Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި

7 ނޮވެމްބަރު 2026 | ހޮނިހިރު 07:17

ފްލޮރިޑާގެ އޮފިޝަލުންނަށް ލިބިދޭ ބާރުގެ ދަށުން ސީއޭއައިއާރްއަކީ 'ޓެރަރިސްޓް' ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅި މައްސަލަ ބާތިލުކުރަން އެ ޖަމުޢިއްޔާއިން ހުށަހެޅި މައްސަލަ ފެޑެރަލް ކޯޓުން ބޭރުކޮށްލައިފި. މި ނިންމުމާއެކު އެ ސްޓޭޓުގައި ހިންގާ ހަރަކާތްތައް މެދުކަނޑާލާފައިވާއިރު، މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 7 ނޮވެމްބަރު 2026 | ހޮނިހިރު 07:17
އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގަވަރުނަރު ރޮން ޑިސެންޓިސް، އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުން ހައްޔަރުކޮށްފައި ތިބި މަރުކަޒަކަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގަވަރުނަރު ރޮން ޑިސެންޓިސް، އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުން ހައްޔަރުކޮށްފައި ތިބި މަރުކަޒަކަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް

ހައްގުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކަކީ "ޓެރަރިސްޓް ޖަމާޢަތްތައް" ކަމުގައި ކަނޑައެޅުމުގެ ބާރުތަކެއް ސްޓޭޓުގެ އޮފިޝަލުންނަށް ލިބިދޭ އައު ޤާނޫނެއް ތަންފީޒުކުރަން ފެށުމާ ގުޅިގެން، އެމެރިކާގައި މުސްލިމުންގެ މަދަނީ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެންމެ ބޮޑު ޖަމުޢިއްޔާ ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން (ސީއޭއައިއާރް) ފްލޮރިޑާ ސްޓޭޓުގައި ހިންގަމުން ދިޔަ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލައިފި އެވެ. މި ކަން އެ ސްޓޭޓުގެ އިސް މަސްއޫލުވެރިންނާއި ސީއޭއައިއާރް ޖަމުޢިއްޔާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފެޑެރަލް ކޯޓުގެ ނިންމުމާއި ސީއޭއައިއާރްގެ އިސްތިއުނާފު

ފްލޮރިޑާ ސްޓޭޓުގެ އޮފިޝަލުން ސީއޭއައިއާރްއަކީ "ޓެރަރިސްޓް" ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅި ކަނޑައެޅުން ބާތިލުކޮށްދިނުމަށް އެދި އެ ޖަމުޢިއްޔާއިން ކޯޓަށް ހުށަހެޅި މައްސަލަ ފެޑެރަލް ފަނޑިޔާރަކު ވަނީ ބޭރުކޮށްލައްވާފަ އެވެ. ނަމަވެސް، އެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ސީއޭއައިއާރްއިން ބުންޏެވެ.

Advertisement - worldAdvertisement

މި މައްސަލަ ނިންމަވަމުން ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި ފްލޮރިޑާގެ މި ފިޔަވަޅަކީ "އާދަޔާޚިލާފު، އަދި ކުރިން ދުވަހަކު ވެސް ފެނިފައިނުވާ ފަދަ" ފިޔަވަޅެކެވެ. ނަމަވެސް، މި ފަދަ ގޮތަށް އެ ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަކީ ޖިނާއީ އަދަބެއްގެ ބާވަތުގެ ކަމެއްކަން ސީއޭއައިއާރްއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެމެރިކާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ އަމަލުތައް މޮނިޓަރުކޮށް ރެކޯޑުކުރަމުން އަންނަ ސީއޭއައިއާރްއިން ބުނީ، 'އިސްލާމޮފޯބިއާ' ނުވަތަ މުސްލިމުންނާ ދެކޮޅު ނަފްރަތުގެ އަމަލުތައް އިތުރުވަމުން ދަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އިސްނެގުމާއެކު ހިޖުރަކުރާ ފަރާތްތަކާ ދެކޮޅަށާއި ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ މުޒާހަރާތަކާ ދެކޮޅަށް ފެޑެރަލް ފެންވަރުގައި ހިންގަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

"ފްލޮރިޑާގައި އަޅުގަނޑުމެންގެ ހަރަކާތްތައް މެދުކަނޑައިލީ، ގަވަރުނަރު ޑިސެންޓިސްއާއި ސްޓޭޓުގެ އެހެނިހެން މަސްއޫލުވެރިން، އެއްވެސް އަސާސެއް ނެތް ގޮތުގައި އަދި ޤާނޫނުއަސާސީއާ ޚިލާފަށް އަޅުގަނޑުމެންނާ ދެކޮޅަށް ތަންފީޒުކުރަމުންދާ، ތާރީޚުގައި ވެސް ފެނިފައިނުވާ ފަދަ އައު 'އެތެރޭގެ ޓެރަރިސްޓް ޖަމާޢަތްތަކާ ބެހޭ ޤާނޫނުތަކުގެ' ސަބަބުން،" ސީއޭއައިއާރް-ފްލޮރިޑާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރި ބަޔާނެއްގައި ބަޔާންކޮށްފައިވެ އެވެ.

ޑިސެންޓިސްގެ ފިޔަވަޅުތަކާއި ޤާނޫނުގެ އިމްތިޔާޒުތައް

ކޯޓުގެ މި ނިންމުމާއެކު ސީއޭއައިއާރްގެ އޮޕަރޭޝަންތައް ފްލޮރިޑާގައި ހުއްޓުމަކަށް އައުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސްއާއި އެ ސްޓޭޓުގެ ބަންޑާރަނައިބު ޖޭމްސް އުތުމަޔަރ ވަނީ ފާހަގަކުރައްވާފަ އެވެ. "ރަނގަޅު ކާމިޔާބީއެއް،" ޑިސެންޓިސް ވިދާޅުވި އެވެ.

އެޕްރީލު މަހު ޑިސެންޓިސް ތަސްދީގުކުރެއްވި މި ޤާނޫނަކީ، ފްލޮރިޑާގެ ޑޮމެސްޓިކް ސެކިއުރިޓީގެ އިސްވެރިޔާއަށާއި ގަވަރުނަރަށް އަދި ކެބިނެޓަށް، ހަރުކަށި އަމަލުތަކުގައި ބައިވެރިވާ ކަމަށް އެ ބޭފުޅުން ކަނޑައަޅާ ކޮންމެ ޖަމާޢަތަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމުގައި ކަނޑައެޅުމުގެ އިޚުތިޔާރު ދޭ ޤާނޫނެކެވެ. މިއާއެކު، އެ ފަދަ ފިޔަވަޅަކަށްފަހު، އެ ޖަމާޢަތެއް އުވައިލުމުގެ ބާރާއި ސްޓޭޓުން ދޭ މާލީ އެހީތައް ހިފެހެއްޓުމުގެ ފުރުސަތު ލިބިގެންދެ އެވެ. ހަމަމިއާއެކު، އެތެރޭގެ ނުވަތަ ބޭރުގެ "ޓެރަރިސްޓް ޖަމާޢަތެއް" ޕްރޮމޯޓުކުރާ ނުވަތަ އެ ފަދަ ފަރާތްތަކަށް ހިތްވަރުދޭ ދަރިވަރުން ތަޢުލީމީ މުއައްސަސާތަކުން ވަކިކުރަން ޖެހޭނެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ޑިސެންޓިސް މި ޤާނޫނު ސިފަކުރެއްވީ، ހަރުކަށި ފިކުރާ ދެކޮޅަށް ހަނގުރާމަކުރުމަށާއި ތަޢުލީމީ ނިޒާމުގެ ތެރޭގައި ޒިންމާދާރުކަންގާއިމުކުރުމަށް އެކުލަވައިލެވުނު މުހިންމު އޮނިގަނޑެއްގެ ގޮތުގަ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ކަންބޮޑުވުންތައް

މި ޤާނޫނާ ގުޅިގެން އެމެރިކާގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ގޮތުން، 'ޕެން އެމެރިކާ' އާއި އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަނުން (އޭސީއެލްޔޫ) ވަނީ މި ޤާނޫނު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ޕެން އެމެރިކާއިން ބުނީ "ވަކި ވިސްނުންތަކަކާ ގުޅޭ ގޮތުން ވާހަކަދެއްކުމާއި، އެއްވުންތައް ބޭއްވުމާއި، ނުވަތަ އެ ފަދަ ކަންކަމުގައި ބައިވެރިވުމުން ދުރުހެލިވުމަށް ވަކިވަކި ފަރުދުންނަށް ދުވަހަކު ވެސް ނުފޯރުވާ ވަރުގެ ފިއްތުންތައް ކުރިމަތިކުރުވައި، މި ޤާނޫނުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިގެން ހިނގައިދާނެ" ކަމަށެވެ.

ޚާއްސަކޮށް، ނިމިދިޔަ މިޑްޓަރމް އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރިޕަބްލިކަން ޕާޓީގެ ފަރާތުން މުސްލިމުންނަށް އަމާޒުކޮށް ބޭނުންކުރި ބަސްމަގާއި އެޅި ފިޔަވަޅުތަކާ ގުޅިގެން ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އޮތީ އިންޒާރުގެ ރަނގަބީލު އަޅުވާފަ އެވެ. ނަމަވެސް، އެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާންޖެހި، އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ ވެސް އަޣުލަބިއްޔަތު ގެއްލިފަ އެވެ.

ފަލަސްޠީނުގެ މައްސަލައާއި ސިޔާސީ ފިއްތުންތައް

ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ރިޕަބްލިކަން ބާރު ހިނގާ ބައެއް ސްޓޭޓުތަކުން އަންނަނީ ވާތުފިޔައިގެ ޖަމާޢަތްތަކަށާއި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އަދި، އެ ފަދަ ފަރާތްތަކަކީ ހަރުކަށި، ޔަހޫދީންނާ ދެކޮޅު (އެންޓި-ސެމިޓިކް) އަދި އެމެރިކާއާ ދެކޮޅު ފަރާތްތަކެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ނަމަވެސް، އެ ޖަމާޢަތްތަކުން ބުނަނީ މި ފިޔަވަޅުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާފުވެރި ޝަރިއަތެއް ލިބުމުގެ ހައްގާ ޚިލާފު ކަންކަން ކަމަށެވެ. އަދި، ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރުމަކީ ހަރުކަށި ފިކުރަށް ތާއީދުކުރުން ކަމުގައި ރިޕަބްލިކަން މަސްއޫލުވެރިން މާނަކުރައްވާ ކަމަށާއި، އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ކުރަމުންދާ އިސްތިއުމާރީ ވެރިކަަމަށް ފާޑުކިޔުމަކީ ޔަހޫދީންނާ ދެކޮޅުވުން ކަމުގައި ދެކޮޅުނުޖެހޭ ގޮތަށް ގުޅުވަމުންދާ ކަމަށް ވެސް އެ ޖަމާޢަތްތަކުން ތުހުމަތުކުރެ އެވެ.

މީގެ ކުރިން، 2025 ގެ ފަހުކޮޅު ވެސް ގަވަރުނަރު ޑިސެންޓިސް ވަނީ ސީއޭއައިއާރްއަކީ "ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއް" ކަމުގައި ކަނޑައަޅުއްވައި އެގްޒެކެޓިވް އަމުރެއް ނެރުއްވާފަ އެވެ. ނަމަވެސް، ފަނޑިޔާރަކު ފަހުން ވަނީ އެ އަމުރު ބާތިލުކުރައްވާފަ އެވެ.

މަސްދަރު: ރޮއިޓަރސް

ފްލޮރިޑާރޮން ޑިސާންޓިސްޑޮނަލްޑް ޓްރަމްޕްފަލަސްތީނުއިސްލާމޯފޯބިއާ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
06 ނޮވެމްބަރު 2026

ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް

06 ނޮވެމްބަރު 2026
ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް
06 ނޮވެމްބަރު 2026

އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި

06 ނޮވެމްބަރު 2026
އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
05 ނޮވެމްބަރު 2026

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

05 ނޮވެމްބަރު 2026
ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ
05 ނޮވެމްބަރު 2026

ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ

05 ނޮވެމްބަރު 2026
ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ
05 ނޮވެމްބަރު 2026

ހައުސްގެ ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ހަކީމް ޖެފްރީޒް ކުރިމަތިލައްވައިފި

05 ނޮވެމްބަރު 2026
ހައުސްގެ ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ހަކީމް ޖެފްރީޒް ކުރިމަތިލައްވައިފި
05 ނޮވެމްބަރު 2026

އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް

05 ނޮވެމްބަރު 2026
އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް