Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މިޑްޓަރމް އިންތިޚާބު

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4 ނޮވެމްބަރު 2026 | ބުދަ 09:16

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު އުފުލުމަކީ ވޯޓަށް އަސަރުކުރި ކަމެއް ނަމަވެސް އީރާނާ މެދު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތައް ދިފާއުކުރައްވާ ކަމަށް. މީގެ އިތުރުން، ޔަހޫދީ އިސްރާއީލަކީ މުއްސަނދި ޤައުމަކަށް ވާތީ އެ ޤައުމަށް ދޭ އަސްކަރީ އެހީ ކަނޑާލަން ނިންމެވި ނިންމެވުމަށް ތާއީދުކުރައްވައި، އިދިކޮޅު ޑިމޮކްރެޓުންނާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަން އޭނާ ހާމަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 4 ނޮވެމްބަރު 2026 | ބުދަ 09:16
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | އަނަދޮލު އޭޖެންސީ

އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ ދެ ގޭގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހޯދައި، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ ތެލުގެ އަގު އުފުލުމުގެ ސަބަބުން ދިމާވި ވަގުތީ ނަތީޖާއެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އީރާން ސިޔާސަތު ދިފާއުކުރައްވައިފި އެވެ. ހަމަމިއާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރެޓުން ފާސްކުރަން އުޅޭ ގާނޫނުތައް ވީޓޯކުރައްވާނެ ކަމުގެ އިންޒާރު ދެއްވަމުން، އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ އެއްކޮށް ކަނޑާލަން ނިންމެވި ނިންމެވުން ވެސް އޭނާ ވަނީ ދިފާއުކުރައްވާފަ އެވެ.

ފޮކްސް ނޫހަށް ފޯނުން ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާމެދު އޭނާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ރައްޔިތުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް، ތެލުގެ އަގު ވަގުތީ ގޮތުން އުފުލުމުގެ ބުރަ އުފުލަން ވޯޓުލީ މީހުން ފަސްޖެހުނީ ކަމަށް ގަބޫލުފުޅުކުރައްވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

"އަޅުގަނޑު އީރާނާމެދު ކުރަމުންމިދާ ކަންކަމަށް ރައްޔިތުން އެއްބަސްވޭ. އެކަމަކު ގޭހާއި ތެލަށް ކުރަންޖެހުނު ހަރަދު ބޮޑުވުމުގެ ވަގުތީ ނަތީޖާ ބަލައިގަންނަން އެ މީހުން ބޭނުންނުވީ ކަމަށް ވެދާނެ. އަދި، އެ ކަން އަޅުގަނޑަށް ވިސްނޭ،" ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑު ރައްޔިތުންނަށް ދަންނަވާނީ، މިއީ ވަގުތީ މައްސަލައެކޭ، އެކަމަކު މީގެ ފައިދާ ދިގު މުއްދަތުގައި ލިބޭނެޔޭ."

އެމެރިކާއިން އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން، އަޔޯވާ ސްޓޭޓުގައި ތެޔޮ ގެލަނެއްގެ އަގު 1.85 އެމެރިކާ ޑޮލަރަށް ވެއްޓިފައި އޮތްކަން ހަނދާންކޮށްދެއްވަމުން ޓްރަމްޕް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ތެލުގެ އަގު އަނެއްކާ ވެސް ދަށަށް ދާނެ ކަމަށެވެ.

"ތާރީޚީ ގޮތުން ބަލާއިރު އަޅުގަނޑު ނިންމީ ރަނގަޅު ނިންމުމެއް. ތާރީޚުގައި އަޅުގަނޑާމެދު އިންސާފުކުރެވޭނީ ރަނގަޅު ކަންތައް ކުރި މީހެއްގެ ގޮތުގައި ކަމަށް އަޅުގަނޑު ދެކެން. ނަމަވެސް، އޭގެ ސަބަބުން އަޅުގަނޑުމެންނަށް މި ކުރިމަތިލާން ޖެހުނީ މާ ހިތްފަސޭހަ ނޫން ރެޔަކާ،" އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅެއް އަޅުއްވާނަންތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ: "އެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާކަށް އަޅުގަނޑު ބޭނުމެއް ނޫން... ޔަގީނުން ވެސް އީރާނުން ރަނގަޅަށް ނޫޅެފިނަމަ، އަޅުގަނޑު ފިޔަވަޅު އަޅާނަން."

މީގެ އިތުރުން، އީރާނުން އަމަލުތައް އިސްލާހުކޮށްފިނަމަ އެއްބަސްވުމެއް އެކުލަވާލެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. "އެއީ ދެމެހެއްޓެނިވި، ރަނގަޅު އަދި އެ މީހުންނަށް ދުވަހަކު ވެސް ނިއުކްލިއަރ ހަތިޔާރެއް ނުލިބޭނެ ފަދަ އެއްބަސްވުމަކަށް ވާނަމަ ރަނގަޅު. އެހެން ނޫންނަމަ، އަޅުގަނޑު ވަރަށް ފަސޭހައިން އެ މަސައްކަތް އެއްކޮށް ނިންމާލާނަން،" ޓްރަމްޕް އިންޒާރު ދެއްވި އެވެ.

ގާނޫނުހަދާ މަޖިލީހުގެ ކޮންޓުރޯލާއި ވީޓޯގެ ބާރު

މިޑްޓަރމް އިންތިޚާބުގެ ނަތީޖާއާ މެދު "ކޮންމެވެސް ވަރަކަށް ހައިރާންވި" ކަމަށް ވިދާޅުވެ، ޓްރަމްޕް ބަޔާންކުރެއްވީ ބައެއް ގޮނޑިތައް ގެއްލުނީ ވޯޓުލީ މީހުންނަށް ޝައުގުވެރިކަން އުފައްދައިނުދެވުނު ކެންޑިޑޭޓުންގެ ސަބަބުން ކަމަށެވެ. އެމެރިކާގެ މީޑިއާތަކުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި، ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކަށަވަރުކޮށްފައިވާއިރު، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ވެސް ހޯދުމުގެ މަގުމަތީގައި އޮތީ އިދިކޮޅު ޕާޓީ އެވެ. މިއީ، ޓްރަމްޕްގެ ގާނޫނީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ކުރިމަތިވާނެ ބޮޑު ހުރަހެކެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވަމުން، އިދިކޮޅު ކެންޑިޑޭޓުން "ވަރުގަދައަށް" ވާދަކުރި ކަމަށް ވިދާޅުވެ، ޓްރަމްޕް ތައުރީފުކުރެއްވި އެވެ. ނަމަވެސް، މިއީ އޭނާގެ މަގުބޫލުކަމަށް "އަމާޒުވި ހަމަލާއެއް" ނޫން ކަމަށް ވިދާޅުވި އެވެ.

ދައުރުގެ ބާކީ އޮތް ދެ އަހަރު ޑިމޮކްރެޓުންގެ ކޮންޓުރޯލު އޮންނަ ކޮންގްރެސްއަކާއެކު މަސައްކަތްކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ: "އެ މީހުން ފޮނުވާނީ ބުއްދި ގަބޫލުނުކުރެވޭ ފަދަ މޮޔަ ކަންކަން، އަދި އަޅުގަނޑު އެ ކަންކަން ވީޓޯ ކުރާނަން."

މި ގޮތުން، ޑިމޮކްރެޓިކް ޕާޓީގެ "ދެ ސެނެޓަރުންނާއި ތިން ކޮންގްރެސްމަނުންގެ" ފޯނު ކޯލު މިހާރު ވެސް ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކެބިނެޓަށް ބަދަލެއް ގެންނަވަން ގަސްދުކުރައްވާތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ: "ނޫން، އަޅުގަނޑު އެހެންނެއް ނުދެކެން. މިއީ، އަޅުގަނޑުގެ ކެބިނެޓާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން."

ހަމަމިއާއެކު، އިމިގްރޭޝަން ހިމެނޭހެން "ވަރަށް ގިނަ ކަންކަމުގައި" ޑިމޮކްރެޓުންނާއެކު މަސައްކަތްކުރެއްވިދާނެ ކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ. ނަމަވެސް، އޭނާ ސިފަކުރެއްވި "ހުޅުވިފައިވާ ބޯޑަރު" ގެ ސިޔާސަތަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އިމިގްރޭޝަންގެ މައްސަލައިގައި އަޅުގަނޑުމެންނަށް އެ މީހުންނާއެކު މަސައްކަތް ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެން. އިމިގްރޭޝަނަކީ ބޮޑު މައްސަލައެއް. އިމިގްރޭޝަންގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވެންޖެހޭނެ ކަމަށް އަބަދުވެސް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ވަކިން ޕޮލިޓިކޯއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ގާނޫނުތައް ވީޓޯކުރުމުގެ ގާނޫނުއަސާސީގެ ބާރު އޭނާއަށް ލިބިވަޑައިގަންނަވާފައިވީ ނަމަވެސް، ކުރިއަށް އޮތް ދެ އަހަރު ބިލްތައް ވީޓޯކުރުމުގައި ހޭދަކުރެއްވުމުގެ ބަދަލުގައި، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް އިސްކަންދެއްވާ ކަމަށެވެ.

އިސްރާއީލަށް ދޭ އަސްކަރީ އެހީ ހުއްޓާލުން

އެ ދުވަހުގެ ކުރީކޮޅު ވޮޝިންގޓަނުން ޔަހޫދީ އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ކަނޑާލާނެ ކަމަށް އިއުލާނުކުރެއްވި ނިންމެވުން ދިފާއުކުރައްވަމުން ޓްރަމްޕް ވަނީ އިސްރާއީލަކީ މުއްސަނދި ޤައުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"އަޅުގަނޑުމެން އަހަރަކު 4 ބިލިޔަން ޑޮލަރު އިސްރާއީލަށް ދެން، އޭގެ ތެރޭގައި ހަތިޔާރާއި އެހެނިހެން ތަކެތި ހިމެނޭ. މިއީ، އެހެން އެއްވެސް ޤައުމަކަށްވުރެ ބޮޑު މިންވަރެއް. އަދި، މީހުން އެ އެހީ ބޭނުންކުރޭ، އެ ކަމަކު އެ މީހުންނަކަށް އެއަކަށް ބޭނުމެއް ނުވޭ،" އިސްރާއީލަކީ "ވަރަށް ބޮޑަށް މުއްސަނދިވެފައިވާ" ޤައުމެއް ކަމަށް ވިދާޅުވަމުން ޓްރަމްޕް ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު މަޝްވަރާކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. "އޭނާ އެ ކަމާ ދެކޮޅަށް މާ ބޮޑު ވާހަކައެއް ނުދައްކާ. ހަގީގަތުގައި، އެއް ފަހަރަކު އޭނާ އަމިއްލައަށް ވެސް އެ ކަމަށް ހުށަހެޅި،" ނަތަންޔާހޫގެ ވާހަކަ ފާހަގަކުރަމުން ޓްރަމްޕް ވިދާޅުވި އެވެ. "ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، އަޅުގަނޑުމެން އެމީހުންނަށް އެއްވެސް ފައިސާއެއް ނުދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ އަސްކަރީ އެހީއަކީ، 2016 ވަނަ އަހަރު ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި ސޮއިކުރެވުނު 10 އަހަރުގެ ފަހުމުނާމާއެއްގެ ދަށުން ހިންގޭ އެހީއެކެވެ. މިއީ، 2019 އިން 2028 ވަނަ އަހަރާ ދެމެދުގެ މާލީ އަހަރުތަކަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ.

މި ފަހުމުނާމާގެ މާއްދާތަކުގެ ދަށުން، ކޮންގްރެސްގެ ބަޖެޓު ފާސްވުމަށް ޝަރުތުކޮށް، އެމެރިކާއިން ވަނީ ޖުމްލަ 38 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށް ވައުދުވެފަ އެވެ. އެއީ، އަހަރަކަށް 3.8 ބިލިޔަން ޑޮލަރެވެ. މީގެ ތެރޭގައި ބޭރުގެ އަސްކަރީ ފައިނޭންސިންގ އެހީގެ ގޮތުގައި އަހަރަކު ދޭ 3.3 ބިލިޔަން ޑޮލަރާއި، މިސައިލް ދިފާއީ ނިޒާމުތަކަށް އަހަރަކު ކަނޑައަޅާފައިވާ 500 މިލިޔަން ޑޮލަރު ހިމެނެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޑޮނަލްޑް ޓްރަމްޕްއިސްރާއީލްޑިމޮކްރެޓިކް ޕާޓީ - އެމެރިކާރިޕަބްލިކަންް ޕާޓީ - އެމެރިކާބެންޖަމިން ނަތަންޔާހޫއެމެރިކާގެ މިޑްޓާމް އިންތިޚާބު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރަކަށް ޢަބްދުލް އަލް-ސައްޔިދު ވެވަޑައިގަންނަވައިފި

04 ނޮވެމްބަރު 2026
އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރަކަށް ޢަބްދުލް އަލް-ސައްޔިދު ވެވަޑައިގަންނަވައިފި
04 ނޮވެމްބަރު 2026

އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!

04 ނޮވެމްބަރު 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!
04 ނޮވެމްބަރު 2026

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

04 ނޮވެމްބަރު 2026
އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް
03 ނޮވެމްބަރު 2026

އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން

03 ނޮވެމްބަރު 2026
އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން
03 ނޮވެމްބަރު 2026

ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟

03 ނޮވެމްބަރު 2026
ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟
03 ނޮވެމްބަރު 2026

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

03 ނޮވެމްބަރު 2026
އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި
03 ނޮވެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

03 ނޮވެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް
02 ނޮވެމްބަރު 2026

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

02 ނޮވެމްބަރު 2026
"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު
02 ނޮވެމްބަރު 2026

ފްލޮރިޑާގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

02 ނޮވެމްބަރު 2026
ފްލޮރިޑާގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ
02 ނޮވެމްބަރު 2026

އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!

02 ނޮވެމްބަރު 2026
އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް