ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
9 ނޮވެމްބަރު 2026 | ހޯމަ 11:57ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުތައް ފާސްކުރުމަށްޓަކައި، މި ދައުރުގެ ޗުއްޓީ ފަސްކޮށްގެން ނަމަވެސް އެ މަސައްކަތް ނިންމަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފި. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލީހުގެ މަސައްކަތްތައް ނިންމާނެ ގޮތް ރައީސް ވިދާޅުވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައި

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު | ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛު ކުރުމާބެހޭ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު އަދި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ހުށަހަޅާފައި އެވެ.
އެހެންކަމުން ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ފަސްކޮށްގެން ނުވަތަ އިތުރު ވަގުތު ނަންގަވައިގެން ވެސް މި ބިލުތައް ފާސްކޮށްދެއްވަން އެދިވަޑައިގެން ފައިވާނެ ކަމަށާއި އެކަން އެގޮތަށް ކޮށްދެއްވަނެ ކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.
ދެން އަޅުގަނޑު ގަބޫލު ކުރަނީ މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރީގައި މުއްދަތު އިތުރުކޮށްގެން ޗުއްޓީއަށް ދިޔުމުގެ މުއްދަތު ފަސްކޮށްގެން އިތުރު ވަގުތު ނަންގަވައިގެން ވިޔަސް މި ބިލުތައް އަދިވެސް ބައިވަރު އެހެން ބިލުތައް އެބަހުރި މި ދައުުރު ތެރޭ ފާސްކުރުމަށް އަޅުގަނޑު އެދިފައި ހުރި އެހެންވީމަ އެ ބިލްތަކާއި އެއްކޮށް ފާސްކޮށްގެން ވާނެ ކަމަށް ބަލައިގެން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑަށް ޔަގީން އެބޭފުޅުން އެކަންތައް ކޮށްދެއްވާނެ ކަމަށްރައީސް ޑރ މުހައްމަދު މުއިއްޒު
ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މަޖިލީހުގެ މަސައްކަތްތައް ނިންމާނެ ގޮތް ރައީސް ކިޔާދެއްވުމުން އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ރައީސް މުއިއްޒު އަމާޒުވެފައި އެވެ.











