Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026 | އަންގާރަ 09:22

އީރާނުން ކުރިމަތިކޮށްފާނެ ނުރައްކަލަކާ ގުޅިގެން އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމަތީ ދަރަޖަ 'ޗާލީ' އަށް މަތިކޮށް، ބައެއް މަތިންދާބޯޓުތައް ޖަރުމަނުވިލާތަށް ބަދަލުކޮށްފި. މި ފިޔަވަޅުތައް ވަރުގަދަކުރީ ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތް ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބުމާ ގުޅިގެން ކަމަށްވާއިރު، އީރާނުން ވަނީ އެ ޤައުމަށް ހަމަލާދޭން ބޭނުންކުރާ ކޮންމެ މަރުކަޒަކީ ހަމަލާދިނުން ހުއްދަ އަމާޒެއް ކަމަށް ބުނެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 ނޮވެމްބަރު 2026 | އަންގާރަ 09:22
އިނގިރޭސިވިލާތުގެ ސަފަކް ކައިރީގައި އޮންނަ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) މިލްޑަންހޯލް އަސްކަރީ ވައިގެ ބަނދަރުގެ މައި ގޭޓު

އިނގިރޭސިވިލާތުގެ ސަފަކް ކައިރީގައި އޮންނަ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) މިލްޑަންހޯލް އަސްކަރީ ވައިގެ ބަނދަރުގެ މައި ގޭޓު | ރޮއިޓަރސް

އީރާނުން ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން، އިނގިރޭސިވިލާތުގައި ހުރި ދެވަނަ ވައިގެ މަރުކަޒަކުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް، މި މައްސަލައިގެ މަޢުލޫމާތު އިނގޭ ފަރާތްތަކާ ހަވާލާދީ ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ރޯޔަލް އެއާފޯސް (އާރްއޭއެފް) މިލްޑަންހޯލް އަސްކަރީ މަރުކަޒު ބޭނުންކުރަމުން ދިޔަ އެމެރިކާގެ ވައިގެ ތެރޭގައި ތެޔޮއަޅައިދޭ ދެ މަތިންދާބޯޓާއި އިތުރު އެހެން ޓޭންކަރުތަކެއް، ހޯމަ ދުވަހު ވަނީ ޖަރުމަނުވިލާތަށާއި އެހެނިހެން ސަރަހައްދުތަކަށް މިސްރާބު ބަދަލުކޮށްފައި ކަމަށް، އަންގާރަ ދުވަހު އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، އާރްއޭއެފް މިލްޑަންހޯލްއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ހަގީގީ ތަބީއަތާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންގެ މެދުގައި އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް، އެ ރިޕޯޓުގައި ބުންޏެވެ.

Advertisement - worldAdvertisement

ސަލާމަތީ ފިޔަވަޅުތައް 'ޗާލީ' ގެ ދަރަޖައަށް މަތިކުރުން

މި ނުރައްކަލާ ގުޅިގެން، އާރްއޭއެފް މިލްޑަންހޯލްގެ އިތުރުން ކައިރީގައި އޮންނަ އާރްއޭއެފް ލޭކަންހީތުގެ ސަލާމަތީ ފިޔަވަޅުތައް 'ފޯސް ޕްރޮޓެކްޝަން ކޮންޑިޝަން ޗާލީ' ގެ (އެފްޕީކޮން ޗާލީ) ދަރަޖައަށް އެމެރިކާއިން މަތިކޮށްފައިވާ ކަމަށް، މި މައްސަލައިގެ މަޢުލޫމާތު އިނގޭ އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މިއީ، އެމެރިކާގެ ދިފާޢީ ވުޒާރާގެ ސަލާމަތީ ނިޒާމުގައި ދެވަނައަށް އެންމެ މަތީ ދިފާޢީ ނުރައްކަލުގެ ދަރަޖައަށް ވާއިރު، މި ދަރަޖައަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ "ޓެރަރިސްޓް" ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތް ކަމަށް ޖާސޫސީ މަޢުލޫމާތުތަކުން ދައްކާ ހާލަތްތަކުގަ އެވެ.

"އަޅުގަނޑުމެން އާންމު އުސޫލުން އެހެން ޤައުމުތަކުގެ ހަރަކާތްތަކާ ގުޅޭގޮތުން ކޮމެންޓެއް ނުކުރަން،" އަދި، "އޮޕަރޭޝަނަލް ބޭނުންތަކަށް ރިޢާޔަތްކޮށް، މަތިންދާބޯޓުތަކާއި އެހެނިހެން އަސްކަރީ ވަސީލަތްތައް ގަވާއިދުން އެކި ސަރަހައްދުތަކަށް ބަދަލުކުރަމުންދޭ،" އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. މިއާއެކު، އެކި ސަބަބުތަކާ ހުރެ އެކި އަސްކަރީ މަރުކަޒުތަކާއި އޮޕަރޭޝަން ހިންގާ ސަރަހައްދުތަކުގެ މެދުގައި މަތިންދާބޯޓުތައް ބަދަލުކުރަމުން ގެންދާ ކަމަށް އެމެރިކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު ވެސް ވަނީ ވިދާޅުވެފަ އެވެ.

ފެއާފަރޑްގެ ހާދިސާއާއި ޖާސޫސީ ތުހުމަތުތައް

މި ރިޕޯޓު އާންމުވެފައި މި ވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ އާރްއޭއެފް ފެއާފަރޑް ވައިގެ މަރުކަޒުގެ ބޭރުން ހިނގައިދިޔަ ސަލާމަތީ ހާދިސާއަކާ ގުޅިގެން ފަސް ފިރިހެނަކު ހައްޔަރުކޮށް، އަދި އީރާނުގެ ޖާސޫސީ އިދާރާއަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ފަހުން އިތުރު ދެ މީހަކު ހައްޔަރުކުރިތާ ހަފުތާތަކެއް ފަހުންނެވެ. ސެޕްޓެންބަރު މަހު ހިނގައިދިޔަ މި ހާދިސާގެ ތަފުސީލުތައް އަދިވެސް މުޅިން ސާފުވެފައި ނުވި ނަމަވެސް، ސަލާމަތީ ސަބަބުތަކަށް ޓަކައި އެ މަރުކަޒުގައި ހުރި އެމެރިކާގެ ބީ-1 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް އެހެން ސަރަހައްދަކަށް ގެންދިއުމަށް އެމެރިކާއަށް މަޖުބޫރުވި އެވެ.

މި ހާދިސާތައް ފެންމަތިވެގެން މި ދަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކާ މެދު ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އާރްއޭއެފް ފެއާފަރޑަކީ އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތައް ބޭނުންކުރި މަރުކަޒެކެވެ. މި ގޮތުން، އާރްއޭއެފް ފެއާފަރޑް ކައިރީގައި ހިންގި ހަރަކާތްތަކަކީ އީރާނުން ރާވައިގެން ހިންގި އަމަލުތަކެއް ކަމަށް ބެލެވޭ ކަމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް މިދިޔަ މަހު ވިދާޅުވި އެވެ.

އެ ވައިގެ މަރުކަޒާ ދެކޮޅަށް އެއްވެސް ރޭވުމެއް ރޭވުމުގައި އީރާނުގެ ބައިވެރިވުމެއް ވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ ކަމަށް، އިނގިރޭސިވިލާތުގައި ހުންނަވާ ތެހެރާންގެ ސަފީރު ވިދާޅުވި އެވެ. ނަމަވެސް، ފެއާފަރޑް އަދި އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ކޮންމެ މަރުކަޒަކީ ވެސް ހަމަލާދިނުން ހުއްދަ ޝަރުޢީ އަމާޒުތަކެއް ކަމަށް، އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) 2026 ޖުލައި މަހު ބުންޏެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާއިނގިރޭސިވިލާތްއިސްރާއީލްއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
10 ނޮވެމްބަރު 2026

ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި

10 ނޮވެމްބަރު 2026
ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި
10 ނޮވެމްބަރު 2026

"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު

10 ނޮވެމްބަރު 2026
"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!

09 ނޮވެމްބަރު 2026
"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް