Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި

10 ނޮވެމްބަރު 2026 | އަންގާރަ 09:03

އިރާޤާއި އީރާނު ގުޅޭ ބޯޑަރުތަކުގެ މަރާމާތަށް މަންދަލީ ހުރަސް ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާއިރު، މި ނިންމުމަކީ އެމެރިކާގެ އެދުމަކަށް ނުވަތަ ސިޔާސީ ދަތުރުފުޅަކަށް ބިނާވެފައިވާ ކަމެއް ނޫންކަމަށް އިރާޤުން ބުނެފި. ނަމަވެސް، ބޯޑަރުތައް ބަންދުކުރުމަށް އެމެރިކާއިން އެދެމުންދާ ދިއުމަކީ އިރާޤުގެ އިގުތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވަނީ އިންޒާރުދެއްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 ނޮވެމްބަރު 2026 | އަންގާރަ 09:03
އީރާނާއި އިރާޤު ގުޅޭ ޝީބް ސަރަހައްދީ ހުރަސް [ފައިލް]

އީރާނާއި އިރާޤު ގުޅޭ ޝީބް ސަރަހައްދީ ހުރަސް [ފައިލް] | އަނަދޮލު އޭޖެންސީ

އީރާނާ ގުޅޭ 'ޝީބް' ސަރަހައްދީ ބޯޑަރު ހުރަސް، ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު ފަސިންޖަރުންނަށާއި ވިޔަފާރި މުދާ އުފުލާ އުޅަނދުފަހަރަށް އިރާޤުން އަންގާރަ ދުވަހު އަލުން ހުޅުވާލައިފި އެވެ. ހަމަމިއާއެކު، މަރާމާތު މަސައްކަތްތަކަކަށް ޓަކައި 'މަންދަލީ' ބޯޑަރު ހުރަސް ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަން ވެސް އެ ޤައުމުން ވަނީ ހާމަކޮށްފަ އެވެ.

ޝީބް ހުރަސް އަންގާރަ ދުވަހުގެ ހެނދުނު އިރާޤު ގަޑިން 8:00 ގައި އަލުން ހުޅުވާލީ އޮޕަރޭޝަންތައް ފެށުމަށް ބޭނުންވާ ފަންނީ ކަންކަމާއި އިޖުރާތުތައް ފުރިހަމަކުރުމަށްފަހު ކަމަށް، އިރާޤުގެ ބޯޑަރު ބަނދަރުތަކާ ބެހޭ އިދާރާގެ ވެރިޔާ ޢުމަރު އަލް-ވާޢިލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

Advertisement - worldAdvertisement

ކުރިއަށް އޮތް ވިއްސާރަ މޫސުމަށް ތައްޔާރުވުމަށާއި، ބޯޑަރު ހުރަހުގެ މަރާމާތު މަސައްކަތްތައް ނިންމުމަށް ޓަކައި ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި މަންދަލީ ހުރަސް ބަންދުކުރާނެ ކަމަށް ވެސް އަލް-ވާޢިލީ ވިދާޅުވި އެވެ. ވިއްސާރަ މޫސުމުގައި ކުރިމަތިވާ މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ބޯޑަރު ހުރަހުގެ އެތެރޭގައި ދުއްވާ އުޅަނދުފަހަރުގެ ދަތުރުފަތުރަށް ބުރޫއަރައި ހުރަސްއެޅިދާނެތީ މި މަރާމާތުތައް ކުރުން ކޮންމެހެން ލާޒިމުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މަންދަލީ ހުރަސް ބަންދުކޮށްފައި ބަހައްޓާނީ ކިހާ މުއްދަތަކަށް ކަމެއް ކަމާބެހޭ އިދާރާއިން ސާފުކޮށް ހާމަކޮށްފައި ނުވާއިރު، އެ ތަން އަލުން ހުޅުވާލާނެ ތާރީޚެއް އިޢުލާނުކުރާނީ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

ޖުޣުރާފީ ގޮތުން ބަލާއިރު، އިރާޤުގެ ދެކުނު އިރުމަތީ މައިސާން ޕްރޮވިންސުގައި އޮންނަ ޝީބް ހުރަސް ގުޅެނީ އީރާނުގެ ޚޫޒިސްތާން ޕްރޮވިންސުގެ ޗަޒާބޭ ހުރަހާ އެވެ. އަދި، މަންދަލީ ހުރަސް އޮންނަނީ އިރާޤުގެ އިރުމަތީ ދިޔާލާ ޕްރޮވިންސުގަ އެވެ.

ޝީބް ހުރަސް ބަންދުކުރަން ޖެހުނީ ފަންނީ ގޮތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަވެފައި ނުވުމުން ކަމަށާއި، ނަމަވެސް އެ މުއްދަތުގައި އެހެން ބޯޑަރު ހުރަސްތައް މެދުވެރިކޮށް އީރާނާއެކު ވިޔަފާރީގެ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދިޔަ ކަމަށް، އޮކްޓޫބަރު 21 ގައި އިރާޤު ސަރުކާރުގެ ތަރުޖަމާނު ޙައިދަރު އަލް-ޢައްބޫދީ ވިދާޅުވި އެވެ. މީގެއިތުރުން، ސެޕްޓެންބަރު މަހު ވެސް ޝީބް ހުރަސް ވަގުތީ ގޮތުން ބަންދުކުރިއިރު، އެ ފިޔަވަޅަކީ ބޯޑަރު ހުރަސްތަކުގެ އޮޕަރޭޝަންތައް އަލުން ތަރުތީބުކުރުމަށާއި ހުރަސްތަކުގައި ހިނގާފައިވާ ގަވާއިދާ ޚިލާފު ކަންކަން ތަހުގީގުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އިރާޤުގެ ސެކިއުރިޓީ މީޑިއާ ސެލުން ވަނީ ބުނެފަ އެވެ. އެ ދުވަސްވަރު ދަތުރުވެރިންނަށް ޒުރުބާތިޔާ އަދި އަލް-މުންޛިރިއްޔާ ހުރަސްތައް ހުޅުވާލާފައި ބެހެއްޓުމަށްފަހު، ތާށިވެފައި ތިބި ފަސިންޖަރުންނަށް ޝީބް އަދި ޝަލަމްޗޭ ހުރަސް މެދުވެރިކޮށް ދަތުރުކުރުމުގެ ހުއްދަ ދެއްވުމަށް ބޮޑުވަޒީރު ޢަލީ އައްޒައިދީ އަމުރުކުރެއްވި އެވެ.

ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމުގެ މަގުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޮޑުވަޒީރު އައްޒައިދީ ދާދިފަހުން އީރާނަށް ވަޑައިގެންނެވި ކަމަށް، ތެހެރާންގައި ހުންނަވާ އިރާޤުގެ ސަފީރު ޔާސިރު ޢަބްދުއްޒަހުރާ އަލް-ޙައްޖާޖު ހޯމަ ދުވަހު ވިދާޅުވި އެވެ. ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރަސްމީކޮށް އިޢުލާނުނުކޮށް ކުރެއްވި "އަމިއްލަފުޅު" ދަތުރުފުޅެއް ކަމަށް ވެސް އަލް-ޙައްޖާޖު ވިދާޅުވި އެވެ. ނަމަވެސް، ޝީބް ހުރަސް އަލުން ހުޅުވުން ގުޅިފައި ވަނީ ފަންނީ އިޖުރާތުތައް ފުރިހަމަކުރުމާ ކަމަށާއި، އެ ނިންމުމަކީ ބޮޑުވަޒީރު އީރާނަށް ކުރެއްވި ދަތުރުފުޅާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ބޯޑަރު ބަނދަރުތަކާ ބެހޭ އިދާރާއިން ބުންޏެވެ.

އީރާނާއެކު އޮންނަ ބޯޑަރު ހުރަސްތަކުގެ ތެރެއިން ދެ ހުރަސް ފިޔަވައި އެހެން ހުރިހާ ހުރަސްތަކެއް އެއްކޮށް ބަންދުކުރުމަށް އެމެރިކާގެ މާލީ ވުޒާރާއިން ބަޣުދާދުގެ ކިބައިން އެދިފައިވާ ކަމަށް، އާދީއްތަ ދުވަހު ދެއްވި ޓީވީ ބަސްދީގަތުމެއްގައި އިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވިދާޅުވި އެވެ. އެމެރިކާގެ އެ އެދުމާ ގުޅިގެން ވޮޝިންގޓަނާއެކު އިރާޤު ސަރުކާރުން މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށާއި، އެ އެދުން ތަންފީޒުކޮށްފިނަމަ އިރާޤުގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެ ކަމަށް އިންޒާރުދެއްވަމުން ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އީރާން-ޢިރާޤްއަލީ އަލް ޒައިދީފުއާދު ޙުސައިންއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

ޑްރޯން ހަމަލާއަކާއެކު ކޫރްމޫރުގައި އަލިފާން ރޯވެ، އިރާޤުގެ ކުރުދީ ސަރަހައްދުގެ %70 އިން ކަރަންޓު ކެނޑިއްޖެ

09 ނޮވެމްބަރު 2026
ޑްރޯން ހަމަލާއަކާއެކު ކޫރްމޫރުގައި އަލިފާން ރޯވެ، އިރާޤުގެ ކުރުދީ ސަރަހައްދުގެ %70 އިން ކަރަންޓު ކެނޑިއްޖެ
09 ނޮވެމްބަރު 2026

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!

09 ނޮވެމްބަރު 2026
"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!
08 ނޮވެމްބަރު 2026

އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

08 ނޮވެމްބަރު 2026
އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް
08 ނޮވެމްބަރު 2026

ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ

08 ނޮވެމްބަރު 2026
ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ
08 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް

08 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް