Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު

8 ނޮވެމްބަރު 2026 | އާދީއްތަ 08:12

ރަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ގައުމީ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުމަކީ ބޮޑު ޚިޔާނާތެއްގެ ގޮތުގައި މަލީހު ޖަމާލު ސިފަކުރައްވައިފި. ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިން ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލައްވަމުން، މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ދުވަސް ކައިރިވެއްޖެ ކަމަށް އޭނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ނޮވެމްބަރު 2026 | އާދީއްތަ 08:12
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު | ރާއްޖެއެމްވީ

ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ، އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމަކީ ބޮޑު ޚިޔާނާތެއް ކަމަށެވެ. ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ އެއްބަސްވުމުގެ ކަންކަން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން ފޮރުވަމުންދާއިރު އެ މައްސަލަ ތަހުގީގުކުރާ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމައި، އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ. ކޮރަޕްޝަން ނުބެލޭ ސަރުކާރެއް ރާއްޖެއަކު ދެން ގާއިމުވެގެނެއް ނުދާނެ. ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައިވީ ނަމަވެސް މުއިއްޒުގެ މި ބޮޑު ޚިޔާނާތް ބަލަން ޖެހޭނެ 
މުހައްމަދު މަލީހު ޖަމާލު

މަލީހު ވިދާޅުވީ މިކަމާ ދެކޮޅަށް އަޑު އުފުލުމަކީ މިއަދު އެންމެން ކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިމެއް ބޭރުގެ ބަޔަކަށް ހިލޭ ދިނުމަކީ އޭގެ ސަބަބުން ދިވެހީންގެ މިނިވަންކަމަށް ނުރައްކާ އޮތް ކަމަކަށް ވާތީއާއި، ކުރިއަށް އޮތް ތަނުގައި އެމީހުން ރާއްޖޭގައި ވަޒަންވެރިވުމުން، ދިވެހި ރައްިޔިތުންނަށް ގޯއްޗާއި، އެޕާޓްމަންޓް ދޭނެ ބިމެއް ވެސް ނޯންނާނެތީ ކަމަށް މަލީހު ވިދާޅުވި އެވެ. 

ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅު ހިއްކާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ކަމަށް ވާއިރު، ދައުލަތުގެ މާލިއްޔަތަށް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް، މި ބިމުން ބޮޑު ސަރަހައްދެއް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއާ މެދު ވެވޭ ޚިޔާނާތެއް ކަމަށް މަލީހު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެހެންކަމުން، އިސްލާމް ދީނާއި ދިވެހި ގައުމާއި މި ބިމާއި ރައްޔިތުންނާއި ގާނޫނު އަސާސީގެ ދިފާއުގައި މިއަދު ތެދުވަން ޖެހިފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި އޭނާ ވަނީ ހއ. ތުރާކުނުން ފެށިގެން އައްޑުއާއި ފުވައްމުލަކާއި މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކުދި ބޮޑު އެންމެ މާލެ އަށް ޖަމާވެ މި ކަމާ ދެކޮޅަށް އަޑު އުފުލުމަށް ވެސް ގޮވާލައްވާފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުޕީޕަލްސް ނޭޝަނަލް ފްރޮންޓްރަސްމާލެމުޙައްމަދު މަލީހް ޖަމާލް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ

08 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ
08 ނޮވެމްބަރު 2026

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

08 ނޮވެމްބަރު 2026
މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް
08 ނޮވެމްބަރު 2026

ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް

08 ނޮވެމްބަރު 2026
ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
08 ނޮވެމްބަރު 2026

މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން

08 ނޮވެމްބަރު 2026
މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން
07 ނޮވެމްބަރު 2026

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

07 ނޮވެމްބަރު 2026
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!
07 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ

07 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާ ޚިލާފަށް، ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް އޭޖީ އުޝާމް ވިދާޅުވާ އޯޑިއޯއެއް އާއްމުވެއްޖެ
07 ނޮވެމްބަރު 2026

އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް

07 ނޮވެމްބަރު 2026
އީގަލް ހިލްސްއަށް ރަސްމާލެއިން ބިން ދޭ މައްސަލައިގައި ވޯޓަކަށް ދާން ސަރުކާރު ފަސްޖެހެނީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭތީ: މެންބަރު މައުރޫފް
06 ނޮވެމްބަރު 2026

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

06 ނޮވެމްބަރު 2026
ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!
06 ނޮވެމްބަރު 2026

ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު

06 ނޮވެމްބަރު 2026
ރައީސް މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ: ޒަރިޔަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް