ 15:16

ފަހަކަށް އައިސް ބޭއްވި ބައި-އިލެކްޝަންތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އާއިލީ ބޭފުޅުން ހިމެނޭހެން ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ކުއްލި ގޮތަކަށް މަގާމުން ވަނީ ވަކިކޮށްފައި. މި ބޭފުޅުން މަގާމުން ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، މީގެ ކުރިން ވެސް އިންތިޚާބީ ނަތީޖާތަކާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތައް ގެނެސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2026 | އާދީއްތަ 15:16
މަގާމުން ވަކި ކުރައްވާފައިވަނީ މުލިއާގޭ ޗީފް އޮފް ސްޓާފް މިނިސްޓަރު އިގްބާލް އާދަމް އާއި ހިލާލީ ގޭ ޗީފް އޮފް ސްޓާފް ސްޓޭޓް މިނިސްޓަރު މުހައްމަދު ވަހީދުގެ އިތުރުން އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިންސް ޑައިރެކްޓަރު ހުސައިން ހަނީފް

މަގާމުން ވަކި ކުރައްވާފައިވަނީ މުލިއާގޭ ޗީފް އޮފް ސްޓާފް މިނިސްޓަރު އިގްބާލް އާދަމް އާއި ހިލާލީ ގޭ ޗީފް އޮފް ސްޓާފް ސްޓޭޓް މިނިސްޓަރު މުހައްމަދު ވަހީދުގެ އިތުރުން އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިންސް ޑައިރެކްޓަރު ހުސައިން ހަނީފް | ސަން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުން ވަކިކުރެއްވިއިރު، އެއްވެސް ސަބަބެއް އަންގަވާފައި ނުވާ ކަމަށް އެ މަގާމުގައި ހުންނެވި އިގުބާލް އާދަމް ވިދާޅުވެއްޖެ އެވެ.

ވަޒީފާއިން ވަކިކުރެއްވުމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އިގުބާލް ވިދާޅުވީ، މަގާމުން ވަކިކުރެއްވި ކަމަށް ބަޔާންކޮށް ފޮނުއްވި ލިޔުމުގައި ހަވާލާދެއްވާފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އަށް އެކަނި ކަމަށެވެ. އަދި އޭގެ އިތުރު އެއްވެސް ސަބަބެއް ނުވަތަ ތަފްސީލެއް އެ ލިޔުމުގައި ބަޔާންކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ނިންމުމަކީ ދާދިފަހުން ބޭއްވުނު އިންތިޚާބުގެ ނަތީޖާއާ އެއްވެސް ގުޅުމެއް އޮތް ކަމެއްތޯ ނުވަތަ މިކަމާ ގުޅޭ އެއްވެސް އިޝާރާތެއް ކުރިން ލިބިވަޑައިގަންނަވާފައިވޭތޯ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން އިގުބާލް ވިދާޅުވީ، އެއީ އިންތިޚާބާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމެއް ސީދާ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރިން އަންގަވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިގްބާލް ވިދާޅުވީ، ވަޒީފާ ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އަދި ވަކިކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން ކަމަށްވުމުން، އެކަމުގައި އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ.

މީގެ އިތުރުން ހިލާލީ ގޭގެ ޗީފް އޮފް ސްޓާފުގެ މަގާމުން ވަކިކުރެއްވި، މުހައްމަދު ވަހީދު ރާއްޖެއެމްވީއަށް ވިދާޅުވީ، އޭނާ އެ މަގާމުން ވަކިކުރެއްވި އެއްވެސް ސަބަބެއް ވެސް އަންގަވާފައިނުވާ ކަމަށެވެ. އަދި މިނޫން އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.

އިތުބާރު ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ، ވަށަފަރުގެ ބައި-އިލެކްޝަންއާ ގުޅިގެން ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެ ބައްދަލުވުމުގައި މި ގޮނޑި ކާމިޔާބު ނުކުރެވޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވަހީދު ވިދާޅުވެފައިވާ ކަމަށެވެ. 

މި ބައްދަލުވުމަށްފަހު، އެ ދާއިރާގެ ހުރިހާ މަސައްކަތަކުން ވަހީދު އެކަހެރި ކުރެއްވި ކަމަށާއި، ވަށަފަރު ދާއިރާގެ ޕީއެންސީގެ މަސައްކަތްތަކާއި އިންތިޚާބީ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް މީޑިއާ ހައުސް (އެމްއެމްޓީވީ) ގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒާހިރުއާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އޭނާ އިތުރަށް މައުލޫމާތު ދިން ގޮތުގައި، ވަހީދު ބަދަލުކޮށް އެ މަސައްކަތްތައް ޒާހިރުއާ ހަވާލުކުރުމުން ވެސް ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެކަމާ ނުރުހުންވެ، ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ. އަދި މި ބަދަލާ ގުޅޭގޮތުން ރައީސަށް ވެސް ކަންކަން ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ޝަކުވާއަކަށް ހައްލެއް ނުލިބުނު ކަމަށް މި މަސްދަރުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިނެވެ. 

އިގުބާލް އާއި ވަހީދު ވަޒީފާއިން ވަކި ކުރެއްވިއިރު، އެމްޓީޑީސީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން، ހުސައިން ހަނީފް ވެސް ވަނީ ވަކިކުރައްވާފަ އެވެ. މި ތިން ބޭފުޅުންނަކީ ވެސް ރައީސް މުއިއްޒުގެ އާއިލީ ތިން ބޭފުޅުންނެވެ. 

ވ.ތިނަދޫ، ވަށަފަރު އަދި ހުޅުދޫ ބައި-އިލެކްޝަންގެ ވޯޓުލުން މިމަހުގެ 28 ވަނަ ދުވަހު ބާއްވާފައިވާއިރު، ސަރުކާރު ވަނީ ބަލިވެފަ އެވެ. އަދި މި 3 ބޭފުޅުން މަގާމުން ވަކިކުރެއްވީ ބައި-އިލެކްޝަންގެ ނަތީޖާ ލިބުނުފަހުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

މީގެ އިތުރުން އޭޕްރީލް މަހުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެއްކަމަށްވާ ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 

އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، އޭނާ އިސްތިއުފާ ދެއްވާފައިވަނީ 4 އޭޕްރިލް 2026 ގައި ބޭއްވި އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކަށާއި ކުންފުނިތަކުގެ ވެރިންނަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭނާ އަކީ ވެސް ރައީސް މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.

އިގްބާލް އާދަމްހުސައިން ހަނީފްއަލީ އާރިފްޑރ. މުހައްމަދު މުއިއްޒުވަޒީފާއިން ވަކިކުރުން

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވައިފި!

2

ރައީސް މުއިއްޒު އެ ހުންނެވީ ދިވެހި ދައުލަތާ އިދިކޮޅަށް ބަޣާވަތް ކުރައްވައިގެންކަމަށް ރައީސްގެ ބޭބެ ވިދާޅުވެއްޖެ!

3

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

4

ލަންކާއިން ޔުގީތު މިނިވަންވެ، ނޭޕާލުން ހައްޔަރަށް: މިވީ ކިހިނެއް، މިކަމުގައި އިހުމާލުވީ ކޮން އިދާރާއަކުން؟

5

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2026

މުއިއްޒުގެ ސިނގު ރުޅިގަނޑުން އެތައްހާސް ވާހަކައެއް

29 ނޮވެމްބަރު 2026
މުއިއްޒުގެ ސިނގު ރުޅިގަނޑުން އެތައްހާސް ވާހަކައެއް
26 ނޮވެމްބަރު 2026

ބޭހެއް ނެތް. ބޭސްގެންނަން ހެދި ކުންފުނިން ބޭސް ބަހައްޓާނެ ގުދަން ހެދުމުގެ ޕްލޭންތަކުގައި

26 ނޮވެމްބަރު 2026
ބޭހެއް ނެތް. ބޭސްގެންނަން ހެދި ކުންފުނިން ބޭސް ބަހައްޓާނެ ގުދަން ހެދުމުގެ ޕްލޭންތަކުގައި
23 ނޮވެމްބަރު 2026

"ކޫލް ސްކޫލް" މަޝްރޫއު: ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި 2025 ގައި އޭސީ ހަރުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް 103 ސްކޫލެއްގެ މަސައްކަތް ނުނިމޭ!

23 ނޮވެމްބަރު 2026
"ކޫލް ސްކޫލް" މަޝްރޫއު: ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި 2025 ގައި އޭސީ ހަރުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް 103 ސްކޫލެއްގެ މަސައްކަތް ނުނިމޭ!
17 ނޮވެމްބަރު 2026

އިހަވަންދިއްޕޮޅުގެ މަޝްރޫއު ޔޫއޭއީގެ ސަރހް ގްރޫޕާ ހަވާލުކޮށްފި

17 ނޮވެމްބަރު 2026
އިހަވަންދިއްޕޮޅުގެ މަޝްރޫއު ޔޫއޭއީގެ ސަރހް ގްރޫޕާ ހަވާލުކޮށްފި
16 ނޮވެމްބަރު 2026

މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު

16 ނޮވެމްބަރު 2026
މިއަދު އޭޖީ ރައީސަށް ލަފާ އަރުވަނީތޯ ނުވަތަ ރައީސް އޭޖީއަށް ލަފާ އަރުވަނީތޯ އޮޅޭ ހިސާބަށް ގޮސްފި: ކުރީގެ އުއްތަމަފަނޑިޔާރު
15 ނޮވެމްބަރު 2026

އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟

15 ނޮވެމްބަރު 2026
އެންމެން އެންމެނަށް އެ ގެންގުޅުނީ ކޮން "ބިހެއް"؟
15 ނޮވެމްބަރު 2026

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026
ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟
15 ނޮވެމްބަރު 2026

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026
މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

14 ނޮވެމްބަރު 2026
ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް