Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ސްކޭމް ސެންޓަރު

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި ގެއްލުނު 3 ލައްކަ ރުފިޔާގެ 45 އިންސައްތަ ފައިސާ އެ ހަފްތާގައި ހޯދި

މި މަހުގެ 10 އިން 16 އަށް ހުށަހެޅި 37 ސްކޭމް މައްސަލައެއްގައި ގެއްލުނު ތިންލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 45 އިންސައްތަ ފައިސާ އެންޓި ސްކޭމް ސެންޓަރުން ވަނީ ހޯދާފަ. މި މައްސަލަތަކުގެ ތެރޭގައި އީ-ކޮމާސް ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތައް ގިނަކަން ފާހަގަކުރެވޭއިރު، ޝައްކުކުރެވޭ ކަމެއް ފާހަގަވުމާއެކު ލަސްނުކޮށް ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރޭ. ފިޝިންގ ފަދަ އުކުޅުތަކުގެ މައްސަލަތައް މި މުއްދަތުގައި ރިޕޯޓްކޮށްފައި ނުވުމަކީ އާންމުން ހޭލުންތެރިވަމުންދާކަމުގެ ނިޝާނެއްކަމަށް އެ ސެންޓަރުން ދެކޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 04:26
މި މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށް އެ ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ސްކޭމްގެ 37 މައްސަލަ ވަނީ ރިޕޯޓްކޮށްފަ

މި މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށް އެ ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ސްކޭމްގެ 37 މައްސަލަ ވަނީ ރިޕޯޓްކޮށްފަ | ޕޮލިސް

މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 45 އިންސައްތަ ފައިސާ ހޯދިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހާ ހަމައަށް އެ ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ ސްކޭމްގެ 37 މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 324،774.50  ރުފިޔާ އެވެ. ނަމަވެސް، އެންޓި ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 145،167 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 45 އިންސައްތަ) އަނބުރާ ހޯދާފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގައި ބޭނުން ސްކޭމް ކޮށްފައިވަނީ އޮންލައިން މެސެޖިންގ ޕްލެޓްފޯމްތައް ބޭނުން ކޮށްގެންނާ، އައިބޭ، ފޯން ކޯލް، ފިޝިންގް ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށެވެ. 

އެގޮތުން އީ ކޮމަރސް ޕްލެޓްފޯމްތައް މެދުވެރިކޮށް ސްކޭމް ކުރުމުގެ 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ފައިސާ މާރުކުރުމުގެ 4 މައްސަލައަކާއި، އޮޅުވާލައިގެން މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 8 މައްސަލަ އަދި އެހެނިހެން ސްކޭމްގެ 6 މައްސަލަ ހުށަހަޅާފައި ވެ އެވެ. އެގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެ އެވެ. 

މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. އެންޓި ސްކޭމް ސެންޓަރުން ބުނީ މިއީ މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށެވެ.

އެ ސެންޓަރުން ވަނީ ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށް ފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. 

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުފޭސްބުކް މާކެޓްޕްލޭސްއީ-ކޮމާސްފިޝިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026
ދުނިޔޭގެ އޮންލައިން ވިޔަފާރި: ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތެއް ދޭން ބޮޑު ހަރަދެއް ހިނގާ

ދުނިޔޭގެ އޮންލައިން ވިޔަފާރި: ކަސްޓަމަރުންނަށް ފަސޭހަ ޚިދުމަތެއް ދޭން ބޮޑު ހަރަދެއް ހިނގާ

23 އެޕްރީލު 2026
މިދިޔަ ހަފްތާގައި 496،383 ރުފިޔާ ސްކޭމުގައި ޖެހިގެން ގެއްލުނު: ފުލުހުން

މިދިޔަ ހަފްތާގައި 496،383 ރުފިޔާ ސްކޭމުގައި ޖެހިގެން ގެއްލުނު: ފުލުހުން

19 އެޕްރީލު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

07 އެޕްރީލު 2026
އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު