Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްޠީން ޤަތުލުއާންމު

"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު

10 ނޮވެމްބަރު 2026 | އަންގާރަ 03:42

ހުޅަނގު އައްސޭރީގައި ފަލަސްޠީނު ރައްޔިތުންނަށް ދޭ ހަމަލާތަކުގައި އިސްރާއީލުގެ 'ހަގްމާރް' ޔުނިޓުގެ ސިފައިން އާދައިގެ ހެދުމުގައި ބައިވެރިވާ ކަން ތަހުގީގީ ރިޕޯޓަކުން ވަނީ ހާމަވެފައި. މި ޖަރީމާތަކުގައި ސިފައިންނާއި ހަތިޔާރުއެޅި ވަޒަންވެރިން ގުޅިގެން ހަރަކާތްތެރިވާއިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ފަދަ ހަމަލާތަކުގައި ފަލަސްޠީނުގެ 50 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 ނޮވެމްބަރު 2026 | އަންގާރަ 03:42
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ އިސްރާއީލުގެ ސިފައިން ޖެހި ރޭޑެއްގައި ހަތިޔާރު އެޅި ދެ ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ އިސްރާއީލުގެ ސިފައިން ޖެހި ރޭޑެއްގައި ހަތިޔާރު އެޅި ދެ ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ | އަނަދޮލު އޭޖެންސީ

ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިންނާ ގުޅިގެން "ކުލަ ހެދުމުގައި" ނުވަަތަ އާދައިގެ ހެދުމުގައި ތިބޭ އިސްރާއީލުގެ ސިފައިން ބައިވެރިވެ، ގުޅިގެން ހަރަކާތްތެރިވަމުންދާ ކަން ހޯމަ ދުވަހު އާންމުކުރި ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެ އެވެ. މި ކަން ހާމަވެފައި މި ވަނީ އަލް ޖަޒީރާއިން ހިންގި ތަހުގީގީ ރިޕޯޓަކުންނެވެ.

މި ގޮތުން، ފަލަސްޠީނުގެ 14 މީހަކު ޝަހީދުކޮށްލުމުގައި ބައިވެރިވި ޓެރެރިސްޓު ވަޒަންވެރިންނަކީ އަސްކަރިއްޔާގައި ޚިދުމަތްކުރަމުންދާ ސިފައިން ކަމާއި، އެ ޖަރީމާތައް ހިންގި ވަގުތު އޭގެ ތެރެއިން ބައެއް މީހުން ތިބީ އަސްކަރީ ޔުނިފޯމުގައި ކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އާދައިގެ އާންމު ހެދުމުގައި ތިބެ ފަލަސްޠީނުގެ އަވަށްތަކަށް ދޭ ހަމަލާތަކުގައި ސިފައިން ބައިވެރިވާތީ، ހަތިޔާރުއެޅި ޓެރެރިސްޓު ވަޒަންވެރިންނާއި ސިފައިން ވަކިކޮށް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް އެ ތަހުގީގުން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - worldAdvertisement

މި ތަހުގީގު މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އިސްރާއީލު އަސްކަރިއްޔާގެ ސަރަހައްދީ ދިފާޢީ ޔުނިޓެއް ކަމަށްވާ 'ހަގްމާރް' އަށެވެ. އިސްތިއުމާރީ ޓެރެރިސްޓު ވަޒަންވެރިން ރިޒާވިސްޓުންގެ ގޮތުގައި ވައްދާ މި ޔުނިޓުގެ ސަފުތައް 2023 ވަނަ އަހަރުން ފެށިގެން ހަ ގުނައަށް އިތުރުވެފައިވާއިރު، ޤާނޫނާ ޚިލާފަށް ހަދާފައިވާ އާބާދީތައް ބެލެހެއްޓުމުގެ ބަދަލުގައި އެ ޔުނިޓުގެ ދައުރު މިހާރު ވަނީ ފަލަސްޠީނުގެ މުޖުތަމަޢުތަކަށް ސީދާ ހަމަލާދިނުމަށް ވާގިވެރިވުމަށް ބަދަލުވެފައި ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ހަމަމިއާއެކު، އަސްކަރީ ޚިދުމަތުގެ ސަބަބުން، ފަލަސްޠީނު މީހުންނާ ގުޅޭ ނާޒުކު މަޢުލޫމާތުތަކާއި، ހުއްދަ އޮންނަ ހަތިޔާރުގެ އިތުރުން ގަވާއިދުން ދެވޭ އަސްކަރީ ތަމްރީނުތައް ހޯދުމުގެ ފުރުސަތު އިސްތިއުމާރީ ޓެރެރިސްޓު ވަޒަންވެރިންނަށް ލިބިގެންދާ ކަމަށް މަޢުލޫމާތު އިނގޭ އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ހާދިސާއަކީ، ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލް-ޚަލީލް ގެ ދަނޑުބިމެއްގައި ފަލަސްޠީނު މީހަކު ބަޑިޖަހައި ޝަހީދުކޮށްލި މައްސަލަ އެވެ. އެ މީހާ ޝަހީދުކޮށްލުމުގައި ކުލަ ހެދުމުގައި ހުރި އިސްރާއީލު ސިފައިންގެ މީހެއްގެ ސީދާ ބައިވެރިވުން އޮތްކަން ހާމަވެފައިވާ ކަމަށް ތަހުގީގީ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ސިފައިންގެ މީހަކީ އިސްތިއުމާރީ ޓެރެރިސްޓު ވަޒަންވެރިންގެ ޖަމާޢަތްތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށާއި، 2024 ވަނަ އަހަރު އެމެރިކާއިން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްފަހު ފަހުން އެ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އޭނާގެ ނަން އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެ އެވެ. މިއާއެކު، ނާބުލުސްގައި ޒައިތޫނި ހައްދާ ފަލަސްޠީނުގެ ދަނޑުވެރިންނަށް އާންމު ހެދުމުގައި ހުރި އެހެން ސިފައިންގެ މީހަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯތަކެއް ވެސް އެ ތަހުގީގުގައި ވަނީ ދައްކާލާފަ އެވެ.

މި ހޯދުންތައް ފެންމަތިވެފައި މި ވަނީ، އިރުމަތީ ޤުދުސް ހިމެނޭހެން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށާއި އެ މީހުންގެ މުދަލަށް ދޭ ހަމަލާތައް އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން، ނިމިދިޔަ އޮކްޓޫބަރު މަހު އެކަނި ވެސް އިސްތިއުމާރީ ޓެރެރިސްޓު ވަޒަންވެރިންގެ ފަރާތުން 1،369 ހަމަލާއެއް ދީފައިވާ ކަމަށް، ފަލަސްޠީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ވަނީ ރެކޯޑުކޮށްފަ އެވެ. އަދި، 2023 އޮކްޓޫބަރު މަހުން ފެށިގެން 2026 ޖޫން މަހުގެ ނިޔަލަށް އިސްތިއުމާރީ ޓެރެރިސްޓުންގެ 12،506 ހަމަލާ ރެކޯޑުކުރެވިފައިވާއިރު، އެ ހަމަލާތަކުގައި ފަލަސްޠީނުގެ 52 މީހަކު ޝަހީދުކޮށްލައި، ފަލަސްޠީނު މީހުންގެ މުދަލާއި ދަނޑުބިންތަކުގައި 890 އަލިފާނުގެ ހާދިސާ ހިންގާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ވެސްޓް ބޭންކްފަލަސްތީނުއިސްރާއީލްއަލް ޖަޒީރާނަސްލުނައްތާލުމުގެ ހަނގުރާމަ

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
08 ނޮވެމްބަރު 2026

ސިޔާސީ ބޮޑު ކޯޅުމަކަށް ފަހު ނަތަންޔާހޫ އެއްފަރާތްކޮށް، ސަރުކާރު އެކުލަވައިލުމުގެ ދައުވަތު އައިޒެންކޮޓަށް!

08 ނޮވެމްބަރު 2026
ސިޔާސީ ބޮޑު ކޯޅުމަކަށް ފަހު ނަތަންޔާހޫ އެއްފަރާތްކޮށް، ސަރުކާރު އެކުލަވައިލުމުގެ ދައުވަތު އައިޒެންކޮޓަށް!
08 ނޮވެމްބަރު 2026

ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ

08 ނޮވެމްބަރު 2026
ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ
08 ނޮވެމްބަރު 2026

ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި

08 ނޮވެމްބަރު 2026
ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި
07 ނޮވެމްބަރު 2026

ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި

07 ނޮވެމްބަރު 2026
ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
06 ނޮވެމްބަރު 2026

ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާން އދ. އިން ގޮވާލައިފި

06 ނޮވެމްބަރު 2026
ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީވާން އދ. އިން ގޮވާލައިފި
04 ނޮވެމްބަރު 2026

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

04 ނޮވެމްބަރު 2026
"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް