Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢުދީ-ހޫޘީންގެ ކުރިމަތިލުން

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026 | އަންގާރަ 09:12

ޔަމަނުގެ ހޫޘީން ސަޢުދީގެ ރިޔާޟަށާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން، ސަޢުދީ އިއްތިހާދުން ޞަންޢާގައި ހުންނަ ހޫޘީންގެ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި. މި ކުރިމަތިލުންތަކުގައި ސަޢުދީގެ ތެޔޮ ހޮޅިލައިނަކަށާއި އަރަމްކޯގެ އިމާރާތަކަށް ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ ދެ ފަރާތުގެ މެދުގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާކަމުގެ ނިޝާނެއް

ނިއުސް ޓީމް
ނިއުސް ޓީމް | 10 ނޮވެމްބަރު 2026 | އަންގާރަ 09:12
ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިމާރާތްތަކާއި މަގުތައް ފެންނަ އޭރިއަލް ފޮޓޯއެއް

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އިމާރާތްތަކާއި މަގުތައް ފެންނަ އޭރިއަލް ފޮޓޯއެއް | އޭޕީ

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި އެ ޤައުމުގެ ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް ވައިގެ ދިފާޢީ ނިޒާމުން ދިފާޢުކޮށް ވައްޓާލާފައިވާ ކަމަށް، ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ބުނެފި އެވެ.

އަންގާރަ ދުވަހު ދިން މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ އީރާނުގެ މަދަދު ލިބޭ ކަމަށް ތުހުމަތު ކުރެވޭ ހޫޘީ ޖަމާޢަތުން ކަމަށް، އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް-މާލިކީ ވިދާޅުވި އެވެ. ރިޔާޟުގެ ވައިގެ ސަރަހައްދުން ބެލިސްޓިކް މިސައިލަކާއި ކްރޫޒް މިސައިލެއް ގޮއްވާލައި ހަލާކުކޮށްލާފައިވާ ކަމަށާއި، ދެވަނަ ބެލިސްޓިކް މިސައިލް ވައްޓާލީ ޤައުމުގެ ދެކުނު ސަރަހައްދުން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

މި ހަމަލާތަކާއެކު ރިޔާޟުގެ އެކި ހިސާބުތަކަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އެ ރަށުގެ ރައްޔިތުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި، ވައިގެ މަގުން ކުރިމަތިވި ނުރައްކަލަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ހިޔާވަހިކަން ހޯދުމަށް އަންގައި އެ ރަށުގެ ރައްޔިތުންގެ ފޯނުތަކަށް މެސެޖު މެދުވެރިކޮށް އިންޒާރު ފޮނުވާފައިވެ އެވެ. ނަމަވެސް، އެ ނުރައްކާ މިހާރު ފާއިތުވެފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާގެ ސިވިލް ޑިފެންސް އިދާރާއިން ފަހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ހަމަލާތަކާ ގުޅޭގޮތުން ހޫޘީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޞަންޢާއަށް ދިން ވައިގެ ހަމަލާތައް

މި ހަމަލާތަކާ ގުޅިގެން، ހޫޘީންގެ ކޮންޓުރޯލު އޮންނަ ޔަމަނުގެ ވެރިރަށް ޞަންޢާއަށް ސަޢުދީ އިއްތިހާދުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ވެރިރަށުގެ އުތުރުގައިވާ ޖަދަރު އަވަށުގެ އަލް-މުފަޒިރު ގޭސް ފެސިލިޓީއަށާއި، ދެކުނު ޞަންޢާގައި ހުންނަ ދައުލަތުގެ ތެޔޮ ކުންފުނީގެ އިމާރާތަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއާއެކު އަލް-މުފަޒިރު ސްޓޭޝަނުގެ ގޭސް ޓްރެއިލަރުތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިވިލް ޑިފެންސް ޓީމުތަކުން ކުރަމުންދާ ކަމަށް އެ ސަރަހައްދުން ލިބުނު މަޢުލޫމާތުގައި ބުނެ އެވެ. ނަމަވެސް، މި ހަމަލާތައް ދިންކަން އަސްކަރީ އިއްތިހާދުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ކުރިމަތިލުންތަކަކީ ރިޔާޟުން ތާއީދުކުރާ ޔަމަނުގެ ޤާނޫނީ ސަރުކާރާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި ހިނގި އެންމެ ފަހުގެ ހަމަލާ ބަދަލުކުރުންތަކެވެ. ބީވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް ޔަމަނުގެ ސަރުކާރުން ހިންގާ އަސްކަރީ ހަރަކާތްތަކަށް ސަޢުދީ އިސްވެ އޮންނަ އިއްތިހާދުން ވައިގެ މަގުން މަދަދު ފޯރުކޮށްދެމުންދާއިރު، ހޫޘީން ދަނީ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ސަޢުދީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން ހަކަތައިގެ މުހިންމު ވަސީލަތްތަކަށް ތަކުރާރުކޮށް ހަމަލާ ދެމުންނެވެ.

ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކުރާ ނުރައްކާ

މި ގޮތުން ހޯމަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ މަދީނާ ސަރަހައްދުގައި އޮންނަ އީސްޓް-ވެސްޓް ތެޔޮ ހޮޅިލައިނަށް ވެސް އަނެއްކާ ހަމަލާތައް އަމާޒުކުރި އެވެ. އެ ހަމަލާގެ ސަބަބުން ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އަލިފާންގަނޑު ވަގުތުން ނިއްވާލެވުނު ކަމަށާއި "ހޮޅިލައިނުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުލެއް އަރާފައިނުވާ" ކަމަށް ސަޢުދީގެ ހަކަތައާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި އެވެ. މި ހާދިސާގައި އެއްވެސް މީހަކު މަރުވެ ނުވަތަ ޒަޚަމުވެފައި ނުވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅީގައި ތެހެރާނުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، މިއީ ސަޢުދީގެ ތެޔޮ ބޭރުކުރުމަށް އޮތް ނުހަނު މުހިންމު މަގެކެވެ. އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ކާރިސާއެއް އުފެދެމުންދާއިރު، މި ތެޔޮ ހޮޅިއަށް އެކި ފަހަރު މަތިން ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.

ހަމަމިއާއެކު، އާދީއްތަ ދުވަހު ރިޔާޟުގެ ވިޔަފާރި މަރުކަޒީ ސަރަހައްދަށް ހަމަލާދިން ކަމަށް ހޫޘީން ވަނީ ދަޢުވާކޮށްފަ އެވެ. އެ ހަމަލާ ނާކާމިޔާބުކޮށްލުމުގެ ތެރޭގައި ވެއްޓުނު ބައިތަކަކުން ސަޢުދީ އަރަމްކޯ ތެޔޮ ކުންފުނީގެ ޓަވަރަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސަޢުދީގެ އޮފިޝަލުން ވިދާޅުވި އެވެ. އަދި، ރިޔާޟް ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރާއި އެހެނިހެން އިސްވެރިން އެ އިމާރާތް ބައްލަވާލައްވަން ވަޑައިގެންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯތަކުން، އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ގެއްލުން ލިބިފައިވާ މަންޒަރު ފެންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރި މަޢުލޫމާތުން އެނގެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަންރިޔާޟްހޫޡީއީރާންޞަންޢާހޫޘީން-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
08 ނޮވެމްބަރު 2026

ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ

08 ނޮވެމްބަރު 2026
ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ
08 ނޮވެމްބަރު 2026

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި

08 ނޮވެމްބަރު 2026
ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި
08 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް

08 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
05 ނޮވެމްބަރު 2026

ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ތަޢިއްޒުގައި 5،000 އަށްވުރެ ގިނަ މީހުން ބަލިވެ، އާންމުންގެ އެތައް ބަޔަކު މަރުވެއްޖެ
05 ނޮވެމްބަރު 2026

ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ

05 ނޮވެމްބަރު 2026
ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ
05 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ

05 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ
05 ނޮވެމްބަރު 2026

ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2026
ޔަމަނުގައި ސަރުކާރު ސިފައިންނާއި ޙޫޘީންގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގިނަ ބަޔަކު މަރުވެއްޖެ
05 ނޮވެމްބަރު 2026

އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް

05 ނޮވެމްބަރު 2026
އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް