Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

7 ނޮވެމްބަރު 2026 | ހޮނިހިރު 03:41

އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ، ލުބުނާނުގައި އަލުން ހަނގުރާމަ ފެށުމަށް އިސްރާއީލުން އަންނަނީ ތައްޔާރުވަމުންނެވެ. އީރާނުގެ ސަރުކާރު ވައްޓާލުމަށް ނަތަންޔާހޫ ބޭނުންވި ނަމަވެސް، އެމެރިކާގެ އަމާޒަކީ ވަރުގަދަ ހަމަލާތަކަކަށްފަހު ތެހެރާން މަޝްވަރާގެ މޭޒަށް ގެނައުމެވެ. މި ދެބަސްވުންތަކާއެކުވެސް، މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ލުބުނާނު ބޯޑަރުގައި އިސްރާއީލުން ވަނީ އަސްކަރީ ތައްޔާރީތައް ވަރުގަދަކޮށްފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 7 ނޮވެމްބަރު 2026 | ހޮނިހިރު 03:41
އިސްރާއީލުގެ އަސްކަރިއްޔާގެ އެފް-15 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް އޮޕަރޭޝަނެއްގައި ފުރަނީ [ފައިލް]

އިސްރާއީލުގެ އަސްކަރިއްޔާގެ އެފް-15 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް އޮޕަރޭޝަނެއްގައި ފުރަނީ [ފައިލް] | ފްލޭޝް90

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެމެރިކާއިން އަލުން ފަށައިފި ހާލަތެއްގައި، ލުބުނާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ. ތެހްރާނާ ދެމެދު އޮތް ދެކޮޅުވެރިކަން އަނެއްކާ ވެސް ހޫނުވެއްޖެނަމަ، ލުބުނާނުގެ ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލުންތަކުގެ އައު ބުރަކަށް އަސްކަރިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށް 'ޔެދިއޯތު އަހަރޮނޯތު' އިން ހުކުރު ދުވަހު ރިޕޯޓުކުރި އެވެ.

ފިނި މޫސުން ފެށުމުގެ ކުރިން އަސްކަރީ އޮޕަރޭޝަން ޕްލޭންތައް އަދާހަމަކޮށް، އަސްކަރީ މަގާމުތައް ވަރުގަދަކުރުމުގެ އިތުރުން ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތައް ޔަހޫދީ އިސްރާއީލު ސިފައިން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށް އެ ނޫހުން ބުންޏެވެ. ހަމަމިއާއެކު، އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމާމެދު އެމެރިކާއިން ނިންމާ ނިންމުމަކަށް އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން އިންތިޒާރުކުރަމުންދާ ކަމަށާއި، ވޮޝިންގޓަނުގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން މި ހާލަތު ވަރަށް އަވަހަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

Advertisement - worldAdvertisement

އިސްރާއީލުގެ ދެކުނުގައި އެމެރިކާގެ ސިފައިންގެ އަދަދު އިތުރުކުރުމާއި، އަރަބި ކަނޑުގައި ހަރަކާތްތެރިވާ އެ ޤައުމުގެ ކަނޑުގެ ފައުޖުތަކުގެ ދަތުރުތައް ފިޔަވައި، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ތައްޔާރީތައް އިތުރުކުރަމުންދާ ކަމުގެ އާދަޔާޚިލާފު އެއްވެސް ނިޝާނެއް އަދި ފެނިފައިނުވާ ކަމަށް އިސްރާއީލު ސިފައިންނާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

ވޮޝިންގޓަނާއި ތެލް އަވީވުގެ ލަނޑުދަނޑިތަކުގެ ތަފާތު

އީރާނާ ދެކޮޅަށް އަލުން ފަށާ އަސްކަރީ އޮޕަރޭޝަނެއްގެ ލަނޑުދަނޑިތަކާމެދު އިސްރާއީލާއި އެމެރިކާއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް ހުރިކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ވަނީ އީރާނުގެ ސަރުކާރު ވައްޓާލަން ކަމަށްވިޔަސް، ވޮޝިންގޓަނުގެ ބައެއް އިސް އޮފިޝަލުން ތާއީދުކުރައް ވަނީ ތެހެރާން ބަލިކަށިކޮށް، ދަށު ދަރަޖައެއްގައި މަޝްވަރާގެ މޭޒަށް ގެނައުމަށް އަމާޒުކޮށްގެން ވަރުގަދަ އަދި އަވަސް އަސްކަރީ ހަމަލާތަކެއް ދިނުމަށެވެ.

އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ ކޮންގްރެސްގެ މިޑްޓަރމް އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުން އަތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، އެ ފަދަ އެއްބަސްވުމެއްގެ ސަބަބުން ޓްރަމްޕަށް ސިޔާސީ ގޮތުން ބޮޑު ބާރެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޔަހޫދީ ދައުލަތުގެ ވެރިކަމުގެ ތެރޭގައި އުފެދުނު ކޯޅުން

އިސްރާއީލުގައި ނިމިދިޔަ މަހު ބޭއްވި ބަރުލަމާނީ އިންތިޚާބުގެ ކުރިން ވެސް އީރާނާ ގުޅޭގޮތުން ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކުރި އެވެ. މި ގޮތުން، ތެހެރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އަނިޔާވެރި ނަތަންޔާހޫ އަދި ހައްދުފަހަނައެޅި ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒު ބާރުއަޅަމުން ދިޔުމާމެދު، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އޭޔާލް ޒާމީރާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

އޮކްޓޫބަރު 27 ގައި ބޭއްވި ކްނެސެޓްގެ އިންތިޚާބުގައި 120 ގޮނޑީގެ ތެރެއިން ޔަހޫދީ ނަތަންޔާހޫގެ އިއްތިހާދަށް ލިބުނީ 53 ގޮނޑި އެވެ. އަދި، އިދިކޮޅު އިއްތިހާދަށް 48 ގޮނޑި ލިބިފައިވާއިރު، ނަތަންޔާހޫގެ ފެކްޝަނަށް ބަރުލަމާނުގެ އަޣުލަބިއްޔަތު ހޯދިފައިނުވާތީ، ވެރިކަމުގައި ދެމިހުރުމުގެ މަގުސަދުގައި އީރާނާއެކު އިތުރު ހަނގުރާމައެއް ފަށަން އޭނާ މަސައްކަތްކުރާ ކަމަށް އިސްރާއީލުގެ ބައެއް އޮފިޝަލުން ތުހުމަތުކުރާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މަޝްވަރާތަކުގެ ޝަރުތުތަކާއި ހަނގުރާމައިގެ ތާރީޚު

މަޝްވަރާތައް އަލުން ފެށުމުގެ ޝަރުތުތަކާމެދު އުފެދިފައިވާ ދެބަސްވުންތަކާ އެކު، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް އިތުރު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ވޮޝިންގޓަނުން ތައްޔާރުވަމުން އަންނަ ކަމަށް އިސްރާއީލުގެ މީޑިއާތަކުން މީގެކުރިން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މަޝްވަރާތައް އަލުން ފެށުމުގެ ކުރިން އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމަށް ބޮޑެތި ދޫދިނުންތަކެއް ދިނުމަށް ވޮޝިންގޓަނުން ބާރުއަޅާއިރު، އީރާނުން ޝަރުތުކުރަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ހިފަހައްޓާފައިވާ ފައިސާއާއި މުދާ ދޫކޮށްލުމުގެ އިތުރުން، އެ ޤައުމުގެ ތެޔޮ ބޭރުކުރުމުގެ ހުއްދަ ދިނުމަށެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިއިރު، އެ ހަނގުރާމަ މެދުކަނޑާލެވުނީ އެޕްރީލު މަހުގަ އެވެ. ނަމަވެސް، ސިޔާސީ ހައްލެއް ހޯދުމަށް ކުރެވުނު ޚާރިޖީ މަސައްކަތްތައް ހުއްޓުމަކަށް އައުމާ ގުޅިގެން، ޖުލައި މަހު ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އަނެއްކާ ވެސް ހަނގުރާމަ ވަނީ ފެށިފަ އެވެ.

މިއާއެކު، އެމެރިކާ މެދުވެރިވެގެން ޖޫން 26 ގައި ލުބުނާނާއި އިސްރާއީލާ ދެމެދު ވަނީ ވަގުތީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ބިންތަކުން ފިޔަވަހިތަކަކަށް ބަހާލައިގެން ސިފައިން ބޭލުމަށް ހަމަޖެހިފައިވާއިރު، އޭގެ ބަދަލުގައި އެ ސަރަހައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ރުކުރުވާލައި ސަލާމަތީ ޒިންމާތަކާ ހަވާލުވުމަށް ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް، އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ކުރިމަތިލުންތައް އަނެއްކާ ވެސް ފުޅާވެގެން ހިނގައްޖެނަމަ، ލުބުނާނުގެ މައިދާނުގައި ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ބިރުވެރިކަން މި ފަހުގެ ރިޕޯޓުތަކުން މި ވަނީ ބޮޑުވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ލުބުނާންއެމެރިކާބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕްނިއުކްލިއަރ ޕްރޮގްރާމްއިސްރާއީލްއީރާން-އެމެރިކާ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
07 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް

07 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް
06 ނޮވެމްބަރު 2026

ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް

06 ނޮވެމްބަރު 2026
ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް
06 ނޮވެމްބަރު 2026

އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި

06 ނޮވެމްބަރު 2026
އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
05 ނޮވެމްބަރު 2026

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

05 ނޮވެމްބަރު 2026
ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ
05 ނޮވެމްބަރު 2026

ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ

05 ނޮވެމްބަރު 2026
ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ
05 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ

05 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް