Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026 | ހޮނިހިރު 09:41

ޔުކްރެއިންގެ ހަކަތައިގެ ނިޒާމަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ކަރަންޓުން މަހްރޫމުވެ، އާންމުން މަރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އދ. އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު ޔުކްރެއިންގައި އާންމުން މަރުވާ މިންވަރު %60 އިތުރުވެފައިވާއިރު، ރަޝިޔާއިން ދަނީ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 17 އޮކްޓޯބަރު 2026 | ހޮނިހިރު 09:41
ރަޝިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައި ޔޫކްރެއިންގެ ރަށެއްގެ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑުން ސަލާމަތްވުމަށް އާންމުންގެ ބަޔަކު ދަވަނީ

ރަޝިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައި ޔޫކްރެއިންގެ ރަށެއްގެ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑުން ސަލާމަތްވުމަށް އާންމުންގެ ބަޔަކު ދަވަނީ | ގެޓީ އިމޭޖަސް

ޔުކްރެއިންގެ އެކި ސަރަޙައްދުތަކަށް ރަޝިޔާއިން ދިން ޙަމަލާތަކެއްގައި އަށް މީހުން މަރުވެ، 60 މީހުން ޒަޚަމުވެއްޖެ އެވެ. އަދި، މި ޙަމަލާތަކުގައި ދެ ވިޔަފާރި މަރުކަޒަކަށް ގެއްލުން ލިބި، މިލިޔަނަކަށް ވުރެ ގިނަ މީހުން ކަރަންޓު ކެނޑިފައިވާ ކަމަށް ޔުކްރެއިންގެ އޮފިޝަލުން ވިދާޅުވި އެވެ.

ހުކުރު ދުވަހު ދިން މި ހަމަލާތައް ނުވަ ސަރަޙައްދަކަށް އަމާޒުވި އެވެ. އިރުމަތީގެ ޚަރްކިވް ސިޓީގެ ތިން އަވަށަކަށް ދިން ހަމަލާތަކުގައި 71 އަހަރުގެ އަންހެނަކާއި 58 އަހަރުގެ ފިރިހެނަކު މަރުވެ، 12 މީހުން ޒަޚަމުވި ކަމަށް ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވި އެވެ. ދޮންޏެސްކު ސަރަހައްދުގެ ކުރިމަތިލުންތައް ހިނގާ ސަރަހައްދެއް ކަމަށްވާ ކްރަމަތޮރްސްކްގައި ދެ މީހުން މަރުވި އިރު، އިރުދެކުނު ދްނީޕްރޯޕެތުރޮވްސްކް ސަރަހައްދުން ވެސް އިތުރު ދެ މީހުން މަރުވި އެވެ.

Advertisement - worldAdvertisement

ޕޮލެންޑުގެ ބޯޑަރު ކައިރީގައި އޮންނަ ވޮލީން ސަރަހައްދުގައި ކާބޯތަކެތި ތައްޔާރުކުރާ ތަނަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެކަކު މަރުވެ އަށް މީހުން ޒަޚަމުވި ކަމަށް ގަވަރުނަރު ރޮމާން ރޮމާނިޔުކް ވިދާޅުވި އެވެ. އަދި، ކީވްއިން ފެށިގެން ޕޮލެންޑަށްދެވޭ މައި މަގުގައި އޮންނަ ކޮވެލްގެ ކަސްޓަމްސް ޓާމިނަލަކަށް ވެސް ޑްރޯން ހަމަލާ އަމާޒުވެ، 10 ލޮރީގައި ރޯވި އެވެ. ރީވްނިންސްކާގައި ޑްރޯންތައް ވަނީ ބޮޑު ވިޔަފާރި މަރުކަޒަކަށާއި އެހެނިހެން ތަންތަނަށް އަރައި، އެކަކު މަރުވެ ހަތް މީހުން ޒަޚަމުވެފައި ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު އޮލެކްސާންދްރަ ކޮވާލް ވިދާޅުވި އެވެ. ކުރިމަތިލުންތައް ހިނގާ ސަރަހައްދާ ކައިރީގައި އޮންނަ ސޫމީގެ ވިޔަފާރި މަރުކަޒަކަށް ވެސް ހަމަލާ އަމާޒުވި އެވެ.

އެތައް ހާސް ބަޔަކު ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެފައި

ހުކުރު ދުވަހު ކަރަންޓު ކެނޑުނު މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް އަލުން ކަރަންޓުގެ ޚިދުމަތް ގުޅާދީފައިވާ ކަމަށް ޔުކްރެއިންގެ ހަކަތައާ ބެހޭ ވުޒާރާއިން ބުންޏެވެ. ވޮލީންގައި ގާތްގަނޑަކަށް 370,000 ގޭބީސީއަކުން ކަރަންޓު ކެނޑުނު އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 100,000 ގޭބީސީއަށް މިހާރު ވަނީ ކަރަންޓު އަނބުރާ ދީފަ އެވެ. އެ ސަރަހައްދުގެ ވެރިރަށް ލުޓްސްކްގައި ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ މުއްދަތު މަދުވެގެން 24 ގަޑިއިރަށް ދެމިގެން ހިނގައިދާނެ ކަމަށް މޭޔަރު އަންދްރީ ރޮޒޮމޮވްސްކީ ވިދާޅުވި އެވެ. އަދި، ރީވްނިންސްކާގެ ބޮޑު ބައެއް ވެސް އޮތީ ކަރަންޓާ ނުލަ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއަށް މަައުލޫމާތު ދެއްވަމުން އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ވިދާޅުވީ، ޔުކްރެއިންގެ ހަކަތައިގެ ނިޒާމާ ދެކޮޅަށް ހިންގާ ވައިގެ ކެމްޕޭނު ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަސީލަތްތައް އަސްކަރިއްޔާއިން ހަމަޖައްސާފައިވާ ކަމަށެވެ.

އާންމުންނަށް ލިބެމުންދާ ގެއްލުންތައް އިތުރުވުން

އެ މުއްދަތުގައި، ޔުކްރޭންގައި އާންމުންނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އދ. އިން ހުކުރު ދުވަހު ބުންޏެވެ. އދ. ގެ އިންސާނީ ޙައްޤުތާ ބެހޭ މޮނިޓަރުން ބުނީ 2025 ސެޕްޓެންބަރަށްވުރެ %85 އިތުރަށް، ވޭތުވެދިޔަ މަހު ޔުކްރޭންގައި މަދުވެގެން 328 އާންމުން މަރުވެ، 2,105 މީހުން ޒަޚަމުވެފައިވާ ކަމަށެވެ.

މި އަހަރުގެ ޖަނަވަރީއާއި ސެޕްޓެންބަރާ ދެމެދު 2,570 އާންމުން މަރުވެ 15,211 މީހުން ޒަޚަމުވެފައިވާ ކަމަށާއި، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ގާތްގަނޑަކަށް %60 އިތުރު އަދި 2024 ވަނަ އަހަރުގެ މިންވަރަށްވުރެ ދެގުނައަށްވުރެ ގިނަ މިންވަރެއް ކަމަށް ރިޕޯޓުގައި ބުންޏެވެ. "އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާއަކީ ފާއިތުވި އަހަރުތަކުގެ ތެރެއިން އާންމުންނަށް އެންމެ ނުރައްކާތެރި އަދި މީހުން މަރުވި އެއް މުއްދަތު" ޔުކްރޭންގައި ހުންނަވާ އދ. ގެ އިންސާނީ ހައްގުތައް މޮނިޓަރުކުރާ މިޝަންގެ ވެރިޔާ ޑެނިއެލް ބެލް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔޫކްރެއިން-ރަޝިޔާވްލަޑިމިއަރ ޕުޓިންކީވްއދ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!

17 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
14 އޮކްޓޯބަރު 2026

ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ހަމަލާދީފި

14 އޮކްޓޯބަރު 2026
ޔޫކްރެއިންގެ ޑްރޯންތަކުން ރަޝިޔާގެ އެންމެ ބޮޑު ޑޭޓާ ސެންޓަރަށް ހަމަލާދީފި
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން

10 އޮކްޓޯބަރު 2026
އެމެރިކާއާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ވިއްކުމުން ދުނިޔޭގެ އިގުތިސާދަށް ފައިދާކުރާނެ: ޕުޓިން
09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް