Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

9 ނޮވެމްބަރު 2026 | ހޯމަ 07:06

އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން އިޖާބަނުދީފިނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެ ޤައުމުގެ ޚާރިޖީ ވަޒީރު ދެއްވައިފި. މީގެ ރައްދުގައި ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމެއްގައި ސޮއިނުކޮށްފިނަމަ އެ ޤައުމުގެ މުހިންމު އަމާޒުތަކަށް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް. ދެ ޤައުމުގެ މެދުގައި ބަހުގެ ހަމަލާތައް ވަރުގަދަވެފައި މި ވަނީ ހުރްމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 ނޮވެމްބަރު 2026 | ހޯމަ 07:06
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އޭޕީ

އެމެރިކާއިން އަލުން ހަމަލާތައް ދޭން ފަށައިފިނަމަ، ތެހެރާނުން "ނަރަކައިގެ އަލިފާން އޮއްސައިލާނެ" ކަމަށް ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ އަށް މަސް ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ވޮޝިންގޓަނަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ފަހުގެ އިންޒާރު ދެއްވައިފި އެވެ.

"ހުރިހާ މައިދާނެއްގައި ކުރެވެމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުން ހިމެނޭހެން، އަޅުގަނޑުމެން ހުށަހަޅާފައިވާ ޝަރުތުތަކަށް އިޖާބަދީފިނަމަ އޭގެ ނަތީޖާ ފެންނާނެ ކަމަށް ބުނެ އަޅުގަނޑުމެން ހުށަހެޅި ދެ ދުވަހުގެ މުހުލަތު އަދިވެސް އެބައޮތް،" އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޢަރާޤްޗީ ވިދާޅުވި އެވެ. "ނޫންނަމަ ހަނގުރާމަ އިޚުތިޔާރުކޮށް، ހުޝިޔާރުވެ ތިބި އަދި ހަނގުރާމައިގެ ތަޖުރިބާ ލިބިފައިވާ އަޅުގަނޑުމެންގެ ހަނގުރާމަވެރިން 'ނަރަކައިގެ އަލިފާން އޮއްސައިލާ' މަންޒަރު ބަލަން ތިބޭ،" ޢަރާޤްޗީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

މި އިންޒާރުތަކާ ގުޅިގެން، ތެހެރާނުގެ ނިއުކްލިއަރ ޕުރޮގުރާމާ ގުޅޭގޮތުންނާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ބެހޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނަމަ، އިރާނަށް އަލުން ހަމަލާ ދިނުމަކީ "ވަރަށް ނާދިރު" ކަމެއް ކަމަށް އާދީއްތަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ތައްޔާރީތަކާއި ޓްރަމްޕްގެ ބަސްމަގު

"އެ ކަން ބިނާވެގެން ވަނީ ވަރަށް ވަރުގަދަ އެއްބަސްވުމެއްގައި އެ މީހުން ސޮއިކުރާނެތޯ ނުވަތަ ނޫންތޯ،" އެމެރިކާއިން އީރާނަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް ވިދާޅުވި އެވެ. ހަމަމިއާއެކު، "ބޭނުންވެއްޖެ ހާލަތެއްގައި އަޅުގަނޑު ހަމަލާތައް ކުރިއަށް ގެންދާނަން، ނަމަވެސް އަޅުގަނޑުމެން ވާނީ އެ މީހުންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައި،" ޓްރަމްޕް ވިދާޅުވި އެވެ.

އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާގެ ތިން މަތިންދާބޯޓު އުފުލާ މަނަވަރު "ހަމަލާ ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައި" އެބައޮތް ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ހަމަލާތައް ކުރިއަށް ގެންދެވޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވި އެވެ. މީގެއިތުރުން، އިރާނުގެ 38 ބުރިޖެއް އެމެރިކާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާއަށް "އެއް ގަޑިއިރުގެ ތެރޭގައި" އެ ހުރިހާ ބުރިޖެއް ބިމާ ހަމަކޮށްލެވިދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާއި އިރާނުގެ ރައްދު

އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތަކަށް އީރާނުން "ދޫނުދޭނެ" ކަމަށް ޢަރާޤްޗީއާ ހަވާލާދީ އިރާނުގެ ޚާރިޖިއްޔާއިން އާދީއްތަ ދުވަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޢަރާޤްޗީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ހުރްމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިނެއްގައި ޖެހި، އާދީއްތަ ދުވަހުގެ ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އިރާނުގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވަނިކޮށެވެ. އެ ބޯޓުގެ އައިޑެންޓިފިކޭޝަން ސިސްޓަމްތައް ނިއްވާލާފައިވާ ކަމަށާއި، ބޯޓު ދަތުރުކުރަމުން ދިޔައީ ކަނޑުއޮޅީގެ މަނާ ސަރަހައްދުން ކަމަށް ކަނޑުގެ ސިފައިން ބުންޏެވެ.

އަސްކަރީ ގާބިލުކަން އިތުރުކުރުމާއި ސިޔާސީ މަސްރަހު

ޚާރިޖީ ވަޒީރުގެ ވާހަކަތަކަށް ބާރުދެއްވައި، ކުރިއަށް އޮތް އަހަރުތަކަށް ބޭނުންވާ މިންވަރަށް ހަތިޔާރު "ކަށަވަރުކޮށްފައިވާ" ކަމަށް އިރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރްޖީސީ) އޭރޯސްޕޭސް ފޯސްގެ ކޮމާންޑަރުގެ މުޝީރަކު ވިދާޅުވި އެވެ.

"ސިފައިން ތިބީ ތައްޔާރަށް، އަދި ދުޝްމަނުން ގޯހެއް ހަދައިފިނަމަ، އިރާނުގެ ރައްދު ވާނީ ވަރަށް ގެއްލުންބޮޑު އަދި ހަރުކަށި ރައްދަކަށް،" ސޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި އައިއާރްޖީސީގެ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ބަލާލީ ވިދާޅުވި އެވެ. "ސިފައިންގެ އިސް ކޮމާންޑަރުން ފާހަގަކުރައްވާފައިވާ ފަދައިން، ރޯދަމަހުގެ ހަނގުރާމައަށް ފަހު އަޅުގަނޑުމެން މި ވަނީ އަޅުގަނޑުމެންގެ އަސްކަރީ ގާބިލުކަން އިތުރަށް މަތިކޮށްފައި،" ބަލާލީ ވިދާޅުވި އެވެ.

މި ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން މި ދަނީ، އެމެރިކާގައި ދާދިފަހުން ބޭއްވުނު މިޑްޓަރމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ ބަލިކޮށް، ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ އިންތިޚާބުގެ ސަބަބުން މަޝްވަރާތައް ލަސްވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް، ކުރިއަށް ދާނެ މަގަކަށް އިންތިޒާރު ކުރައްވާ ކަމަށް ޢަރާޤްޗީ ވިދާޅުވި ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެ އެވެ. "ކަންކަން ހަމައަކަށް އެޅި، މެދުވެރިން އަލުން ޒިޔާރަތްތައް ފެށުމަށް އެކަށީގެންވާ މާހައުލެއް ގާއިމުވުމަށް ކޮންމެ ވެސް ވަރެއްގެ ވަގުތެއް ނަގާނެ،" ކަމަށާއި، "އަޅުގަނޑުމެން ޖެހޭނީ އިންތިޒާރުކުރަން،" ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އައްބާސް އަރަގްޗީޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިއައިއާރުޖީސީނިއުކްލިއަރ ޕްރޮގްރާމްއީރާން-އެމެރިކާ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!

09 ނޮވެމްބަރު 2026
"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!
08 ނޮވެމްބަރު 2026

އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

08 ނޮވެމްބަރު 2026
އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް
08 ނޮވެމްބަރު 2026

ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ

08 ނޮވެމްބަރު 2026
ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ
08 ނޮވެމްބަރު 2026

އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!

08 ނޮވެމްބަރު 2026
އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!
08 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް

08 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް
07 ނޮވެމްބަރު 2026

ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި

07 ނޮވެމްބަރު 2026
ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި
07 ނޮވެމްބަރު 2026

އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރަށްޖެއްސި ނަމަވެސް އަލުން ހަމަލާއެއް ދީފާނެ: އީރާން

07 ނޮވެމްބަރު 2026
އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރަށްޖެއްސި ނަމަވެސް އަލުން ހަމަލާއެއް ދީފާނެ: އީރާން
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
07 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް

07 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް