Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރަދަރ އަބްދުﷲ

އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

9 ނޮވެމްބަރު 2026 | ހޯމަ 07:56

ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު، "އަބްދުﷲ" ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ ވާހަކަތައް ރައީސް ޑރ. މުއިއްޒު ދޮގުކުރައްވައިފި. މި މަޝްރޫއާ ގުޅޭގޮތުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، މިއީ ސިޔާސީ ބޭނުމަކަށް ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2026 | ހޯމަ 07:56

ރައީސް ޑރ މުހައްމަދު މުއިއްޒު | ރާއްޖެ ޓީވީ

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުޙައްމަދު އަލައްބާރު، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި "އަބްދުﷲ" ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމަށް ވިދާޅުވިކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތެއް ނެތް ވާހަކައެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ވާހަކަތައް އަލައްބާރު ދައްކަވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިން ވަނީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ލިބޭނެ މަންފާތަކާ ގުޅޭގޮތުން ސުވާލު އުފައްދާފަ އެވެ. ވަކިން ހާއްސަކޮށް، ރާއްޖެއަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ދިވެހި ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާތީ ވިޔަފާރިވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވިޔަފާރިވެރިންގެ މި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލައްބާރު ވިދާޅުވީ، އެ މަޝްރޫއުން ރާއްޖެއަށް ފައިދާ ނުވާ ކަމަށް ބުނާ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި "ނޫނެކޭ، އަބްދުﷲ އަށް ފައިސާ ދީފީމޭ، އެތައް ފަހަރަކު ދީފީމޭ" މިފަދައިން އަލައްބާރު ވިދާޅުވި ކަމަށް މައުލޫމާތު ލިބެއެވެ. އަލައްބާރުގެ މި ވާހަކަތަކާއެކު އެ ބައްދަލުވުމުގައި ތިއްބެވި ފަރާތްތަކުގެ މެދުގައި ބޮޑު ސުވާލެއް އުފެދުނު ނަމަވެސް، އެ ފައިސާ ލިބުނު ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކުކަން އޭނާ ސީދާ ހާމަކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް، އެތައް ފަހަރެއްގެ މަތިން އެތައް މިލިއަން ޑޮލަރެއް އެ ފަރާތަށް ދީފައިވާނެ ކަމަށް އަލައްބާރު ތަކުރާރުކޮށް ވިދާޅުވި ކަމަށްވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެއްވެސް މަޝްރޫއެއް ހިންގުމަށްޓަކައި ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ނުވަތަ ފައިދާއެއް އެމަނިކުފާނަށްވެސް އަދި ސަރުކާރުގެ އެހެން ބޭފުޅަކަށްވެސް ލިބިފައި ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މިއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތައް ފަތުރަނީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަށް ވާއިރު، މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ އީގަލް ހިލްސް ކުންފުންޏާއެވެ. މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރާ މެދު އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ މެދުގައި މީގެ ކުރިންވެސް ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ.

އީގަލް ހިލްސްމުޙައްމަދު އަލައްބާރުޑރ. މުހައްމަދު މުއިއްޒުރަސްމާލެ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

ކިޔާ ލަވައަކުން، ޓީވީއަކުން ދައްކާ ވާހަކައަކުން، ކުރަހާ ކުރެހުމަކުން، ނުވަތަ ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓެއްގައިވެސް މީހަކާބެހޭ ގޮތުން ދޮގެއް ހަދައިފިނަމަ އަބުރާ ބެހުނުކަމަށް ބެލެވޭނެ: ރައީސް

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ގައުމިއްޔަތު ދިރުވުމަކީ ގައުމު ފޮތިފޮތިކޮށް، ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ؟

09 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ގައުމިއްޔަތު ދިރުވުމަކީ ގައުމު ފޮތިފޮތިކޮށް، ޒަޔަނިސްޓުންގެ އެޖެންޓުންނަށް ވިއްކާލުންތޯ؟
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
08 ނޮވެމްބަރު 2026

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

08 ނޮވެމްބަރު 2026
އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"
08 ނޮވެމްބަރު 2026

ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު

08 ނޮވެމްބަރު 2026
ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ، ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ: މަލީހު
08 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ

08 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނަން: މޮސްޓާ
08 ނޮވެމްބަރު 2026

މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް

08 ނޮވެމްބަރު 2026
މިނިވަންކަން ގެއްލޭއިރު ސަލާމަތީ ބާރުތަކަށް ބަލަން ނުތިބެވޭނެ، މި ވެރިކަން ބަދަލުވުމުން އެ އިދާރާތަކުގެ އިސްވެރިން ޝަރީއަތަށް ހާޒިރުކުރާނަން: މާޒް ސަލީމް
08 ނޮވެމްބަރު 2026

ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް

08 ނޮވެމްބަރު 2026
ދިވެހި ބިން ދިނުމާ ދެކޮޅު ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ރައީސް މުއިއްޒު ބޭނުންވޭ: މެންބަރު މައުރޫފް
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް