Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ގައުމިއްޔަތު ދިރުވުމަކީ ގައުމު ފޮތިފޮތިކޮށް، ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ؟

9 ނޮވެމްބަރު 2026 | ހޯމަ 05:47

ރަސްމާލެއިން ބޭރުގެ ބަޔަކަށް ބިން ވިއްކުމާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި، ރައްޔިތުންގެ ބަހެއް ނެތި ގައުމުގެ މިލްކިއްޔާތުން ވެލިފުކެއް ވެސް ބޭރުގެ ފަރާތްތަކަށް ނުވިއްކޭނެ ކަމަށް ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ. ރައީސް މުއިއްޒަކީ ރައްޔިތުން ހަވާލުކުރި ވަޒީފާއެއްގައި ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި، ބިޑަކާ ނުލައި ބޭރުގެ އެޖެންޓުންނަށް ބިން ދިނުމަކީ ގައުމިއްޔަތު ދިރުވުންތޯ އޭނާ ސުވާލު އުފެއްދެވި. އެހެންކަމުން، ރައްޔިތުންގެ ހުއްދައާ ނުލައި ގައުމުގެ މުދާ ވިއްކާލުމުގެ ބާރު ސަރުކާރަށް ލިބިގެންނުވާކަމަށް އޭނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ނޮވެމްބަރު 2026 | ހޯމަ 05:47
ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން | ރާއްޖެއެމްވީ

ގައުމިއްޔަތު ދިރުވުމަށްޓަކައި ކުރަންޖެހޭ ކަމަކީ ގައުމު ފޮތިފޮތިކުރުމަށްފަހު ޒަޔަނިސްޓުންނާއި ޒަޔަނިސްޓުންގެ އައުވާނުންނަށް އަދި ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ސުވާލު އުފައްދަވައިފި އެވެ. 

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މިގައުމުގެ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި މި ބިމުގެ ވެރިންނަކީ ވެސް، ރަސްމާލޭގެ ބިމުގެ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ދިވެހީން ދިން ވަޒީފާއެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި، އެ ވަޒީފާގައި ހުންނެވި ބޭފުޅަކަށް ދިވެހި ރައްޔިތުން އެ ބިމުން ގޯއްޗާއި ފްލެޓަށް އެދި އެދި ތިއްބާ، ރައްޔިތުން ގާތު އަހައިވެސް ނުލައި، އެ ބިމުން ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ވިއްކާލެވިގެނެއް ނުވާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.  

ރައީސް މުއިއްޒު އަށް ރައްޔިތުންގެ ވަޒީފާ ދިން ލިބުނީ ރައްޔިތުން ގާތު އާދޭސް ކޮށްގެން ކަމަށާއި މިއީ 5 އަހަރު ދުވަހުގެ މުއްދަތެއްގެ ވަޒީފާ އެއް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.  

ރައީސް މުއިއްޒަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ އޮޑިއަކަށް އަރުވައިގެން އުޅޭ ކެޔޮޅެއް. ކެޔޮޅު އަރުވާފައި މިހުރީ 5 އަހަރުގެ މުއްދަތަށް. އެހެން ނަމަވެސް ސުވަލަކީ އޮޑިވެރިންގެ ބަހެއް ނެތި، އޮޑީގެ މިލްކުވެރިންގެ ބަހެއް ނެތި، ކެޔޮޅު މީހާ އަށް އޮޑީގެ ބައެއް ވިއްކާލެވިދާނެ ހެއްޔޭ. ވިއްކައެއް ނުލެވޭނެ. އެނޫން ގޮތަކަށް ވިސްނާލަމާ. މި ގައުމަކީ ކުންފުންޏެއް ކަމަށް. މި ކުންފުނީގެ ޝެއަރހޯލްޑަރުންނަކީ، ހިއްސާދާރުންނަކީ ދިވެހި ރައްޔިތުން. އެހެންވީމަ ކުންފުނި ހިންގަން ހަވާލުކޮށްފައި މިހުރި ސީއީއޯ ނުވަތަ މެނޭޖިންގ ޑިރެކްޓަރު އަކީ ރައީސް މުއިއްޒު. ސުވާލަކީ ކުންފުނީގެ ހަރުމުދާ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ވިއްކިދާނެތޯ ކުންފުނީގެ ހިއްސާދާރުންގެ ބަހެއް ނެތި. ވަކިން ޚާއްސަކޮށް އެ ކުންފުނީގެ އެންމެ އަގުބޮޑު މުދާ. އެންމެ މަދު މުދާ، ކުންފުނީގެ ޝެއަރހޯލްޑަރުން ނުވަތަ ހިއްސާދާރުންގެ ބަހެއް ނެތި، ކުންފުނީގެ އެމްޑީ އަށް ވިއްކާލެވިދާނެ ތޯ. ސުވާލުގެ ޖަވާބަކީ ނުވިއްކޭނެ އޭ
އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިވެހި ގައުމުން އެންމެ ވެލިފުކެއް ވެސް ވިއްކާނުލައްވާނެ ކަމަށް ވިދާޅު ކަމަށެވެ. އެހެން ނަމަވެސް އަޑު އިވުނީ 500 ހެކްޓަރުގެ ބިން ބިޑަކާ ނުލައި، ހިލޭ ޒަޔަނިސްޓުންނަށް، ޒަޔަނިސްޓް އެޖެންޓަކަށް ދޭން، މި ސަރުކާރުން ކޮމަރޝަލް ޓަރމްސް އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން ރައީސް މުއިއްޒު ގައުމިއްޔަތު ދިރުވަނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެ އަލީ ހުސެއިން ވަނީ ގައުމިއްޔަތު ދިރުވުމަށްޓަކައި ކުރަން ޖެހޭ ކަމަކީ ގައުމު ވިއްކާލުންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ގައުމިއްޔަތު ދިރުވުމަށްޓަކައި ކުރަންޖެހޭ ކަމަކީ ގައުމު ފޮތިފޮތިކޮށް، ޒަޔަނިސްޓުންނާއި ޒަޔަނިސްޓުންގެ އައުވާނުންނަށް، ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ ވެސް އަލީ ހުސެއިން ސުވާލު އުފެއްވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުރަސްމާލެޒަޔަނިސްޓުންއަލީ ހުސައިން

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
08 ނޮވެމްބަރު 2026

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

08 ނޮވެމްބަރު 2026
އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"
08 ނޮވެމްބަރު 2026

ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު

08 ނޮވެމްބަރު 2026
ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު
08 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ

08 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ
08 ނޮވެމްބަރު 2026

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

08 ނޮވެމްބަރު 2026
މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް
08 ނޮވެމްބަރު 2026

ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް

08 ނޮވެމްބަރު 2026
ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
08 ނޮވެމްބަރު 2026

މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން

08 ނޮވެމްބަރު 2026
މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން
07 ނޮވެމްބަރު 2026

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

07 ނޮވެމްބަރު 2026
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!
07 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

07 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް